އަމީނީމަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދު: މަސައްކަތް ނުނިމެނީސް އެ ސަރަހައްދުގައި ވެހިކަލްތައް ދުއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ނޮވެމްބަރ 2022 - 12:42
އަމީނީމަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފި އެވެ.
އާރުޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަމީނީމަގުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް އެ ކުންފުނިން ކުރަން ޖެހޭ ހުރިހާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ މަގު ހަދާއިރު ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ އަޕްގްރޭޑިންގެ މަސައްކަތްތައް ވެސް ހުރުމުން ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
"ފުރަތަމަ ސެގްމަންޓްގެ ތާރުއެޅުން ފިޔަވާ ހުރިހާ މަސައްކަތްތަކެއް އެ ހުރީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ގާތްގަނޑަކަށް އަމީނީމަގުގެ ދެބައިކުޅަ އެއްބަޔާ ހިސާބަށް ޕޭވިންގެ މަސައްކަތްތަކާއި ދެން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައި، މަގު ދެ ބަޔަކަށް ބަހާލައިގެން ތާރު އަޅަން: އާރްޑީސީގެ އޮފިޝަލް
"އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ގާތްގަނޑަކަށް އަމީނީމަގުގެ ދެބައިކުޅަ އެއްބަޔާ ހިސާބަށް ޕޭވިންގެ މަސައްކަތްތަކާއި ދެން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައި، މަގު ދެ ބަޔަކަށް ބަހާލައިގެން ތާރު އަޅަން."
އަމީނީމަގު ހަދަން ނިންމާފައިވާ ގޮތުގެ ޑިޒައިން. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އޭނާ ވިދާޅުވީ އެ މަގުގައި ތާރު އަޅަން ފަށާނީ ބިލަބޮންގް ސްކޫލް ހުންނަ ހިސާބަށް ޕޭވިންގެ މަސައްކަތްތައް ނިމުމުން ކަމަށެވެ.
ތާރު އަޅަން ނުފެށިޔަސް، ޕޭވިންގެ މަސައްކަތް ނިމޭވަރަކުން އެ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެވަނަ ސެގްމަންޓްގެ މަސައްކަތް ފެށުމުގައި އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ ދައްޗަކީ އެމްޑަބްލިއުއެސްސީގެ އަޕްގްރޭޑިންގެ މަސައްކަތްތައް ކުރުމަށްޓަކައި އެ ބޭފުޅުން ފޯރުވައިދޭން ޖެހޭ ބައެއް މެޓީރިއަލްސް އަޅުގަނޑުމެންނަށް ނުލިބިގެން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ސާމާނު ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެމްޑަބްލިއުއެސްސީން އޮތީ ދީފަ އެވެ.
އަމީނީމަގުގައި ތާރު އެޅުން: ހަތަރު މަސް މަސްވެއްޖެ، އެންމެ ތާރުކޮޅެއް ވެސް ނެތް! https://t.co/fwkMjLwhNF
— Mihaaru (@Mihaarunews) November 22, 2022
އަމީނީމަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށިތާ ތިން މަސް ދުވަސް ވާއިރު، އެ މަގުގެ އެއްވެސް ތަންކޮޅެއްގައި ތާރު އެޅިފައި އަދި ނުވާތީ، އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑުވެފަ އެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރު ޖުލައި މަހު ތިނެއްގަ އެވެ. މިދިޔަ އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފެށި އެ މަގުގައި ތާރު އަޅާ ނިންމަން ދިނީ 10 މަސްދުވަހުގެ މުއްދަތެކެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެންހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނި ކަލޯ
24 November 2022
މަށަށް ދެރައީ ކަން ކަން ނުވިޔަސް ފޮނި ބައިސާ ކަނޑާތީ
ގެޅިފޫ އިބުރާހީމް ފުޅު
23 November 2022
ކަންކުރަން ނުދަންނަ މީހުން ނުފޯރާ ފޮތިން ފޫ ގަޅައިގެން އުޅުނީމަ ވާގޮތް އެބަފެނޭ އިސްތިއުފާ
ކޭކުލި
23 November 2022
މިގައުމުގަ މަގެއް ހަދަން ކަނޑައެޅި އެންމެ ބޮޑު ބަޖެޓުންވެސް ކަމެއް ނުވިއެއްނު .. އަދިވެސް ފޮނިކަނޑާތި
ދޮންކަމަނެ
23 November 2022
ނުވާވަރު ކަންކަން ކުރަން އުޅޭތި…
އާލިމްބުނީ
23 November 2022
ކަލާފާނު ސްކޫލުގެ މައިދޮރު އެ ހުރީ އަމީނީމަގަށް. އިތުރަށް އެއްޗެއްބުނާކަށް ނެތިން..
ނާސިދާ
22 November 2022
ފަސްދޮޅަސް ބަޔަށް ބެހިޔަސް ހެވޭ ތި ލަސްވެެގެން ރައްޔިތުން ގަަނަތެޅެންޖެހޭ ވާހަކައޭ މިދައްކަނީ! ދެބަޔަށް ބެހިއްޔާ ވަކި އަވަހޭތަ ކިޔަންވީ؟؟ މޮޔައެއް މޑީ އަަކަށް ލީމަ ބިކަވާނީ އާއްމު ރައްޔިތުން.
ކަލޯ ބެއްޔާގެ މެސީ
22 November 2022
ކަލޯ މި މީހުން މަގު ހަދަން އެ އުޅެނީ ރާމާ މަކުނު ބޯކިބާ ފަޅި ކުރި ގޮތަށް ބަހާލާއިގެން
ަ.އަލީ
22 November 2022
ސައްތާރު ބަޔާ މުހުތާރު ބަޔާ ދެބަޔައް
ބިސް
22 November 2022
ތިޔަތާރުއަޅަން ފަސްއަހަރު ބޭނުންވާނެ.
ާއުނިމާ
22 November 2022
ނިކަން އަގައިންނދެރަ ނުވާނެ! އަބަދުވެސް ކަނޑާލާނީ ކޮންމެވެސް އެހެން ބައެއްގެ ބޮލަށް...އޭގެތެރޭ އެމްޑަބުލިޔުއެސްސީ ސްޓެލްކޯ ތިޔަ ހިމަނާލީ..ލޮލް
އިރުއަލި
22 November 2022
މުއިއްޒުގެ ނަން ހަނދާން ނެތުނީތަ މިފަހަރު.