29 ސެޕްޓެމްބަރ 2023 - 11:22
އިންޑިޔާ ސަރުކާރުން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ހަދިޔާ ކުރީ އޭރުގެ ސަރުކާރުތަކުގައި ކަމަށާއި، އެ އުޅަނދުތައް އޮޕަރޭޓު ކުރަން އޭރު ގެނައި އިންޑިޔާގެ ސިފައިންގެ އަދަދަށް ވެސް އަދި އަދާކުރާ ރޯލަށް ވެސް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަވައްޓެރި އިންޑިޔާ އާ އެކު އޮންނަ ގުޅުމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ ސީރިއަސް ތުހުމަތުތަކެއް އަމާޒުކުރަމުންނެވެ. ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުވެ ތިބި ކަމަށާއި ރާއްޖޭގެ ސިޔާދަތީ ބާރުގެ މައްޗަށް އިންޑިޔާއިން ވެރިވެގެންވާ ކަމަށް ދަނީ ތުހުމަތުކުރަމުންނެވެ.
އެ ތުހުމަތުތަކާ ގުޅިގެން "މިހާރު" އަށް ދެއްވި އިންޓިވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި އަދި ދެވަނަ ހެލިކޮޕްޓަރު ގެނައީ 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ.
"ރާއްޖެއަށް ފުރަތަމަ އިންޑިޔާއިން ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު، ރައީސް ނަޝީދު ވެރިކަމުގައި. އޭރު ސޮއިކުރި ލިޔުމެއްގައި އެ އޮތް މިންވަރަކަށް އެ ތިބި ބަޔަކު 2011 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެ ހެލިކޮޕްޓަރެއް ބަލަހައްޓަން ރާއްޖޭގައި އެބަ ތިބި،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ހެލިކޮޕްޓަރުތަކާއި މިދިޔަ ސަރުކާރުގައި މަތިންދާބޯޓު ގެންނަން ސޮއި ކުރި އެއްބަސްވުންތަކާއި އެ އެއްބަސްވުންތަކުގައި ހިމެނި އެއްވެސް މާއްދާއަކަށް ވެސް މި ސަރުކާރުން ބަދަލެއް ގެނެސްފައެއް ނުވާނެ އެވެ.
2011 ވަނަ އަހަރުން ފެށިގެން ތިބި ބަޔަކު ތިބީ. ހެލިކޮޕްޓަރު ވެސް ބަދަލެއް ނުވޭ، ތިބި މީހުންގެ އަދަދު ބަދަލެއް ނުވޭ. ބަދަލުވީ ސަރުކާރުތައް - ޝާހިދު
އެހެންކަމުން، އޭރު އެ އުޅަނދުތައް ބޭނުންކުރީ ބަލިމީހުން އުފުލުމާއި ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކަމަށް ވާނަމަ، މިހާރު ކުއްލި އަކަށް އެކަން ގޯސްވާންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކުން ބޭރުގެ އެކި ގައުމުތަކުގެ އަސްކަރިއްޔާ އާ ގުޅިގެން އަސްކަރީ ތަމްރީނުތަކާއި ސަލާމަތީ ހަރަކާތްތައް އަބަދުވެސް ހިންގާ ކަމަށެވެ. އަދި އެ ގައުމުތަކުގެ އަސްކަރީ ވަސީލަތްތަކުގެ އެހީތެރިކަން ހޯދުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި އެ ކަންކަން ކުރާ އުސޫލު ކަމަށް ވިދާޅުވި އެވެ.
އެއާ އެކު އިންޑިޔާގެ އަސްކަރީ އުޅަނދުތަކެއްގެ އެހީތެރިކަން ހޯދުމުގައި އެއްވެސް ސަރުކާރަކުން ގޯހުން ކަމެއް ކޮށްފައިވާ ކަމަށް ޝާހިދު ގަބޫލެއް ނުކުރައްވަ އެވެ.
