ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ސިންގު ލީޑު ރޯލު ކުޅޭ، ކަރަން ޖޯހަރު ޑައިރެކްޓުކުރާ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ފުރަތަަ ޓީޒާ ނެރެފި އެވެ.
މިއަދު އާންމުކުރި ޓީޒާގައި ރަންބީރާއި އާލިއާގެ ހިތްގައިމު އޮން-ސްކްރީން ކެމިސްޓްރީ ފެނެ އެވެ. އަދި ލޯތްބާއި އާއިލީ މައްސަލަތަކުގެ މައްޗަށް ހަދާ އެ ފިލްމުގެ ކުރު ހުލާސާއެއް ދައްކައިދިނެވެ.
އެ ފިލްމުގެ މުހިންމު ރޯލުތަކުން ބޮލީވުޑްގެ ލެޖެންޑާރީ އެކްޓަރުން ކަމަށްވާ ދަރުމެންދުރާ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ފެންނާނެ އެވެ.
މިއީ ހަތް އަހަރުގެ ބްރޭކަކަށް ފަހު މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެކްޝަނަށް އެނބުރި އަންނަ ފުރަތަމަ ފިލްމެވެ.
"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު 28 ގަ އެވެ.