މޮރިޝަސް ގައި ބޭއްވި އިންޑިއަން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވެ، ރާއްޖެ އަށް ޝަރަފްވެރި ވަނަތައް ހޯދައިދިން ކުޅުންތެރިންނަށް ރާއްޖެ އަންނާތީ ބާއްވާ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
މި ފަހަރުގެ ގޭމްސް ގައި ރާއްޖެ އަށް މެޑަލް ހޯދައިދިން ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބީޗް ވޮލީ އަދި އެތުލެޓިކްސް. ރާއްޖޭގެ މި ފަހަރުގެ އަމާޒަކީ 15 މެޑަލް ކަމަށް ވާއިރު، ޓީމުތައް އެނބުރި މި އަންނަނީ އެ ކާމިޔާބީއާ އެކު.
ރާއްޖޭން ހޯދީ ހަތަރު ރަން މެޑަލް. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުން. އެއީ އަންހެން ސިންގަލްސް ބައިން ފާތިމަތު ދީމާ ހޯދި ރަން މެޑަލާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމުގެ ރަން މެޑަލް. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގް. މިއީ، މިއީ ބެޑްމިންޓަން ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން ރަން މެޑެލް.
އައިއޯއައިޖީގައި ބައިވެރިވި ޓީމުތަކަށް ރަސްމީކޮށް މަރުހަބާ ވިދާޅުވާނީ މާލެ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އައިއޯއައިޖީގައި ބައިވެރިވި ޓީމުތައް ރާއްޖެ އަންނަނީ އެ މީހުން ބަލައި ދިޔަ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޚާއްސަ މަތިންދާބޯޓެއްގައި.
ކުޅުންތެރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލޭގެ ޖުމްހޫރީ މައިދާނަށް އަންނާނީ ގައުމީ ދިދަ އިން ޒީނަތްތެރި ކޮށްފައިވާ ފެރީތަކުން. އެ މީހުންނަށް މަރުހަބާ ކިޔުމަށް