18 ޖެނުއަރީ 2022 - 09:56
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގާފައި ވަނީ އެ ތަނުގެ އިސްވެރިންގެ އިހުމާލުން ކަމަށް ބެލެވޭތީ، އެ މީހުން ޖަވާބުދާރީ ކުރުވުމަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް، ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ އޮފީހުން ފުލުހުންގެ ކިބައިން އިއްޔެ އެދިއްޖެ އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާއި އެ އިމާރާތް އަލިފާނުގެ ހާދިސާތަކުން ސަލާމަތް ކުރުމަށް ބޭނުންވާ އާލަތްތައް ހުރުން ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމު ކޮށްފައި ވިޔަސް ހިޔާގައި އެފަދަ އެއްވެސް ވަސީލަތެއް ނެތް ކަމަށެވެ.
އަލިފާނުގެ ހާދިސާތަކުން ސަލަމާތް ކުރުމަށް ބޭނުންވާނެ އާލާތްތައް ނެތުމާއި އެހެނިހެން ސަބަބުތަކާ ހުރެ، ހިޔާ އަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަން އޮމްބަޑްސްޕާސަންސްގެ އޮފީހުން ޖެންޑާ މިނިސްޓްރީ އަށް އަންގާފައި ވިޔަސް، އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އަދި އަލިފާނުން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމެއް ނެތި ކުދިން އެ ތަނުގައި ބައިތިއްބާ ކަމަށެވެ.
ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ހަރަކާތްތެރިވަނީ.- ފޮޓޯ: އެމްއެންޑީއެފް
ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބާ އުސޫލު ބަޔާންކުރާ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި މިފަދަ ފެސިލިޓީތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި އިމަޖެންސީގެ ހާލަތުތަކުގައި ކަންތައް ކުރާނެެ ގޮތުގެ އުސޫލެއް، ޖެންޑާ މިނިސްޓްރީން އެކުލަވައިލަން ޖެހޭނެ ކަމަށް އެ ގަވައިދުގައި ބުނެފައި އޮވެ އެވެ. އެކަމަކު، މިހާތަނަށް އެ މަސައްކަތް ވެސް ކޮށްފައި ނެތް ކަމަށް އޮމްބަޑްސްޕާސަންސްގެ އޮފީހުން ބުންޏެވެ.
އެހެންވެ، ހިޔާ ހިންގަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށް ވާތީ، މިދިޔަ އަހަރުގެ މެއި 4 އާއި ޖޫން 6 ގައި އެ ތަނުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އެ މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވޭނެހެން ޖިނާއީ ތަހުހީގެއް ހިންގައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް، ކުޑަކުދިންގެ މައްސަލަތަކުގައި އިހުމާލުވާ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ދީފައިވާ އޮމްބަޑްސްޕާސަންސް އޮފީހުގެ ބަޔާނުގައިވެ އެވެ.
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީ އަށް، ނުވަ އިރުޝާދާއި ލަފާ ދީފައިވާނެ ކަމަށް ވެސް އޮމްބަޑްސްޕާސަންސްގެ އޮފީހުން ބުނެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހާއްސަކުރި، ވިލިމާލެ ހިޔާގައި މިދިޔަ އަހަރު އަލިފާނުގެ ހަތަރު ހާދިސާއެއް ހިނގައި، އެ މަރުކަޒަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ތަނުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ކުދިންތަކެއް ނިދާ ކޮޓަރިއެއްގަ އެވެ. އެކަމަކު، އެއިން އެއްވެސް ހާދިސާއެއްގައި ކުއްޖަކަށް އަނިޔާއެއް ނުވެ އެވެ.
އެ މަރުކަޒު މިހާރު ހަމަޖައްސާފައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި ގެވެށި އަނިޔާގެ ޝިކާރައަށް ވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ މާހައުލެއްގެ ގޮތުގަ އެވެ. އެހެންވެ، އެންމެ ފަހުން އަލިފާން ރޯވިއިރު އެ ތަނުގައި ތިބީ ތިން ކުދިންނާއި ދެ މީހެކެވެ. ދެން ތިބި ކުޑަކުދިން ވަނީ އާއިލާތައް އަދި ރަށްރަށުގައި ގާއިމު ކޮށްފައިވާ "އަމާން ހިޔާ" ތަކަށް ބަދަލުކޮށްފަ އެވެ.
މި އަލިފާނުގެ ހާދިސާތަކާއެކު ހިޔާގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ހާމަވެފަ އެވެ.
ޗިންލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި މިދިޔަ އަހަރު ވިދާޅުވެފައި ވަނީ ހިޔާގައި ކުދިން ތިބޭ ކޮޓަރިތައް ބަލައި ފާސްނުކުރާ ކަމަށާއި ކުދިންނަށް ނުރައްކާ ވާނެ ތަކެތި އެ ކޮޓަރިތަކުން ފެނިފައިވާ ކަމަށެވެ. އެ ތަނުގައި ތިބޭ އެހެން ކުދިންނާއި ތަނާއި ތަކެއްޗަށް ގެއްލުން ދިނުމުން ވެސް އަހުލާގީ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބަމުން އަންނަ ތަންތަނަކީ ކުދިންނަށް އެންމެ އެކަށީގެންވާ މާހައުލެއް ނޫން ކަމަށް "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ވެސް ނިއުމާތު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
18 January 2022
މީ ދެފޫ ނުބޭދޭ ޑިމޮކްރަސީ ގެނައިމަ ވާނެގޮތް! ކުރެވޭ ރަނގަޅުކަމެއް ނެތް! ހައްތާވެސް ހުރީ ނުކުރެވޭ ރަަނގަޅު ކަންތައް! ކުރެވެނީ ހައްތާވެސް ނުބައިކަންތައް!
ޤަދްޤާމް
18 January 2022
ހެލިވު ދަނޑީގެ ދެކޮޅު ނުބެލުނީމަ ވީ ގޮތެއް ތިއީ.
ފާނަ
18 January 2022
އަމާންވެށި ހަދާފަ ރަށްރަށަށް ފޮނުވާ ކުދިންގެ ކަންތައް ބަލަހައްޓަން އިސްވެރިންގެ ގޮތުގައިތިބޭ ބޮޑުމުސާރަދީފަތިބޭ ސިޔާސީ މީހުންނަކީ އެމީހުންގެ އަމިއްލަ ދަރިންވެސް ނުބެލެހެއްޓޭ މީހުން.. ނުވިތާކަށް ތައުލީމެއް ތަޖުރިބާއެއްހުރީކީނޫން. ދައުލަތުން -/35000 މުސާރަލިބޭ.
ޒިފާރު
18 January 2022
މި ވަރަށް ނުބެލެންޏާ ޖެހޭނެ ޖިނާއީ އެއްނޫން އެހެ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ހުރިހާ ތަހުގީގެއް ހިންގަންވެސް. ރަނގަޅު ނިއުމަތު
ކާކުކީ
18 January 2022
ބަލަ ކަލޭ ދާންވީއެއްނު އެތަނާ ހަވާޅުވާން. މާ ކެރޭމީހަކަށްވެގެން. ރަށްރަށް ހަލާކުކުރަން ރަށްރަށަށް ފޮނުވާލައިފަ ކަލޭ ބޮޑުމުސާރަނަގައިގެން ހުރީމާ ހަތަރެސްކަން ހަމަވީ. ތިމާގެ ކަމަކީ ރިޕޯޓުނެރުންކަމަށް ވަންޏާ ތިކަން ތި ނިމުނީއެއްނު. ތިޔަ ކުދީންގެ ކަންކަން ބަލަހައްޓާން ދައުލަތުން އަދިވެސް އިތުރު މަގާމަކާ އޮފީސްތައް ހަދަން ފެންނަނީ
ޖަމީލުބެ
18 January 2022
އެތަނުގަ އުޅޭ ބައެއް ކުދިންގެ ސަބަބުން، މުއައްޒަފުންނަށް އަޅާފަވާ ފިޔަވަޅުތަކުގެ ސަބަބުން، އެމުއައްޒަފުން ކުއްވެރި ނުވެ އެތަނުގަ ވަޒީފާ އަދާކުރެވޭނެކަމުގެ އެއްވެސް އުއްމީދެއްނެތް!
ޖަމީލުބެ
18 January 2022
ތި ވިދާޅުވާ އެއްޗެއް ދިމަލެއްނުވޭ! އެއްފަހަރު ވިދާޅުވާނެ އެކުދިންނަށް އަދަބެއް ނުދެވޭނެއޭ! އެކުދިން ކޮންމެ ކަމެއް ކުރިޔަސް ގައިގަ އަަތެއް ނުލެވޭނެޔޭ! ތަނެއް ރޯކުރުން އުޅުނަސް އެކުދިން ހިފެހެއްޓޭނެ ގޮތެއް ގަވީއިދު ތަނެއް ނުދެޔޭ! މިހާރު ތި ވިދާޅުވަނީ އެކުދިން ކުރާ އެފަދަ ކަންކަމަށް އިސްލާހީ ފިޔަވަޅެއް ނާޅަތީވެ އިސްވެރިންނަށް ޖިނާއީ ތަހުގީގެއް ކުރާވާހަކަ!
އަލިފ ހ
19 January 2022
ރަނގަޅަށް ހަބަރު ކިޔާލާފަ ޖަމީލުބެ ކޮމެންޓް ކުރުން ބުއްދިވެރި! އަދި އެއްފަހަރު ހަބަރު ކިޔާލާ! "ހަދަން ޖެހެ ގަވާއިދުތައް ނުހެދުމާ، އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އެވެސް ނިއްވާނެ ވަސީލަތްތައް ގާއިމުކޮށްފައި ނެތުން!"