ފޮޓޯގެލަރީ / މީރާ

މީރާގެ އަހަރީ ދުވަހުގެ ހަފުލާ

ހުސެއިން ވަހީދު

5 އޯގަސްޓް 2017

މާލެ: އޮގަސްޓް 4، 2017- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހަތް އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފުލާގެ ތެރެއިން: މި ހަފުލާގައި ވަނީ މި އަހަރުގެ ރަންލާރި އެވޯޑް، 11 ގިންތިއަކުން 17 ފަރާތަކަށް ދީފައި. އަދި މިދިޔަ އަހަރު މީރާ އަށް އެންމެ ގިނަ އަދަދަކަށް ވިޔަފާރީގެ ފައިދާ އިން ޓެކްސް ދެއްކި ތިން ކުންފުންޏަކަށް ވަނީ ޚާއްސަ އެވޯޑެއް ވެސް ދީފައި. އެއީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ޔުނިވާސަލް އެންޓަ ޕްރައިސަސް އާއި ސީ ޕްލޭންގެ ޚިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި ލިލީ ހޮޓެލްސް.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގައި، އެ އިދާރާގެ މުވައްޒަފުން ދިވެހިންގެ ސަގާފީ ހެދުމުގައި. މި ހަފުލާގެ އެންމެ ބޮޑު ތަފާތު އަދި އަޅައިގަތް ކަމަކީ މި ސަގާފީ ހެދުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު (ކ) ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން، ފީ އާއި ޖޫރިމަނާ ދެއްކޭ މީރާ މޮބައިލް އެޕް ތައާރަފު ކޮށްދެއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގެ ތެރެއިން..---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގެ ތެރެއިން..---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު، މީރާގެ މުވަޒައްފަކަށް އިނާމެއް ދެއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު، މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގައި ވާހަކަ ދައްކަވަނީ...---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގައި، އެ އިދާރާގެ ބައެއް މުވައްޒަފުން ދިވެހިންގެ ސަގާފީ ހެދުމުގައި. މި ހަފުލާގައި މީރާގެ ހުރިހާ މުވަޒަފުން ވެސް ތިބީ ދިވެހިންގެ ތާރީޚީ، ސަގާފީ ހެދުމުގައި..---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގައި، އެ އިދާރާގެ ބައެއް މުވައްޒަފުން ދިވެހިންގެ ސަގާފީ ހެދުމުގައި. މި ހަފުލާގައި މީރާގެ ހުރިހާ މުވަޒަފުން ވެސް ތިބީ ދިވެހިންގެ ތާރީޚީ، ސަގާފީ ހެދުމުގައި..---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގެ ޝަރަފުވެރި މެހުމާން، ނައިބު ރައީސް އަބްދުﷲ ޖިހާދު ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގައި، މި އަހަރު ރަންލާރި އެވޯޑު ލިބުނު ކުންފުންޏެއްގެ ވެރިއަކާ ނައިބު ރައީސް އަބްދުﷲ ޖިހާދު އެ އެވޯޑު ހަވާލުކޮށްދެއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޮގަސްޓް 4، 2017- މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގައި، އެ އިދާރާގެ ބޯޑުގެ މެމްބަރުން އަހަރީ ކޭކު ފަޅުއްވައި ދެއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy