26 މެއި 2023 - 15:43
ހަވާ އެރުވުމާއި މޫނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާ އެކު "ފުރަވީރުން" ގެ ނަމުގައި ރޭ ހުޅުމާލޭގައި ބޭއްވި ޖުމްހޫރީ ޕާާޓީގެ ކެމްޕޭން ހަރަކާތެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެން އެ ޕާޓީ އޮތީ ޒުވާނުންނާ އެކު ކަމަށް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ފައިސާގެ އިނާމަކާ ޕްރޮމޯޓް ކުރަމުން އައި ފުރަވީރުން ހަރަކާތަކީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ އިސްވެ ހުންނަވައިގެން ހިންގެވި އެ ޕާޓީގެ ކެމްޕޭން ހަރަކާތެކެވެ.
ބޮޑުބެރާއި ލަވަޔާއި ނެށުމުގެ ހަރަކާތްތައް ކުރިޔަށް ދިޔަ އެ ހަރަކާތުގައި ކުޑަ އިރުކޮޅަކަށް ގާސިމް ސްޓޭޖް މައްޗަށް ވަޑައިގަތެވެ. އަދި ނަހުލާ ވަނީ ޖުމްހޫރީ ޕާޓީ އާ އަލަށް ގުޅިވަޑައިގަތް " ގާސިމް 2023" ޖަހާފައިވާ ފޯމު ސެޓް ގާސިމަށް އަރުވައިފަ އެވެ.
ރޭ ސެންޓްރަލް ޕާކުގައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ފޯރިގަދަ ޝޯގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މާދަމާގެ މުސްތަގުބަލަށް ގައުމު ގެންގޮސް ދޭން ޖެހޭނީ ކާބަފައިން ގައުމު ވާސިލް ކޮށްދިން ފަދައިން އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކީ ކަމަށެވެ.
އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ކަމަށާއި އެ މަސައްކަތް ކުރުމުގައި ޒުވާނުންނާއި ޅަ ކުދިންނާއި އަންހެނުންނާއި ފިރިހެނުން ބައިވެރިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ހުޅުމާލެ- މޭއި 25، 2023: ރޭ ސެންޓްރަލް ޕާކުގައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ފޯރިގަދަ ޝޯގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
"ތިބޭފުޅުންނާ އެކީގައި، ޒުވާނުންނާ އެކީ އަޅުގަނޑުމެން ތިބި ވާހަކަ ދަންނަވާލަމުން، ތިބޭފުޅުން ހާސްކަނޑާލާށޭ..." މާ ގިނަ ވާހަކަ ނުދައްކަވައި ގާސިމް ވިދާޅުވި އެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ޖުމްހޫރީ ޕާޓީއަކި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެހާ ގިނަ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅުން ދެތިން ހަފުތާ ތެރޭގައި ކުރި މަސައްކަތުން ކަން ވެސް ފާހަގަކުރެއްވި އެވެ.
ޖުމްހުރީ ޕާޓީން އަންނަނީ އެކި ރަށްރަށަށް ކެމްޕެއިން ދަތުރުކޮށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގަމުންނެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
27 May 2023
ހާސް ކަނޑާލާށޭ ބުނުމަކީ މާބޮޑަށް ހާސްވާންޖެހޭނެކަމެއް.
ހާސް
27 May 2023
ކިހިނެތް ޒުވާނުން ހާސްކަޑާލާނީ!؟ މަނިކުފާނު ގެދޮރު އަޅައިދޭން ހުޅުމާލެއިން ބިމެއް ނަގައިގެން ހުންނަތާ 17 އަހަރުވެއްޖެ. އެތަން އެއޮތީ ޖަންގައްޔެއްހެން. އެޅުނު ފްލެޓެއް ނެތް. ލާރިކޮޅެއް ލިބޭއިރަށް ފަހަރަކު ބިމެއް މަނިކުފާނުގެ މިލްކަކަށް ތިހައްދަވަނީ... ހާސްކަޑާ ނިމޭއިރު މަނިކުފާނުގެ ބިން ނޫން ބިމެއް މިގައުމުގައި ނޯންނާނެ ތޯއްޗެއް!
