އިންސްޓަގްރާމަށް ގެންނަ ބަދަލުތަކާ މެދު ހިތްހަމަނުޖެހިގެން، އެ ޕްލެޓްފޯމްގެ އެންމެ ނުފޫޒުގަދަ އެއް ތަރި ކަމަށްވާ އެމެރިކާގެ ސޯޝަލައިޓް ކައިލީ ޖެނާ ނުރުހުން ފާޅުކޮށްފި އެވެ.
މިހާރުވެސް 361 މިލިއަން ފޮލޮވާސް އިންސްޓަގްރާމްގައި އޮތް ކައިލީ ޖެނާ އަކީ އިންސްޓަގްރާމަށް ބޮޑެތި ބާރުފޯރުވުމުގެ ނުފޫޒު އޮތް ތަރި އެކެވެ. ކާޑޭޝިއަން އާއިލާއަށް ނިސްބަތްވާ ޒުވާން މެމްބަރުގެ އާއިލާ އަކީ އިންސްޓަގްރާމްގައި އެންމެ ބާރުގަދަ އެއް އާއިލާ އެވެ،
މި ފަހަކަށް އައިސް އިންސްޓަގްރާމަށް ގެންނަން ފެށި ބަދަލުތަކުގެ ތެރޭގައި މަޝްހޫރު ސޯޝަލް މީޑިއާ ޓިކްޓޮކް އާ އެއްގޮތް ކަންތައްތަކެއް އެބަ ހުއްޓެވެ. ވީޑިއޯތައް ވެސް ޓިކްޓޮކާ އެއްގޮތަށް ދައްކާފައި ހުންނަ ގޮތަށް ވަނީ އަޕްޑޭޓް ކޮށްފަ އެވެ.
އެ އަޕްޑޭޓްތަކަކީ ގިނަ ޔޫސަރުންނަށް ކަމުދާ ބަދަލުތަކެއް ނޫނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޯޝަލް މީޑިއާގައި އިންސްޓަގްރާމަށް ނުރުހުން ފާޅުކުރަމުންނެވެ.
އެންމެފަހުން ކައިލީ ވެސް އެކަމަށް ވަނީ ރައްދު ދީފަ އެވެ. ކައިލީ ބުނާގޮތުގައި އިންސްޓަގްރާމަސް ވަނީ ކަމު ނުދާ ބަދަލުތަކެއް އައިސްފަ އެވެ.
އިންސްޓަގްރާމަކީ އެކުވެރިންގެ "ކިއުޓް" ފޮޓޯތައް ބެލުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި މިހާރު ހުންނަ ގޮތުން އެކަން ކުރަން ވަރަށް އުނދަގޫ ކަމަށް ކައިލީ ބުންޏެވެ. އެހެންވީމާ ކުރީގެ އިންސްޓަގްރާމް ބޭނުން ކަމަށް ކައިލީ ބުންޏެވެ،