ސެނެޓުގެ ނިންމުން ބަލައިނުގަންނަވާ ކަން އެންގެވުމާ އެކު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބައްދަލުވުމެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
06 އޯގަސްޓް 2023 - 21:20
އަންނަ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޮއިކޮޓު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ނަމަވެސް، އެކަން އެ ގޮތަށް ނުކުރަން ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމި ނިންމުން ބަލައިނުގަންނަވާ ކަން އެމަނިކުފާނު އަންގަވައިފި އެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ވޯޓަށް އަހަން ޖެހުނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން، އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ޔާމީން ހަވާލުކުރެއްވި ނޯޓިސްގައި ވަނީ އެ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެހެންވެ، ސެނެޓްގައި ވޯޓަށް އެހީ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންނެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރެކެވެ.
އެކަމަކު ސެނެޓުގެ ނިންމުން ބަލައިނުގަންނަވާކަން، ޔާމީން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ފޮނުއްވި ނޯޓިސްއެއްގައި ވިދާޅުވެފައިވާ ކަން އެނގިފައި ވެ އެވެ.
ސެނެޓުގެ ނިންމުން ބަލައިނުގަންނަވާ ކަން އެންގެވުމާ އެކު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބައްދަލުވުމެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ބޭނުންފުޅުވި ނަމަވެސް އެ މަނިކުފާނަށް ފުރުސަތު ގެއްލޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީން ނެރޭނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ސެނެޓުން އޮތީ ފާސްކޮށްފަ އެވެ. މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަނޑައަޅަން ނިންމަވައިފަ އެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ މާދަމާގެ މެންދުރު 2 ޖަހާއިރެވެ.
ޕީޕީއެމް/ޕީއެންސީގެ އެންޑޯޒްމަންޓު ނުލިބުނަސް، މާދަމާ މުއިއްޒު ފޯމު ހުށަހަޅުއްވާނެ ކަމުގެ އަޑުތަކެއް ވެސް ދަނީ އިވެމުންނެވެ. އެކަމަކު އެކަމާ ގުޅޭގޮތުން މުއިއްޒު އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
07 August 2023
އެބުނާ ނޯޓިސްގައި ވަނީ އެ ހުކުމާ އެކު، އޭނާގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެކަމަކު ވޯޓުން ދެކޭގޮތް ހާމަކުރީމާ އެކަން ބަލައި ނުގަތުމަކީ ކޮންފަދަ ހުދުމުޚްތާރު ގޮތެއް ހެއްޔެވެ. ހުކުމެއް އަޔަސް ލޫޓުވިހާ ފައިސާ އަތުގައި ހުރީމާވެސް ހިތެއް ނުފުރެއެވެ. އަދިވެސް އިތުރަށް ލޫޓުވައިގެން އަންބޮޑި ބޮޑުކުރަން ބޭނުންވަނީއެވެ. މިވަރުންވެސް މީނާއަކީ ހަމަ މައުސޫމް މީހެއްކަމަށް ދެކޭ ބަޔަކު އުޅެއެވެ
މޫސާކުއްދާ
07 August 2023
ހުރިހާވެސް މައްސަލައަކީ ޔާމީނަށްވެސް އެނގޭވިއްޔާ ޕީޕީއެމް/ޕީއެންސީ އިން ކޮންމެ ކެންޑިޑޭޓަކު ނެރެ ކާމިޔާބުވިޔަސް އެމީހަކުވެސް 2 ދައުރު ބޭނުންވާނެކަން އަދި ޔާމީނު ވެރިކަމަށް އަންނަން ކުރާ އިންތިޒާރު ދިގުވުން ނޫން ކަމެއް ނުވާނެކަން.
