ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ގާސިމަށް، އެ ޕާޓީގެ ޓިކެޓު ހަވާލުކުރަން ކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
10 ޖޫން 2023 - 01:24
ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީން ވެރިކަން ކުރި ގޮތް ރައްޔިތުން ތަޖުރިބާކޮށްފައިވާތީ، އާ ފިކުރެއް ތަޖުރިބާކުރުމަށް ޓަކައި، ޖުމްހޫރީ ޕާޓީއަށް ވޯޓު ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، ގާސިމަށް ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ޕީޕީއެމާއި އެމްޑީޕީގެ ވެރިކަން ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެގޮތަށް، "ޓެސްޓު ނުކުރެވި" އޮތް ހަމައެކަނި ފިކުރަކީ ޖޭޕީ ކަމަށް ވެސް، ކާނިވަލުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ.
"ތިޔަ ލޮބުވެތި މެމްބަރުން ވަނީ ޕީޕީއެމާއި އެމްޑީޕީ ވެސް ތަޖުރިބާކޮށްފައި. ތިޔަ ބޭފުޅުންނަށް ޓެސްޓު ނުކުރެވި އޮތް ސިޔާސީ ފިކުރަކީ، 2008 ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު. އެ ފިކުރަކީ މިއަދު ރާއްޖޭގައި އަމަލުކުރާ ގާނޫނު އަސާސީއާ ވެރިކަމުގެ ނިޒާމްގެ އިންތައް ކަނޑައެޅުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވުޖޫދުކުރި ފިކުރު." އޭނާ ވިދާޅުވި އެވެ.
ގާސިމް ވަނީ ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ ވެރިކަން ދެކެން ބޭނުންވާނަމަ ޖުމްހޫރީ ޕާޓީއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.
"އެހެން ގޮތަކަށް ދަންނަވާނަމަ، އެ ފުރުސަތު އަޅުގަނޑަށް ދެއްވާ މި ފަހަރު ދިވެހި ރައްޔިތުން." އޭނާ ކުރިއަށް ގެންދެވި އެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ގާސިމަށް، އެ ޕާޓީގެ އެސްޖީ އާރިފް (ވ) ޓިކެޓު ހަވާލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީން، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމިއިރު، އެ ޕާޓީއާއެކު ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގާސިމާއެކު އެކި މަޝްވަރާތައް ބޭއްވި އެވެ. އެކަމަށް އެއްބަސްނުވެ، އޭގެ ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ވެސް މަޝްވަރާތައް ކުރެއްވި އެވެ.
ޓިކެޓު ހަވާލުކުރަން ބޭއްވި ޖަލްސާގައި ގާސިމް ވަނީ ޖޭޕީގެ ވެސް ބައިވެރިވުމާއެކު ވެރިކަމަށް އައުމަށްފަހު މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުން ކަންތައް ކުރި ގޮތަށް ވެސް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ޖޭޕީން ކޯލިޝަން ހަދަނީ އެ ޕާޓީއަށް މޮޅު ގޮތްތައް ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ މަންފާއަށް ކަމަށެވެ. ނަމަވެސް ވެރިކަމުގެ އާރާއި ބާރާއި އިއްޒަތް ލިބުމުން ކަންކަން ބަދަލުވެގެންދާގޮތުގެ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
ވެރިކަން ލިބުމުން ދައުލަތުގެ މުދަލާއި ފައިސާއަށް ހަދާ ގޮތުގެ ވާހަކަ ތަފްސީލް ކުރަން ބޭނުން ނުވާ ކަމަށާއި އެކަމުގެ ސަބަބުން، ހަމަނުޖެހުމާއި އިންސާފު ނެތި، ހަމަޖެހުން ގެއްލިގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޯލިޝަނާއެކު ވެރިކަން ކުރުމަށް އަބަދު ވެސް އެއްބަސްވުމެއް އޮންނަ ކަމަށާއި އެ އިހުތިރާމް ކުރުމުގެ މައްޗަށް ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުން ވެސް ކަންތައް ކުރި ގޮތާއި ކަންކުރި ގޮތަް ހުރީ ފެންނަން ކަމަށެވެ.
"ކޮން ބަޔަކަށް ވެސް ވެރިކަމަށް އާދެވެނީ ކޯލިޝަނާއެކު. އެކަމަކު ވެރިކަމަށް އާދެވުމުން ކޯލިޝަނަކީ މާ ބޮޑު ދައުރެއް އޮންނަ އެއްޗަކަށް ނުވޭ." ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
11 June 2023
އަނެއްހެން ވަރަށް މަދުން ދޯ މީހުން ދިޔައީ އާ ފިކުރެއްވެގެން! މީހުންނަށް މިހާރު އެނގޭ ގާސިމާ އަންނި އަކީ ކޮން ބައެއްކަން!
