އޯޑިއޯ ޖާނަލިޒާމައި ނިއުސް ގްރެފިކްސް އަދި އިލެސްޓްރޭޝަނަށް ހާއްސަ ކެޓަގަރީތަކެއް ތައާރަފުކޮށް، ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމަށް ކުރިމަތިލާން ރޭ ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެ އިނާމު ދޭން ހަމަޖައްސާފައި ވަނީ 12 ކެޓަގަރީއަކުންނެވެ.

އިނާމު ދޭ ކެޓަގަރީތައް

1- ތަހުގީގީ ނޫސްވެރިކަން

2- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ

3- ސިޔާސީ

4- ޝަރުއީ އަދި ގާނޫނީ

5- ވިޔަފާރި އާއި އިގުތިސޯދު

6- ކުޅިވަރު

7- ފޮޓޯ ޖާނަިޒަމް

8- ވީޑިއޯ ޖާނަލިޒަމް

9- އޯޑިއޯ ޖާނަލިޒަމް

10- ނިއުސް ގްރެފިކްސް އަދި އިލެސްޓްރޭޝަން

11- ފީޗާ/ ރިޕޯޓް

12- އެންމެ އުއްމީދީ ނޫސްވެރިޔާ

އިނާމު ދިނުމަށް މި އަހަރު ހަމަޖެއްސި އުސޫލުގައިވާ ގޮތުން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރި އާއި އިގުތިސޯދު، ކުޅިވަރު އަދި ފީޗާ/ރިޕޯޓު ކެޓަގަރީން ކުރިމަތިލާނަމަ އެ ކެޓަގަރީއަކުން މަދުވެގެން 12 އުފެއްދުމެއް ހުށަހަޅަންޖެހެ އެވެ. އޭގެ ތެރޭގައި އެވޯޑަށް ނޮމިނޭޓުކުރަން ބޭނުންވާ ތިން އުފެއްދުމެއް ފާހަގަ ކުރަންޖެހެ އެވެ.

އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ އިނާމު އެކި ދާއިރާތަކުން ދެމުންނެވެ.