ގުދުގުދާބެއްޔާ
27 May 2023
ހާސްކަނޑާލާ! ވިލާގޭހުން ކައްކާސައި 70 އަހަރު ވާއިރުވެސް ހިހޫކަން ނުކެޑޭ!
ބޭގަމް
27 May 2023
ޤާސިމަށް. ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ލައްޒަތުން ލިބެން ހުރި ރާހަތެއް މިފަހަރުވެސް ލިބޭނެކަމަކަށް ޤަބޫލެއް ނުކުރެވޭ. އެކަމަކު އެ ލައްޒަތަކާ އުހަލަކާ ދެންހުރި ހުރިހާ ރާހަތަކާ އެކު ލިބުނީސް އަނބިކަނބަލުން ނަޚްލާއަށް މިފަހަރު ޓިކެޓް ދެއްވިނަމަ. ހުވާ މިބުނީ
ތައުޒަން
27 May 2023
މަނިކުފާނުވޭ. ހާސް ނުވަން ކަމަށް ވަނީ ވިއްޔާ އެކަން ބަދަލުކުރެވޭނީ ލައްކައިންކަން ހަނދުމަފުޅު ކުރައްވާތި. އަޑުއެހިން ކެމްޕޭނަށް 5 މިލިޔަން ކަމަށް. މިހާރަކު އެވަރަކުން ނުވާނެ. ވޯޓު ލަނީ 250000 ކަމަށް ވާނަމަ ބޮލަކަށް 20.00 މީ ކޯންޗެއްތޯ. އޮތީ އޯޕަން ކޮށްލާފަ. އެމީހަކު ބޭނުން ވަރަކަށް ޑްރިންކްސް ލިބޭނެ. ހިކިކޮށްނާ ދިޔައިކޮށްވެސް ލިބޭނެކަމަށްވަނީ. ބޮލަކަށް ހާސް ކަނޑާލީމާ ދެން ހުރިވަރެއް.
ބިންގޯ
27 May 2023
“ހާސްކަނޑާލާ” މީކީ މާ ރީތިބަހުރު ވައެއްނޫން ވެރިޔަކު ބޭނުންކުރާކަށް.
ކީސްފިލާ
27 May 2023
ރަނގަޅު ވާހަކައެއް. ވެރިކަމުގެ ހުވަފެން ދެކޭއިރު ދިވެހިބަހުން ރީތިކޮށް ފުރިހަމަކޮށް ވާހަކަދައްކަން އެނގެން ޖެހޭނެ.
ވޯޓް
27 May 2023
މީނަގެ ބަހުރުވަ ހުރި ގޮތުންވެސް މިއީ ޓްރަމްޕު ފަދަ މިހެއްކަން އެބައެނގޭ. މީނާ ހީކުރާކަހަލަ ދިވެހިންނަނަކީ މީނަކަހަލަ ނުވިސްނޭ މޮޔައިންހެން. މިދުނިޔޭގައި ތިބި އެންމެން ވޯޓު ދިނަސް މަށެއްނޫދޭނަން. ޔަޤީން.
ޢެމެރިކާ
27 May 2023
އިންޑިޔާ އައުޓް
ޢެމެރިކާ
27 May 2023
ދިވެހިންނެ ނުދޭނެ ވޯޓެއް އިންޝާﷲ
އަންޑޭ
27 May 2023
ފުރަވީރުން ކިޔައިގެން ބަޔަކު އެއްކުރީ ހަވާ އަރުވަން. ސިޔާސީ ޙަރަކާތަކަށް ނޫން. ކުއްލިޔަކަށް ޤާސިމް ނެރެ މިކަން ސިޔާސީކޮށްލީ. ޤާސިމް އެހުރީ ހެދިފަ. 2024 އަށް ޕީޕީއެމް މެޖޯރިޓީ ނަގަން ޤާސިމްގެ މުދާ ޣަނީމާ ކުރަން ދިޔަ ކުދިންކޮޅު ހާދަގަދަޔޭ މަކަރު ހަދަން. ޔާނު ކައިރިން ދަސްވެނިވެގެން އެ ދިޔައީ ޤާސިމް އިނދަޖައްސަން. ހިތާމައަކީ ޤާސިމް އަށް މިކަން ރެއަކާނުލާކަން.