ފިނރުޓޭ
11 June 2023
މި ގާސިމަށް ވުރެ އަމިއްލަ އެދުން ބޮޑު ރާއްޖޭގެ ސިޔާސީ މައިދާނުގައި މަދުވާނެ! ބަލާނެ ކަމެއް ނެތް މީނަ ވެރިކަމާ މޭލެއް ހާ ކައިރި ކުރިއަސް ރާއްޖޭގައި ކީއްކުރަން ރަށެއް، ފަޅެއް ފަރެއް ގިރިއެއްވެސް ނޯންނާނެ މީނަ އަތްދަށު ނުލާނެ ކަމަށް! އެވަރުގެ މީހެއް ތި ގާސިމަކީ! ދެން ޗަންޕާ އަފީފާ، ކޮލި މޮހެދޭމެން ނުތިބޭނެ ދޯ އަތް އުރާލައިގެން ގާސިމު ވެރިކަން ކުރާތަން ބަލާކަށް!
ރަ
10 June 2023
މެނިފެސްޓޯގައިކުރަންވަޢުދުވާ ކަންކަމުގެތެރެއިން ފުރަތަމަ 100 ދުވަސްތެރޭގައި ނިންމާނެކަންތައް އެއްވަނާގައި ބާއްވައި، ދެންހުރިކަންކަން މުއްދަތުގައިހިމެނޭ އަހަރުތަކުގެ މުއްދަތުތަކަކަށް ބަހާލައި، އެކަންކަން ބަޔާންކޮށްފައިވާ މުއްދަތުތެރޭގައި ނުނިންމިއްޖެނަމަ، އެއްވެސް ސަބަބަކާއި ބަހަނާއެއް ހުށަނާޅައި، ވަގުތުން އިސްތިޢުފާދޭނެކަމުގެ އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ސުޕްރީމްކޯޓުގައި އެރަޖިސްޓްރީކޮށްފައި ތިޓެސްޓުކުރުމަށް އެއްބަސްވެވިދާނެ
ރާއްޖެތެރެއޭދޯ
10 June 2023
އާ ފިކުރަކީ އެއީ އާގޮތްތައް ހޯދަން މީހާ ބަދަލުވުން އެއީ އަދި އާފިކުރެއް ނޫނޭ ރޭގައި ގާސިމް އިއުލާން ކުރި މެނިފެސްޓޯ ގައި ހިމެނޭ ކަންކަމަކީ އެއީ ވާނެ ކަންކަމެއް ނޫނޭ ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ރާއްޖެ ތަރައްގީ ނުކުރެވޭނެއޭ އެކަން ކުރަން އުޅޭ މީހެކޭ ހަލާކުވާނީ ގައުމު އިތުރަށް ދަރާ ވިކޭނީ ޚުދު ގާސިމަށް އިނގޭނެ ނޫންތޭ މާމިގިލީގައި ނެތީ ކޮން ކަމެއްތޭ އެކަަމަކު އަތޮޅު އެހެން ރަށަކުން މީހަކު އެރަށަށް ހިޖްރަ ކުރިތޭ ނޫން ނުކުރޭދޯ ބަލަގަ ތީ
އަލީހަމީދު
10 June 2023
މަށަށް ވަރަށް ކަމުދޭ ގާސިމް ވާވައްދައިގެން ގާސިމް ދަވާ މީހުން.
