ރިޔާސީ އިންތިހާބަށް ފޯމު ހުށަހެޅުއްވުމަށް ފަހު ގާސިމް؛ ގާސިމް ވިދާޅުވީ އަތުގައި މިހާރު ހުރި ވަރަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 އޯގަސްޓް 2023 - 13:43
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އޭނާގެ ވިލާ ކުންފުންޏާއި އަތުގައި މިހާރު ހުރި ވަރަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، މ. ކުނޫޒުން ހިންގަވާފައިވާ ދަރުބާރުގެ އަށް ވަޑައިގެން ގާސިމް މިއަދު ވަނީ އިންތިހާބަށް ފޯމު ހުށަހަޅުއްވައިފަ އެވެ.
ފޯމު ހުށަހެޅުއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާ މިހާތަނަށް ވެސް ކޮށްދެއްވާފައި ވާނީ ގައުމަށް ފައިދާ ހުރި ކަންކަން ކަމަށެވެ. ދެން ވެސް ކޮށްދެއްވާނީ އެފަދަ ކަންކަން ކަމަށާއި އެކަމާ މެދު ގޮތް ނިންމާނީ ދިވެހިން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ އަޅުގަނޑު އަތުގައި ހުރި އެއްޗަކަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް އަޅުގަނޑުގެ ވެރިކަމެއްގައި ހޯދާކަށް ނޫޅޭނަން، ބޭނުމެއް ނޫން. ނުކުރާނަން،" ގާސިމް
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމަށް ވެރިކަން ލިބިއްޖެ ނަމަ އަމިއްލަ މަސްލަހަތު އިސްކުރައްވާނެ ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އޭނާ ރާއްޖެ އިން ބޭނުންވާ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުގެ އާއިލާގައި އަޅުގަނޑުގެ ކުންފުނީގައި ހުރި އަޅުގަނޑުގެ އަމިއްލަ އެއްވެސް އެއްޗަކަށް ވުރެ އިތުރު ހަމަ އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ދިވެހި ގައުމުން އަޅުގަނޑު އިތުރު އެއްވެސް އެއްޗެއް ބޭނުމެއް ނޫން، އަޅުގަނޑު ޔަގީން ކޮށްދޭނަން [އެކަން]،" ގާސިމް ވިދާޅުވި އެވެ.
ވެރިކަން ކާމިޔާބު ކުރެއްވުނަސް، ވިލާ ކުންފުންޏަށް ފައިދާ ވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
"އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ އަޅުގަނޑު އަތުގައި ހުރި އެއްޗަކަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް އަޅުގަނޑުގެ ވެރިކަމެއްގައި ހޯދާކަށް ނޫޅޭނަން، ބޭނުމެއް ނޫން. ނުކުރާނަން،" ވަރަށް ސާބިތުކަ މާއެކު ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ މި ފަހަރުގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިހާތަނަށް ފޯމު ހުށަހެޅުއްވީ ގާސިމްގެ އިތުރުން އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސް އިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ޕީއެންސީން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ކަމަށްވާ އުމަރު ނަސީރާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރުބެއްޔާ
08 August 2023
ގައުމުގައި މަނިކުފާނަށް އިތުރަށް ދޭނެ އެއްޗެއް އެބަހުރިތަ؟؟؟ ގައުމުގައި ހުރިއްޔާ ހުރިހާ ފަޅަކާއި ފަޅުރަށްތަކާއި ސިމެންތި އާއި ގޭހާއި ސްކޫލާއި ކޮލެޖެއް ވަނީ މަނިކުފާނަށް ދީ ނިންމާފައި... ދެން ބާކީ ހުރީ ގައުމުގެ ތިޖޫރީ އެކަނި. މިހާރު ދެން އެއާއި ދިމާލަށް ތި ދަނީ.....
ނަށީދު
08 August 2023
ކާންޓް ޓްރަސްޓް ޔޫ!
