ކުޅިވަރު / ނިއުރޭޑިއަންޓް ސ.ކ

ކަވަޒޮވިޗް ދޫކޮށްލައި ނިއުގެ ކޯޗަކަށް ސަމްޕަތު

ސަމްޕަތު (ކ) ނިއުގެ ޕްރެކްޓިހުގައި. --ފޮޓޯ: ނިއު ރޭޑިއަންޓް

23 ސެޕްޓެމްބަރ 2016 - 08:15

ނިއު ރޭޑިއަންޓުން ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗް ދޫކޮށްލުމަށް ފަހު މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކޯޗަކަށް މިހާރުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ހަމަޖައްސައިފި އެވެ.

ނިއުގެ ވައިސް ޗެއާމަން އިސްމާއިލް ޒިޔާމް ވިދާޅުވީ ކަވަޒޮވިޗް ދޫކޮށްލީ، އޭނާ އަށް ބަންގްލަދޭޝްގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް ލިބުމުން އޭނާ އެކަމަށް އެދުމުން ކަމަށެވެ.

މިދިޔަ އަހަރު ނިއު އަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ކަވަޒޮވިޗް ނިއުގެ ކޯޗަކަށް ގެނައީ ވެސް ލީގުގެ ތިން ވަނަ ބުރަށެވެ. އެކަމަކު ސަސްޕެންޝަނެއްގައި ހުރުމުން އޭނާއަށް ޓީމަށް އިރުޝާދުދޭން ބެންޗަށް ނުދެވެ އެވެ.

ނިއު އިން ސީޒަން ފެށީ ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފާ އެކު އެވެ. އެކަމަކު ނަތީޖާތައް ދަށްވުމުން ދެ ވަނަ ބުރުގެ ވަކި ހިސާބަކުން އޭނާ ވަކިކުރީ އެވެ. ކަވަޒޮވިޗް އައުމާ ހަމަޔަށް ނިއު އަށް އިރުޝާދު ދިނީ ސަމްޕަތެވެ. މިދިޔަ ހަތަރު އަހަރު ލީގު ޗެމްޕިއަންކަން ހޯދި ނިއު މިހާރު އޮތީ 19 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.

ނިއުގެ ހެޑްކޯޗަކަށް ސަމްޕަތާ ހަވާލުކުރިއިރު އާ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ އަހުމަދު ނިޔާޒް (ޓެޑް) އެވެ. މިދިޔަ އަހަރުން ފެށިގެން ނިއުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރަމުން އަންނަ ސަމްޕަތު ވަނީ ނިއު އަށް ގިނަ ދުވަސްވަކެއް ވަންދެއް ކުޅެފަ އެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ނިއު ވަނީ 2003 ވަނަ އަހަރުގެ ކަޕްވިނާސް ކަޕް ހޯދައިފަ އެވެ. ގައުމީ ޓީމަށް 1995-2005 އަށް ކުޅުނު ސަމްޕަތު ވަނީ ނިއުގެ އިތުރުން ލެގޫންސާއި ވިކްޓަރީ އާއި އައިއެފްސީ އާއި ވެލެންސިއާ އަދި އީގަލްސް އަށް ވެސް ކުޅެފަ އެވެ.

0 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 21%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454