ބަލާތި
10 June 2023
ގާސިމްގެ ވެރިކަމުގައި މާބޮޑަށް ވަޒީރުން ބުނާ ގޮތަށް ނަހަދާނެ ކަމަށް އަދި ވަޒީރުން ދައްކާ ވާހަކަ ތަކަށް އަމަލު ނުކޮށް ރައްޔިތުން ބުނާ ގޮތަށް ކަން ކުރާނޭ ކަމަށް މަމެންނަށް ފެންނަނީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ތިޔާ މުއިއްޒު މެން ބުނެގެންނޭ ހުޅުމާލެ ދޭކުން ގޯތި ނުދީ ބޭއްވީ އެތަނުގައި ފްލެޓްސް އެޅުމުގެ ބަދަލުގައި 2 ހާސް އަކަފޫޓްގެ 50 ހާސް ގޯތި ވަގުތުން ދިން ނަމަ އެތަން މިއަދު އާބާދުވެ ނިމޭނެއޭ އަދި ރައީސް ޔާމީން ވެރިކަމުގައި ވެސް ހުންނާނެއޭ
ވިސްނާތި
10 June 2023
އާފިކުރަކަށް ވާނީ ގާސިމްގެ ވެރިކަމުގައި މީރާ ވެސް ޖެހޭނީ އުވާލަން އަދި ޓެކްސް ނިޒާމް ވެސް ޖެހޭނީ އުވާލަން އެއްކޮށް ބަދަލުގައި މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅުތައް ހިއްކާ އެގޮތުން ހިއްކާ ބިންތަކުން އަހަރަކު ވިއްކާނީ 1 ހެކްޓަރުގެ 90 ހާސް ބިން ބިމެއް 1 މިލިއަން ޑޮލަރަށް ދެން އިތުރަށް 1 ހެކްޓަރުގެ 5 ލައްކަ ބިންހިއްކާ އެބިންތައް ރައްޔިތުންނަށާއި ވިޔާފާރިވެރިންނަށް 1 މިލިއަން ޑޮލަރު 100 އަހަރުން ދައްކާ ގޮތަށް ބިންތައް ކުއްޔަށްދޭނީއޭ
ކުރަންވީއޭ
10 June 2023
ގާސިމް އިބްރާހިމް ވަރަށް ރަނގަޅުވާނެ ރާއްޖޭގެ ރައީސްކަމަށް ގާސިމްގެ ވެރިކަމުގައި އިންޑިއާ ސިފައިން ވެސް ރާއްޖޭގައި ނުތިބޭނެއޭ ގާސިމް އެބަޖެހޭ އިސްނަގައިގެން ޕީޕީއެމް އަދި ދަ ޑިމޮކްރެޓްސް އިންނާއި މަޝްވަރާ ފަށަން މިދެޕާރޓީ އަތުގައި ވެސް ކެމްޕެއިން ކުރާނެ ފައިސާ އެއް ނެތޭ ގާސިމްގެ ކެބިނެޓް އިން ޖާގަދޭންވީއޭ ކެނެރީގެ ނަޝީދަށާއި ޔާމީނަށް އަދި މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކުން އެއީ ދައުލަތުގެ ބަޖެޓްގެ ކެޕެކްސް އިން ކުރާނެ ޚަރަދަކީ ޓެކްސް ކުޑަ
ވިސްނާތި
10 June 2023
ދެން މިއަންނަ 5 އަހަރުގެ ދައުރަށް އެންމެ ރަނގަޅުވާނީ ގާސިމް އިބްރާހިމް ގާސިމްގެ ވެރިކަމެއްގައި ބަދަލު ނުހިފާނެ މިހާރު ވެސް މިރާއްޖޭގެ ސިޔާސީ މައިދާނުގައި ބަދަލު ހިފުމުގެ ރޫހު އެހާވަރަށް ނުހިފަނީ ގާސިމް އާއި ހެދިއޭ ގާސިމް ބަދަލު ހިފުމުގެ އުސޫލު ނުގެންގުޅޭތީއޭ ގާސިމްގެ ވެރިކަމަށް އާދެވޭނީ ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް އާއި އެކު ފުރަތަމަ ބުރުގައި ކޯލިޝަން ހަދައިގެންނޭ ފުރަތަމަ ބުރަށް ވެސް ނިކުންނަންވާނީ މިގޮތަށޭ އެނޫންނަމަ އެމްޑީޕީ ބަލި ނުކުރެވޭނެ
ދޮންއަމާ
10 June 2023
އިންސާނީ ތަބީއަތުގަ ކޮންމެ މީހަކީވެސް ފިކުރުގަ ކޮންމެސް ތަފާތެއް ހުނާނެމީހެން ދިކުރެއް ތަފާތުވުކީ އޭގެން ނުބައެއްވެސް ނިކުމެދާނެކަމެއް މަނިކުފާނު ފިކުރުވެސް ސާފިކޮށް ހާމަކުރައްވާ އޭރުން އެނގޭނީ މިގައުމު އަދި މިގެންދަނީ ރަނގަޅަކަށްނޫން އާބާދީ އެއްފަސްކޮށް ރައްޔަތުންނަން މިހާރަށް ވުރެ ފަހިގޮތް ހޯދާދީ ރަށްޔަތުން ނުފެލާ ދަލަތަށް އާމްދަނީ ލެބޭނެ މަގުތަށް ބޭނުންވޭ