ޚަބަރު / ޖެންޑާ މިނިސްޓްރީ

ކުޑަކުދިންގެ ހިޔާގެ މައްސަލައިގައި ފިޔަވަޅު އަޅާނީ ތަހުގީގު ނިމުމުން: ޖެންޑާ

ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ލިބުނު ގެއްލުންތަކެއް.-- ފޮޓޯ: އެމްއެންޑީއެފް

ކުޑަކުދިންގެ ހިޔާގެ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެތަނުގެ އިސްވެރިން ޖަވާބުދާރީ ކުރުވޭ ގޮތަށް ތަހުގީގެއް ހިންގަން އޮމްބަޑްސްޕާސަންގެ އޮފީހުން ޕޮލިހަށް ހުށަހަޅާފައިވާ މައްސަލައިގައި ޖެންޑާ މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާނީ ތަހުގީގު ނިމުމުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ހިޔާގެ އިސްވެރިންގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތަކެއްކޮށްފަ އެވެ. އެހެންވެ ޕޮލިހަށް ހުށަހެޅީ އެ މީހުން ޖަވާބުދާރީ ކުރުވޭނެ ގޮތަށް މައްސަލަ ބަލައި ދިނުމަށެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންނާއި އެ ކުދިން ބަލަން ތިބޭ މުވައްޒަފުން އަދި އެ އިމާރާތް އަލިފާނުގެ ހާދިސާތަކުން ސަލާމަތް ކުރުމަށް ބޭނުންވާ އާލަތްތައް ހުރުން ގާނޫނާއި ގަވައިދުތަކުން ލާޒިމްކޮށްފައި ވިޔަސް ހިޔާގައި އެފަދަ އެއްވެސް ވަސީލަތެއް ނެތެވެ.

މި މައްސަލަ ސީރިއަސްކޮށް އޮމްބަޑްސްޕާސަންގެ އޮފީހުން ބެލީ، އެގޮތަށް ފަރުވާ ކުޑަކޮށް، ދޫކޮށްލައިގެންް ތިއްބައި ހިޔާގައި ކައިރި ކައިރީގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގުމުންނެވެ.

ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ރިޒްނާ ޒަރީރް ވިދާޅުވީ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ތަހުގީގު ހިންގާނެ ކަން އޮމްބަޑްސްޕާސަން އޮފީހުން އަންގާފައިވާ ކަމަށެވެ. ތަހުގީގުގެ ނަތީޖާއާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އޮމްބަޑްސްޕާސަންސްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާތަކުން ސަލަމާތް ކުރުމަށް ބޭނުންވާނެ އާލަތްތައް ނެތުމާއި އެހެނިހެން ސަބަބުތަކާ ހުރެ، ހިޔާ އަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަން ޖެންޑާ މިނިސްޓްރީ އަށް އަންގާފައި ވިޔަސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އަދި އަލިފާނުން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމެއް ނެތި ކުދިން އެ ތަނުގައި ބައިތިއްބާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބާ އުސޫލު ބަޔާންކުރާ ގަވައިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެ ފަދަ ފެސިލިޓީތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި އިމަޖެންސީގެ ހާލަތްތަކުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލެއް ޖެންޑާ މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް އެ ގަވައިދުގައި ބުނެ އެވެ.

ނަމަވެސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އެ މިނިސްޓްރީން މިހާތަނަށް އެ މަސައްކަތް ވެސް ކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި 4 އަދި ޖޫން 6 ގައި ހިޔާގައި ހިނގި އަލިފާނުގެ ދެ ހާދިސާގައި ވެސް އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުލިބެ އެވެ. އެކަމަކު އެ އިމާރާތަށް އެކި ވަރުގެ ގެއްލުން ލިބުނެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

19 January 2022

ރޭގަ ރާއްޖެ ޓީވީގެ ''ފަލަ ސުރުޙީ'' ޕްރޮގްގަ ޝިހާބް ބުނީ ތިޔާއި ކުރީ ސަރުކާރުގެ މައްސަލައެކޯ.އަހަރެން ހައިރާންވި ޝިހާބް ކަހަލަ ހެޔޮވިސްނޭ ތަންދޮރު ދަންނަ ބޭފުޅަކު މިފަދަ މޭރުމަކުން ވާހަކަފުޅުދެއްކެވީމަ.އަދި ވަކިން ދެރަވި ސ.ހިތަދޫގެ އެބޭފުޅާގެ މަސްވަޅުލާފަ އޮތް ހިނދު މިފަދަ އިބާރާތެއް ބޭނުންކުރީތީވެ.މަގާމް ނުލިބެނީސް މިބޭފުޅާ އަބަދު ކްލަބްހައުސްގަ އުޅުނީ ސަރުކާރު ކްރިޓިސައިޒްކުރުމުގަ.މަގާމް ލިބޭއިރަށް އަނގަ ބަންދުވެއްޖެ.ދެރަ ދޯ މިހެންވީމަ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454