މާކަނޑު
07 August 2023
މިކަހަލަ ވާހަކަ ނުދައްކާ މެނިފެސްޓޯ ވާހަކަ ދައްކަބަލަ މީހުން ވޯޓު ދޭނީ ވަކި މީހަކަށް ވެގެން ނޫން ރަގަނޅު ޕްލޭނެއް އޮތް މީހަކަށް
ގެރީ
07 August 2023
ރަގަޅު. އަހުންވެސް ބޭނުމެއްނޫން ގާސިމެއް.
ބޭނުމެއްނުވާނެ
07 August 2023
މިއީ އަބަދުވެސް ވެރިކަން ބަދަލުކުރަން އުޅޭބައެއް. މެމްބަރަކު ބުނިފަދައިން މީނަގެ ޑިމާންޑްތައް ފުއްދުމަކީ ވާނެކަމެއް ނޫން. ނިކަން ބަލާބަލަ. މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމާއި ޓްރާންސްޕޯޓު މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަމާއި އިމިގްރޭޝަނާއި އެމްޓީސީއާއި ފެނަކައޮތީ ބާރުގެ ދަށުގައި. ދެން އެހެންބަޔަކަށް އޮތީ ކޮންއެއްޗެއްތަ. އެކަމަކުވެސް މީނައަށް އިންސައްތައެއް ނުލިބުނޯ. އެއްޗެއް ލިބުނުނަމަ އެހެންމީހުން ތިބެންޖެހޭނީ ގޭގައިތާ! އަންތަރީސްވޭ!
ހއރނ
07 August 2023
އަނެއްކާމިއީ ކޮންރާއްޖެއެއްގެ އެޖެންޓެއްބާ؟ ރާއްޖެއިން އިތުރުއެއްޗެއްބޭނުންނުވާނީ އެހެންވެނޫންބާ!
މ. ފައިޞަލް
07 August 2023
ޤާސިމް ވިދާޅުވިޔަސް ޤަބޫލު ކުރަން ވަރަށް ދަތި. ޤާސިމްގެ ފްލައިމީގާ އަޅުގަނޑު ވަރަށް ގިނަ ދަތުރު ކުރިން. މަދު ފަހަރަކު ނޫނީ ކޮންފާރމް ކޮށް ނަގައިފައިވާ ޓިކެޓަށް ބަދަލެއް ނައިސް ދަތުރު ނުކުރެވޭ. ގެސްޓަކު އަންނައިރަށް އަޅުގަނޑު އެހެން ފްލައިޓަކަށް ބަދަލު ކޮށްލަނީ. މިހާރުގެ ކުދިން ބުނާގޮތަށް ދަންނަވާނަމަ ދެންނެވޭނީ ވޯޓުހޯދަން ގެސްޓުން ގާތަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން ދެވަނަ ނުވަތަ ތިންވަނަ ދަރަޖައަށް ލާފައި ވޯޓުހޯދަން ދުރުވީމާ ކަޑަ ދެއްތޯ
ރަމަ
07 August 2023
ދެންކީއްކުރަންތޯ ވެރިކަމާ ތިތޮޅެނީ! މަނިކުފާނު ކަމަކުނުދޭ ވެރިކަމަށް ގެންނަން.
ވަރަބިންދާލި
07 August 2023
ތަރިބުރައިގެން އެދިއައީ . އިތުރަށް ދޭނެ އެއްޗެއްނެތް ގައުމޭކިޔާ ތޮށިގަޑެއް އޮތް ތަނެއްގަ ހޯދަން އުޅުނަސް ނެތް އެއްޗެއް ނުލިބޭނެ . ހުރިހާއެއްޗެއް ގައުމުން ކުރިން ދީފަހުރިއިރު . އިތުރަށް ބޭނުންވެގެން އުޅޭނަމަ ދަރަންޏާހަވާލު ވާން ޖެހެނީ .
ޕޫރުބެ
07 August 2023
ކޯންޗެއް ގައުމުން ނުލިބެނީ؟ ކޯންޗެއް ގައުމުގަ އޮތީ؟ ކޯއްޗެއް ގައުމުގެ ދަރިންނަށް ދެން އޮތީ؟ ކޯއްޗެއް ގައުމުގެ މުސްތަގުބަލަށް އޮތީ؟