ލޫޕާ ޕިއްޒާ ރެސްޓޯރެންޓް --
16 ޖެނުއަރީ 2025 - 10:19
ޕިއްޒާ އަށް އަލަނާސި އެޅުމަކީ މުސްކުޅި ބަހުސެކެވެ. އެކަމަކު މި ބަހުސްގެ ފޯރި އަނެއްކާ މާ ބޮޑަށް ގަދަވެއްޖެ އެވެ. އިރުމަތީ އިންގްލެންޑްގެ ނޯވިޗްގައި ހުންނަ ލޫޕާ ޕިއްޒާ ރެސްޓޯރެންޓުން މިހާރު ވަނީ އެ ރެސްޓޯރެންޓުގައި 12 ޕައުންޑަށް ވިއްކާ ޕިއްޒާގެ ޓޮޕިންއަކަށް އަލަނާސި ބޭނުންކުރާ ނަމަ 100 ޕައުންޑް ޗާޖުކުރަން ނިންމައިފަ އެވެ.
ޕިއްޒާ އަށް އަލަނާސި އަޅަން ފެށީ 1960 ގައި ކެނެޑާގެ ޝެފެއް ކަމަށްވާ ސޭމް ޕަނަޕޮލޮސްއާ އޭނާގެ ކޮއްކޮ، ދަޅުގައި ބަންދުކުރި އަލަނާސި ކޮށައި ހޭމްއާ އެކު ޕިއްޒާގެ ޓޮޕިންއެއްގޮތުގައި ބޭނުންކުރި ހިސާބުންނެވެ. އޭގެ ފަހުން 64 އަހަރު ވެއްޖެ އެވެ. އެކަމަކު ދޭތެރެދޭތެރެއިން މި ބަހުސްގެ ފޯރިގަދަވެ އެވެ.
ޕިއްޒާއަށް އަލަނާސި އެޅުމާ ދެކޮޅަށް ލުޕާ ޕިއްޒާއިން ނިންމި މި ނިންމުމުން މި ބަހުސްގައި އެ ރެސްޓޯރެންޓުން ދެކޭގޮތް ވަރަށް ސާފެވެ. ނަމަވެސް އަދިވެސް ރެސްޓޯރެންޓުގެ މެނޫގައި އަލަނާސި ޓޮޕިން އެއްގޮތަށް އެޅުމުގެ އިހްތިޔާރު އެބައޮތެވެ.
ލުުޕާ ޕިއްޒާ ރެސްޓޯރެންޓްގެ މި ނިންމުމާ މެދު ހިތްހަމަނުޖެހި ޕާޕާ ޖޯން ރެސްޓޯރެންޓުންވަނީ ޖެނުއަރީ 15-16 އަށް، އަލަނާސި އަޅައިގެން ތައްޔާރުކުރާ ހަވާއިއަން ޕިއްޒާ ނޯވިޗްގެ ކަސްޓަމަރުންނަށް އެއް ޕައުންޑަށް ވިއްކައިފަ އެވެ. މި ރެސްޓޯރެންޓުން ބުނަނީ އެންމެން ވެސް ހަމަހަމަކަމާ އެކު އެ މީހަކު ކާން ބޭނުންވާ އެއްޗެއް ކެއުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.
އަލަނާސި-ޕިއްޒާ ބަހުސް ބޮޑުވެ 2017 ގައި އައިސްލޭންޑްގެ ރައީސް ވަނީ އެ ގައުމުގައި މި ޕިއްޒާ މަނާ ނުކުރާނެކަމަށް ވެސް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރުފާނުގެ ދޮންއަމާ
23 January 2025
ބަންޖެކެވެ. މިއީ ބުނަމޭ މިއީ ބުނަމޭ ކުރަން ޖެހޭ ކަމެއްހޭ އަހަމޭ އަލަނާސި އެޅިޔަސް ހެވޭ އަލަނާސި ނޭޅިޔަސް ހެވޭ ކަލޯ މެން ބޭނުން ގޮތަކަށް ޕިއްޒާ ކައި ހަދަން ދަސްކުރަހަރޭ ޒުވާބު ނުކޮށް އެންމެން އެކުއެކީ ޕިއްޒާ ކައި ހުސް ކުރަހަރޭ