ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ޕިއްޒާ ބޯނާއިން ޓޭކްއަވޭ ޕިއްޒާ އަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މާދަމާ ފަށާނެ އެވެ.
މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. މާދަމާ ފަށާ އެ ޕްރޮމޯޝަނުގައި މި މަހުގެ 31 އާ ހަމައަށް ޓޭކްއަވޭ ހުރިހާ ޕިއްޒާއަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.
ޕިއްޒާ ބޯނާއިން ބުނި ގޮތުގައި އެ ތަނުން ވިއްކާ ހުރިހާ ސައިޒެއްގެ ޕިއްޒާއިން ވެސް އެ ތަނުގެ ކޮންމެ އައުޓްލެޓަކުން އޯޑަރު ކޮށްގެން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.
ޕިއްޒާ ބޯނާގައި، ޕާސަނަލް، ރެގިއުލާ އަދި ލާޖް ސައިޒުގެ ޕިއްޒާ ހުރެ އެވެ. އެ ތަނުގެ އައުޓްލެޓްތައް މާލޭގައި މާފަންނު، ހެންވޭރު އަދި ގަލޮޅުގައި ހުރެ އެވެ. ހުޅުމާލެ ފޭސް އެކެއްގައި އެއް އައުޓްލެޓު އަދި ފޭސް ދޭއްގައި ވެސް އައުޓްލެޓެއް ހުރެ އެވެ.
ޕިއްޒާ ބޯނާއަށް އޮންލައިން ކޮށް ވެބްސައިޓު މެދުވެރިކޮށް އޯޑަރު ދެވޭނެ އެވެ. ޕިއްޒާ ބޯނާގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން އެ ތަނުގެ މެނޫ ބަލާލެވޭނެ އެވެ.