ހދ. ކުޅުދުއްފުށީ ޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ތެރޭގައި ކޮންޓެއިނާއެއް ވެއްޓި ބޮޑު ގެއްލުމެއް މިއަދު ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮންޓެއިނަރު އުފުލުމުގެ ތެރޭގައި ކްރޭނުގެ ލޮކު ނެއްޓި، ދޯންޏަށް ކޮންޓެއިނަރު ވެއްޓިގެން ހެނދުނު 10:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

ކޮންޓެއިނަރަށް ލިބިފައި ހުރި ގެއްލުން.
ކޮންޓެއިނަރަށް ލިބިފައި ހުރި ގެއްލުން.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނަސް އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނީ ކޮންޓެއިނަރާއި ދޯންޏަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. 

ކޮންޓެއިނަރު ވެއްޓި ދޯންޏަށް ލިބިފައިވާ ގެއްލުންތަކެއް.
ކޮންޓެއިނަރު ވެއްޓި ދޯންޏަށް ލިބިފައިވާ ގެއްލުންތަކެއް.

އޭގެ ތެރެއިން، ދޯނީގެ އެކި ތަންތަން ފަޅައިގެން ގޮސް، ކޮންޓެއިނަރުގެ ތެރޭގައި ހުރި މުދަލަށް ގެއްލުން ލިބިފައިވެ އެވެ. 

"ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ،" އޭނާ ބުންޏެވެ.