އެސްޓީއޯއިން ވިއްކާ ނިޕޯންގެ ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ފިހާރައިގައި އޮތް ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ލޯންޗުކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.
އެ ޕްރޮމޯޝަނަކީ މިއަދުން ފެށިގެން މި މަހުގެ 29އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަނުގައި 8 ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓު ނިޕޯންގެ ހުރިހާ ޕްރޮޑަކްޓަކަށް ލިބޭނެ އެވެ. އަދި ކޮންމެ 10 ޕަސެންޓުގެ ޑިސްކައުންޓަކަށް ހާއްސަ ކޫޕަނެއް ވެސް ލިބޭނެ އެވެ. އެ ކޫޕަނަކީ ދެން ކުރާ ވިޔަފާރިއެއްގައި ބޭނުންކޮށް، ޑިސްކައުންޓު ހޯދޭނެ ކޫޕަނެކެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް، އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގަ އެވެ.
އަހަރުގެ ފަހުކޮޅާ ދިމާކޮށް އެސްޓީއޯގެ އެކި ފިހާރަތަކުގައި އެކި ޕްރޮމޯޝަންތައް އަންނަނީ ބާއްވަމުންނެވެ.