ގާސިމާއި ހަނަފީ: ގާސިމްގެ އެޑްވައިޒަރުކަން ވެސް ހަނަފީ ގަބޫލެއް ނުކުރެއްވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
21 މާޗް 2023 - 13:13
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ރޭ ހަމަޖެއްސި ނަމަވެސް އެކަން ގަބޫލުނުކުރައްވައި، ހަނަފީ އެ ޕާޓީން މިއަދު ވަކިވެއްޖެ އެވެ.
ފެށުނީއްސުރެ ޖޭޕީގައި ހުންނެވި ހަނަފީ ނިންމަވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެން ހުންނެވުމަށް ކަމަށް އެނގިފައި ވެ އެވެ. އެކަމަކު، އެ ކަމާ ގުޅޭ ގޮތުން އޭނާ އަދި ވާހަކައެއް ނުދައްކަވަ އެވެ.
ގާސިމަށް ފޮނުއްވި ސިޓީއެއްގައި ހަނަފީ ވިދާޅުވީ، ޖޭޕީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ޖޭޕީން ވަކިވާން ނިންމެވީ ކަމަށް ހަނަފީ ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަ މި ކުރެވުނު ދުވަސްތަކަކީ ޕާޓީ އަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވުނު ދުވަސްތަކެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން މަނިކުފާނު ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ،" ހަނަފީގެ ސިޓީގައި ވެ އެވެ.
ހަނަފީއަކީ އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ވާދަކުރެއްވި ބޭފުޅެކެވެ. އެކަމަކު، އެ އިންތިހާބު އޭނާ އަށް ކާމިޔާބެއް ނުވި އެވެ.
ޖޭޕީގެ ސްލޮޓްގައި މި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ބޭފުޅުން ތިއްބެވިޔަސް ހަނަފީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ފިޔަވައި އެހެން ބޭފުޅަކު އަދި ވަކި ގޮތެއް ނުނިންމަވަ އެވެ. ގާސިމްއާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސަމީރު ވެސް ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅި އެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކޮންގްރެސް އިން ނިންމާފައި ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނުވަތަ ޖޭޕީ އިސްވެ އުފައްދާ ކޯލިޝަނަކާއެކު އިންތިހާބުގައި ވާދަކުރުމަށެވެ. އެ މަގަށް އެކަން ގެންދިއުމަށްޓަކައި ގާސިމް މިހާރު ވަނީ އެކި ސިޔާސީ ޕާޓީތަކާއި އެހެން ބައެއް މީހުންނާއެކު މަޝްވަރާ ވެސް ފަށައިފަ އެވެ. ޖޭޕީން އިސްވެ ކޯލިޝަން ހަދާ ނަމަ ބޭނުން ބަޔަކާ މަޝްވަރާ ކުރުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން ވަނީ ގާސިމަށް ދީފަ އެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓް ދޭނީ ޕްރައިމަރީއަކުން ކަމަށް ވާތީ އެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅެފަހެ
22 March 2023
މީން ކޮންމެ މީހެއްގެ ހަތަރުގަނޑު ފޮޓޯ އިބޫ ސޯލިހު އަތުގަ އޮތީތަ މިހާ ފަސޭހައިން ކޮންޓްރޯލް މިކުރަނީ؟
އެސްޓީ
22 March 2023
ދުނިޔޭގަ އެންމެ ގިނައިން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފެއިލް ވި މީޙާ ކަމަށް ގާސިމު ދައުވާ ކުރަން ބޭނުން ވަނީ ކަންނޭގެ.
ދހސތވސ
22 March 2023
އެއްވެސް އުރައްޕެއްނެތް
ހައްވަހުދާ
22 March 2023
މަޤާމުގެ ދަހިވެތިކަން ތިބި އިންސާނުން މި ފެންނަނީ!!!
+25000
21 March 2023
އިތުރު 25000 ވޯޓު ތި ލިބުނީ. ސުންބުރުން ކާމިޔާބުވީ ތި!!
ދޮންޑު
21 March 2023
ތީދެން ހުސް ލައިބިލިޓީސް، ވަޒީފާގެ އެދުމުގަ ކޮޅުބަދަލުކޮއްލަނީ. ސިޔާސީ އެންބުރޭ ވަހުތާނުން
ޕްރައިމަރީއޭ
21 March 2023
ކޮން ޕްރައިމަރީއެއްތަ ބާއްވަން ތިއުޅެނީ. ކުރިމަތިލާނެ މީހާ އާ ހޮވޭނެމީހާވެސް މަށައްއެނގޭ.
ހަނދަރު ޙަސަނު
21 March 2023
ދުނިޔޭގެ އެދުމުގައި ޖެހި ފޯވެފަ
ފޮނިޓައްޕު ހަސަނު
21 March 2023
ގާސިމް މި ފަހަރު ރިޔާސީ އިންތިޚާބުން ފެއިލް ވެއްޖެނަމަ އެ ފެއިލްވުމުގެ ސިއްރަކަށް ވާނީ ޕީޕީއެމުން ވަކިވެގެން އައިސް ޖޭޕީއަށް ވަދެގެން އެއުޅޭ ބޯވަތަށް. ޖޭޕީއަށް އިޚްލާސްތެރި، ވަފާތެރި ކައުންސިލު މެމްބަރުން އަމީން، ހަނަފީ ފަދަ އެތަކެއް ބަޔަކު މިހާރު އެތިބީ މާޔޫސްވެފައި. ތި އިލްހާމު، މާލޭ ރިޔާޒު ރަސީދު، ނިހާނުމެން ގާސިމު ބޮލަށް ޗިޕު ޖަހައިގެން މުޅިން ވާވައްދާލާނެ.
ޑުރިލް
21 March 2023
ވ ރަނގަޅު ވާހަކަ އެއް. އެމީހުންގެ ބޭނުމަކީ ޖޭ ޕީ ފުޑާލުން.
ޢަވާމެންދުރު
21 March 2023
ގާސިމް މި ފަހަރު ރިޔާސީ އިންތިޚާބުން ފެއިލް ވެއްޖެނަމައޭ؟!! މިހާތަނައް ފެއިލްވިފަހަރު މަދީތަ؟
ިސިސކޖސޖސ
22 March 2023
ބޯވަތަށް ބޯވަތަށް ބޯވަތަށް ،،، ސުކުން ދަސްކޮށްބަލަ.. ހެޔޮނުވާނެ
12ސަލާސް
21 March 2023
ބަލަ މުސާރަ ވަރަށް މުހިންމޭ! މާލޭގަ ބޮޑު އަގުގަ ތަނެއް ކުޔަށް ހިފަގެނޭ މިއުޅެނީ . ކުލިދައްކަން ޖެހޭ… މި ވީހާ ދުވަހު ނު ފެނޭ! ރަނގަޅު އެއްޗެއް ދެވޭނީ އެއް ނޫ ؟