ކޯއްޗެއްތަ
07 August 2023
ކޯއްޗެއްތަ ދެން ބަލައިގަންނަންވީ؟ ރަސްކަލެއްކަން؟
ރަޕެއްލާ އިބުރޭ
07 August 2023
ހެޔޮ ވެރިކަމެއް ބަގާވާތުން ވައްޓާލުމުގެ ހިތި ރަހަގަޑު ކަރުބުޑުގަ ހެޔޮވަރުކޮށް ލަމުންދަނީ
އަޒީރުވިންސް
07 August 2023
ރަސްކަމެއްތަ ޕީޕީއެމްގަ އޮތީ. ސެނެޓުން ގޮތެއް ނިންމަން ބުނެފަ ދެން އެނިންމުން ބަލައި ގަންނަންޖެހޭނީ ކޮންމެ މީހަކަށް ވިޔަސް
ކައްޓޭ
07 August 2023
ޔާމީނުގެ ޚަރީފީ ވިސްނުން ބަލައެއް ނުގަނެވޭނެ ޕާރޓީން ވެރިކަމަށް ކުރިމަތިނުލާ ނަމަ އެންމެން ޕާރޓީ ދޫކޮށް ދިޔުން ވަރަށް ކައިރި ތިމާއަށް ކުރިމަތި ނުލެވޭ ނަމަ ޕާރޓީން ކުރިމަތި ނުލުން ކޮންކަހަލަ ކަށި ވިސްނުމެއްތޯ މީ
ފްރޯ
07 August 2023
މީނައަށް ހުރިހާ ބޮނޑިއެއް ލިބެނީވެސް ހަމަ ބޯހަރުކަމުން.. އަބަދުވެސް މަ މަ މަ.. ޕާޓީއަކަށް، މެމްބަރުންނަކަށް، ރައްޔިތުންނަކަށް ވިސްނާލުމެއް ނެތް. ކޮރަޕްޝަން ލާރިވެސް އަމިއްލައަށް ބައްކުރަން ހަދައިގެން ބޮނޑިބުއީ. ޔާމީނު މިނިވަންވެގެން ކުރިމަތިލިޔަސް ރޭނގަނޑާ ދުވާލުހާ ސާފުކޮށް ފެންނަން އޮތް ވަގަކަށް އަދި 5 އަހަރު ވެރިކަންކުރި ޚުދުމުޚުތާރު ގޮތައްބަލާފައި މިގައުމުގެ މެޖޯރިޓީއެއް ވޯޓެއް ނުދޭނެ.
ކަންވާރު އިބްރާހީމް
07 August 2023
ޔާމީނާއި ނުލައި އަދި ޔާމީނުގެ ސަޕޯޓް ނެތި މުއިއްޒު ގަދަފައި ވިއްދައިގެން އިންތިޚާބުގައި ވާދަ ކުރިޔަސް އެކަމުން އެއްވެސް މަންފާއެއް ނުނިކުންނާއެެވެ. ހަމަ ބޮޑު ބައްޔަކުން ބަލިވެ ސިޔާސީ މައިދާން ދޫކޮށް ދާންޖެހުން ފިޔަވައި އިތުރު ކަމެއް ނުވާނެއެވެ. ދެން އޮތީ ޔާމީނު، މުއިއްޒުގެ ފަރާތުން އަދި އިންތިޚާބުގެ ކުރިން ފެނުނު މިޢަމަލަށް ބަލާފައިވެސް އިތުބާރު ނުކުރުން އެއީ އެއްމެ ބުއްދިވެރި ގޮތެވެ. މުއިއްޒުއަކީ އަމިއްލަ އެދުމުން ފުރިގެންވާ މީހެކެވެ.
ސުލޭމާނު
07 August 2023
ޔާމީނު ޖަލަށް ލާން ޖެހުނީ ބޮޑެތި ކޮރަޕްޝަން ހިންގާ ނުޙައްޤު މުއްސަނދިކަން ހޯދީމަ. މުޢިއްޒަކީ ވެސް އެކަމުގައި ޔާމީނަށް ދޫނުކުރާނެ މީހެއް!
ލައްގަޅޭ
07 August 2023
ރަން ވަޯޓެއް ލައްގަޅޭ މައިން ޖަލައް ލައްގަޅޭ