މުވައްޒަފުންނަށް ހާއްސަކޮށްގެން ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުން ބާއްވާ 10 ވަނަ މިނީ އޮލިމްޕިކްސް އިއްޔެ ފަށައިފި އެވެ.

ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ހަރަކާތުގައި 23 ކުޅިވަރެއްގައި 400އެއްހާ މުވައްޒަފުން ބައިވެރިވެ އެވެ.

ކަނޑޫމާ ރިސޯޓުގައި އިއްޔެ ފެށި މިނީ އޮލިމްޕިކް، އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު ފައްޓަވައިދެއްވަނީ.-- ފޮޓޯ: ކަނޑޫމާ ރިސޯޓު
ކަނޑޫމާ ރިސޯޓުގައި އިއްޔެ ފެށި މިނީ އޮލިމްޕިކް، އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު ފައްޓަވައިދެއްވަނީ.-- ފޮޓޯ: ކަނޑޫމާ ރިސޯޓު

އެ މުބާރާތް ފެށުމަށް ކަނޑޫމާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެނެރަލް މެނޭޖަރު ޖޯސެފް ޑެލަ ގާޓާ ވިދާޅުވީ، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، މަސައްކަތުގެ ރޫހު ވަރުގަދަކުރަން އެފަދަ ހަރަކާތްތައް ވަރަށް މުހިއްމު ކަމަށެވެ.

ޖޯސެފް ވިދާޅުވީ މިނީ އޮލިމްޕިކްގެ ސަބަބުން މުވައްޒަފުންނަށް ފައިދާ ކުރާ ކަމަށެވެ.

ކަނޑޫމާ ރިސޯޓުގައި އިއްޔެ ފެށި މިނީ އޮލިމްޕިކްގައި ބައިވެރިވި ޓީމެއް ލައިންގައި މަޑުކޮށްލައިގެން.-- ފޮޓޯ: ކަނޑޫމާ ރިސޯޓު
ކަނޑޫމާ ރިސޯޓުގައި އިއްޔެ ފެށި މިނީ އޮލިމްޕިކްގައި ބައިވެރިވި ޓީމެއް ލައިންގައި މަޑުކޮށްލައިގެން.-- ފޮޓޯ: ކަނޑޫމާ ރިސޯޓު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވީ، 10 އަހަރު ވަންދެން އެފަދަ ހަރަކާތެއް ބޭއްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މެދުކެނޑުމެއްނެތި، އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވާތީ، ކަނޑޫމާ ރިސޯޓުގެ މެނޭޖްމަންޓަށް މަރުޒޫގު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކަނޑޫމާ ރިސޯޓު މިނީ އޮލިމްޕިކްސްގައި ބައިވެރިވި މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ކަނޑޫމާ ރިސޯޓް
ކަނޑޫމާ ރިސޯޓު މިނީ އޮލިމްޕިކްސްގައި ބައިވެރިވި މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ކަނޑޫމާ ރިސޯޓް

ކަނޑޫމާ މިނީ އޮލިމްޕިކްސްގައި ޓީމް އިވެންޓްގެ ގޮތުގައި 12 މުބާރާތަކާއި އިންޑިވިޖުއަލް އިވެންޓްގެ ގޮތުގައި ހަ މުބާރާތް އަދި ފަން ގޭމްސް ހަ މުބާރާތެއް ހިމެނެ އެވެ. މި އިވެންޓް ޝަރަފްވެރިކޮށްދެއްވައި ދަންމަރު ދިއްލައިދިނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.