ލީޑަޝިޕުގެ ތެރޭގައި ކޯޅުން ބޮޑުވެ، ޔާމީންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރުމަށް ހުރަސް އެޅުމުގެ ގޮތުން، ލީޑަޝިޕުގެ ބައެއް ބޭފުޅުން ވަނީ ދެ ޕާޓީގެ ރަސްމީ ތައްގަނޑު ފޮރުވައިފަ އެވެ.
ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމަށް ކަރެކްޝަންސް އޮފިސަރުންގެ ބެލުމުގެ ދަށުން އެމަނިކުފާނު ގެންދަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 އޯގަސްޓް 2023 - 22:40
ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެދިވަޑައިގެންފައިވަނިކޮށް، އެހެން ކެންޑިޑޭޓަކު ނެރުމާ މެދު ކޯޅުން ބޮޑުވެ، ދެ ޕާޓީގެ ރަސްމީ ތައްގަނޑު ފޮރުވާފައިވާ ކަން އެނގިއްޖެ އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކު، އެމަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.
ޔާމީންގެ އެދިވަޑައިގެންނެވުމާ މެދު މަޝްވަރާ ކުރުމަށްފަހު، އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އަގުލަބިއްޔަތުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފަ އެވެ.
އެކަމަކު ޔާމީން ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަންގަވައިފަ އެވެ. އެއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި، އެކަމާ އިތުރަށް މަޝްވަރާކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ވެސް އަގުލަބިއްޔަތުން ނިމުނީ އިންތިޚާބު ބޮއިކޮޓު ނުކުރާ ގޮތަށެވެ.
އެކަމާ ލީޑަޝިޕުގެ ތެރޭގައި ކޯޅުން ބޮޑުވެ، ޔާމީންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރުމަށް ހުރަސް އެޅުމުގެ ގޮތުން، ލީޑަޝިޕުގެ ބައެއް ބޭފުޅުން ވަނީ ދެ ޕާޓީގެ ރަސްމީ ތައްގަނޑު ފޮރުވައިފަ އެވެ.
އެކަމަކު ތައްގަނޑު ފޮރުވުމުގެ ކުރިން ޔާމީންގެ ބަދަލުގައި ޕީއެންސީގެ ފަރާތުން ރިޔާސީ ރޭހަށް ނެރެން ކުރިން ނިންމާފައިވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމުގައި ތައްގަނޑު ޖަހާފައިވާ ކަން އެނގިފައި ވެ އެވެ.
އަދި މާދަމާ ފޯމު ހުށަހެޅުމުގެ ސުންގަނޑި ހަމަވުމުގެ ކުރިން، މުއިއްޒުގެ ފޯމު އީސީއަށް ވައްދާނެ ކަން ވެސް ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހަންމަދު
08 August 2023
ފޭހުނު ތިމާއަތުންލޮށި.، މޭނާކިލެގެފާނު ދޮށި.. މިހާރު އެހެރީ އެހެންވެފަ..! ތައްގަނޑު ނެތީއްޔާ ދެންޖަހާނީ ސީޕީއެން ގެ ފިންގަރ ޕްރިންޓް،،
ދަ ޑިމޮކްރެޓްސް،
07 August 2023
އަޅޭފަހެ މީ ކުޅޭ ކުޅިވަރެއްތަ؟ މިވަރުވީމާ މީ ބޮޑުވަރު. އަރަމެން ކުޑައިރު ބަތް ކައްކާ ކުޅޭއިރުވެސް ތިވައްތަކަށް ނޫޅެން.
ތުއްތުކޮއި
07 August 2023
ވަރަށް ލަދުވެތިދޯ
ރަމަ
07 August 2023
މިނުބައިނުލަފާ ޔާމީން ޕީ.ޕީއެމް ކުދިންނަށްއަދިވެސްނޭގޭތޯ؟ ވެރިކަނަހޯދަން އޭނާކޮށްފަ ނުކުރާނެކަމެއްނޯންނާނެ! މާޒީން އެކަންކަންބަލައި ދިރިތިބި ބަޔަކަށް އިބުރަތަކަށްފުދޭނެ.
ޒުލްމު
07 August 2023
އަސްލު ހަކުޅި ކުރިއަށް މި ކުޅުނީ މުއިއްޒު. ޔާމީންއަކީ މާމޮޅު މާރސްޓަމައިންޑަކަށް ބަޔަކު ހަދައިގެން އުޅުނަސް އެއީ ހަމައެކަނި އަމިއްލަ އެދުމުން ފުރިފަ ބާރު ހޯދަން ފެންބޮވައިގެންފަ ހުރި ރަހުމެއް ނެތް އިންސާނެއް!
ހިޔާލު،
07 August 2023
އައްޑޫ އައް ވެރިރައް ބަދަލުކޮއްގެން ރާއްޖެ ތަރައްގީ ވާނީ
ގަބޭ
07 August 2023
އަފީފްދީދީގެ ޚިޔާލެއްތަ؟
ކަންވާރު އިބްރާހީމް
07 August 2023
ޔާމީނުއާއި ދެކޮޅު ފަށައި ޕީޕީއެމްއިން އިންތިޚާބަށް ކުރިމަތިލިޔަސް އެއިގައި ސިޔާސީ ބަރުދަނެއް ނުހުއްނާނެއެވެ. އަދި ނަތީޖާއަކަށް ވާނީ ޔާމީނު ޖަލުގައި އޮންނަން ޖެހި އަދި ޔާމީނުއަށް އިތުރު ދުއްތުރާތަށް ކުރިމަތިވެގެން ދިއުމެވެ. އަދި ސާލިހްއަށް އެއިރުން މިއިންތިޚާބަކީ އިދިކޮޅުވެސް ބައިވެރިވި އިންތިޚާބެއްކަމަށް ބޭރުގެ ފަރާތްތަކަށް ދައްކައި ސަރުކާރުގެ މެޝިނަރީއާއި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކޮށް ފަސޭހަ މޮޅެއްވާނެއެވެ.
ރެދަން
07 August 2023
މުއިއްޒު ޔާމިންއަށް ވަފާތެރެ ނުވާނެ. އެހެންވެ ޔާމިން މުއިއްޒު އެންޑޯޒް ނުކުރަނީ، މުއިއްޒު ރައީސް ކަމުގެ ހުވާ ކުރާތާ ހަފްތާއެއް ތެރޭ ޔާމިންއަށް ޕާޓީގެ ކޮންޓްރޯލް ގެއްލޭނެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ ކަމުގެ މިސާލެއް އެމްޑީޕީއިން ފެންނަން އެހުރީ
އިސްހާގު12
07 August 2023
11 އަހަރަށް ޖަލަށް ލީމަވެސް މި .. މަޑަކުން ނޯވެވޭ ދޯ!
އަލިފުޅު3
07 August 2023
އެމީހާ ބުނާ ގޮތް ނަހަދާ، ސެނެޓަރުން ވަކި ހިސާބަކުން ގެއްލެން ފެށުމަކީ އެކަށީގެންވާ ކަމެއް! ކުދީންނޭ މީނާ އަކީ ކާމިނީގޭ ޔާމީނު. މީނާ ދެނެގަނެގެން އުޅޭތި.