ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރުގެ ގޮތުގައި ތައާރަފުކޮށްފައިވާ އަލްބޭނިއާގެ ޑިއެލާ.
01 ނޮވެމްބަރ 2025 - 06:34
ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރުގެ ގޮތުގައި ތައާރަފުކޮށްފައިވާ އަލްބޭނިއާގެ ޑިއެލާއަށް "83 ކުދިން ލިބެން އުޅޭ" ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެޑީ ރާމާ ވިދާޅުވެއްޖެ އެވެ.
ޖަރުމަނުވިލާތުގެ ބާލިންގައި މިދިޔަ ހަފުތާގައި ބޭއްވި ބާލިން ގްލޯބަލް ޑައިލޮގް ކޮންފަރެންސްގައި އެޑީ ރާމާ ވިދާޅުވީ އެ ގައުމުގެ ފުރަތަމަ އޭއައި މިނިސްޓަރު "އިނީ ބަލިވެ" ކަމަށާއި އޭނާއަށް ވަރަށް އަވަހަށް 83 ކުދިން ލިބޭނެ ކަމަށެވެ.
އެޑީ ރާމާ ވިދާޅުވި ގޮތުގައި، އެ 83 ކުދިން ވާނީ އޭނާ ތަމްސީލުކުރާ އަލްބޭނިއާގެ ސޯޝަލިއަސްޓް ޕާޓީގެ މަޖިލިސް މެމްބަރުންގެ ވާޗުއަލް އެސިސްޓެންޓުންނަށެވެ. މަޖިލިސް ބައްދަލުވުންތަކުގައި ބައިވެރިވެ މެމްބަރުންނަށް ބޭނުންވާ އެހީތެރިކަން އެ ކުދިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުދިންގެ މަންމަ [އޭއައި މިނިސްޓަރު ޑިއެލާ]ގެ އިލްމު އެ ކުދިންގެ ވެސް ހުންނާނެ،" އެޑީ ރާމާ ވިދާޅުވި އެވެ.
"މިސާލަކަށް މެމްބަރަކު ކޮފީއަކަށް ގޮސްފައި އަނބުރާ މަސައްކަތަށް ނުދެވި ހުރެއްޖެ ނަމަ، މި ކުދިން ބުނެދޭނެ އެ ބޭފުޅުން ޖަލްސާގައި ނެތް ވަގުތުގައި ދެކެވުނު ވާހަކަތައް، އަދި ރައްދު ދޭންވީ ކާކަށް ކަން ވެސް."
އޭއައި ޑިއެލާއަކީ ވާޗުއަލް އެސިސްޓެންޓެއްގެ ގޮތުގައި އަލްބޭނިއާގެ ސަރުކާރުގެ ވެބް ޕޯޓަލްއަށް މިދިޔަ ޖެނުއަރީ މަހު ތައާރަފުކުރި އޭއައި ޓޫލްއެކެވެ. އޭގެ ފަހުން "ޑިއެލާ 2.0" ތައާރަފުކޮށް، އެނިމޭޑެޓް ސިފަޔަކާއި އަޑެއް އެޔަށް ދިނެވެ. އަންހެނެއްގެ ސިފައިގައި ހުންނަ ޑިއެލާ ހުންނަނީ އަލްބޭނިއާގެ ސަގާފީ ހެދުމުގަ އެވެ.
ޑިއެލާއަކީ އަލްބޭނިއާގެ މިނިސްޓަރެއް ކަމަށް ބޮޑުވަޒީރު އެޑީ ރާމާ އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މިނިސްޓަ އޮފް އާޓިފިޝަލް އިންޓެލިޖެންސްގެ ހައިސިއްޔަތުން ޑިއެލާގެ ޒިންމާއަކީ ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ދެމެދުގައި ހަދާ އެއްބަސްވުންތައް ބެލެހެއްޓުމެވެ. އެއީ، އެ އެއްބަސްވުންތައް ހެދުމުގައި މަރަކާއި ހީލަތް އަދި ކޮރަޕްޝަން ހިންގަން ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަޕް
02 November 2025
އަލްބޭނިޔާގެ މިނިސްޓަރަކަށް ވެވެނީ ގާނޫނީގޮތުން ކަންކަމަށް ފިޒިކަލީ ޒިންމާވެވޭ އިންސާނުންްނަށް. އެހެންކަމުން ޑިއެލާއަށް ދީފައި އޮތް މަގާމަކީ ގާނޫނީ ގޮތުން ދެވޭނެ މަގާމެއް ނޫން. ޑިއެލާއަށް މަގާމްްދިނީ ބޮޑުވަޒީރުގެ ފަތްކޮޅަކުން. ބައެއްކަންކަމުގައި ޑިއެލާގެ ނިންމުން އެހާ ފުރިހަމައެއް ނޫންކަމުގެ ކަންބޮޑުވުން އޮވޭ. ކަންކަން ޑިއެލާ ނިންމަނީ އިންސާނުން ފީޑްކުރާ ޑޭޓާއިން. ޑޭޓާތަކުގެ މައްޗަށް އެކަނި ބަރޯސާވުމުގެ މައްސަލަތައް ދިމާވޭ.
2025
02 November 2025
ކަލޯ ތިމަންޖެ ގެންނަންވޫ މޯޑިސްއަށް އަދިވެސް މިއުޅެނީ 5 ލަައްކަ ހަމަނުވެގެން....... ބޮއިހަލަކި
ހަންދިރުބުޑީ
02 November 2025
ޓެކުނޮލޮޖީ މިނިސްޓަރު ކޮބާޔޯ ޚަބަރަކީ؟ އެ މަންޖެ ރާއްޖެ ގެންނާކަށް ނުވިސްނަންތަ؟ ރާއްޖޭ މަޖިލީހުގައި ތިބޭ މެންބަރުންނަށްވުރެ ރަނގަޅުވާނެއްނު؟
ހައްހައްހާ
02 November 2025
ކީކޭދޯ ދެން ބުނާނީ؟ އޭނާބަލިވެ އިނދެ ވިހަން ނަގަނީ ކިތައްގަޑިއިރުބާ؟ އަނެއްކާ ވިހަނީ ކޮން ހޮސްޕިޓަލަކަށްބާ؟ ފިރިމީހާ ހުރީ ކޮން ޤައުމެއްގައިބާ؟
ބައިރޯ
01 November 2025
ކުދިންގެ ބައްޕައކީ ކާކު؟؟؟؟
ކައިރޯ
01 November 2025
ސިޔާސީ މީހެއް ކައިރީ ތިޔަކަހަލަ ސުވާލު ކުރާކަމަށް ވަންޏާ އަބުރުގެ ދައުވާ އަތުވެދާނެ.
ގަލަމާ
01 November 2025
ބޮޑުވަޒީރު. ލިބޭ ދަރިން ގުނަމުން ދާނީ ބައްޕަ.
ޢަހަންދު
01 November 2025
ބޮޑުވަޒީރު