"އޭރު ކުރަމުން އައި ކަމެއް ރަނގަޅު ވެފައި، ސަރުކާރު ބަދަލުވީމާ އަޅުގަނޑުމެންގެ ބޮލުގައި އެކަން އަޅުވައި ތުހުމަތުކޮށް މި ކަންކަން ކުރުމަކީ ދެކޮޅު ނުޖެހޭ ކަމެއް ނޫންތޯ. އެއްވެސް ކަހަލަ ހަގީގަތެއް ނެތް، ދައްކާނެ ވާހަކައެއް ނެތުނީމަ، ދޮގު ހެދުމުގެ ބަދަލުގައި ފިތުނަ ފެތުރުމުގެ ބޭނުމުގައި ކުރަމުންދާ ކަންކަން އެއީ،" މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުގައި މި ކަންކަމުގައި އަމަލީ ގޮތުން އުޅުއްވައި، ހަގީގަތް ރަނގަޅަށް އެނގިވަޑައިގެން ތިއްބެވި ބޭފުޅުން، މިހާރު ނުކުންނަވައި ކަނޑައެޅިގެން އިތުރުފުޅު ހައްދަވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ޝާހިދު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގުތަކުގެ "މަޅީގައި" ޖެހުމަށް ވުރެ ދިވެހި ރައްޔިތުންގެ "ވިސްނުން މާ ތޫނުވާނެ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމު
29 September 2023
ކަމުގެ ހަގީގަތް: އިންޑިއާގެ އެހީގައި ރާއްޖެއައް އެތެރެކުރަން އުޅޭ އެތައް ބައިވަރު ޑްރަގު މިހާތަނައް އަތުލައިގެންފި. އެހެންވީމާ ވަކި ބަޔަކަށް ލިބޭ އާމްދަނީ މަދު ވެގެން މިއުޅެނީ!. މީ އަސްލު ވެގެން އުޅޭ ގޮތަކީ. އަނެއްކޮޅުން، ކީއްވެ ޝާހިދުމެންނައް ނުބުނެވިގެން މިއުޅެނީ ކިހާއަދަދެއްގެ އިންޑިޔާގެ އަސްކަރިއްޔާގެ މީހުންތޯ މިތާތިބީ؟ ހަދާފަ އޮތް އެގުރީމެންޓެއްގެ ސަބަބުން ކަމައް ވަންޔާ ބުނެދީބަލަ އެއެގުރީމެންޓު ހެދީ ކާކުތޯ؟
2000
29 September 2023
ސާހިދު . ކޮން ކަމެއް 5 އަހަރު ތެރޭގައި ތިޔަ ކުރެވުނީ. ދިވެހިން ނުވެސް ދާ ގައުމުތަކުން ވިސާ ހޯދާ މަނިކުފާނު މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރު ކުރެވުނު ކަން ވީ. އަހަރެމެން މިތިބީ ފެއިލް ވެފައިވާ ސަރުކާރެއްގައި މުޑި ވިއްދާކަން ނޫން. ދެން ދުރުވޭ މަޖީދީ މަގުގައި މަސްރޮށި ފިހަން ހުންނަވަން، އާއިލާއަށް ވެސް ހުތުރު އަރުވަން އުޅޭ ސޮރެއް މިއީ
ކުރާށޭ
29 September 2023
އިންޑިއާ ސިފައިން މިގައުމުގައި އެބަތިބި އެކަން ކޮށްގެން އުޅެނީ މިސަރުކާރުން ރައީސް ޔާމީން ވެރިކަމުގައި ބާތިލް ކޮށްފައިވާ އެއްބަސްވުން އަލުން އިއާދަ ކުރީ މިސަރުކާރުންނޭ އެހެންވީމާ މިސަރުކާރު ނޫންތޭ ދެން މިސަރުކާރަށް މިކަމުން ރެކެވޭނެ ގޮތެއް ނޯންނާނެއޭ ނޯންނާނެއޭ އެއްބަސުވުން ގެޒެޓްކުރާށޭ
ދުމްމ
29 September 2023
އޮޅުވާލާ ދޮގު ހަދަނީ އިދިކޮޅުންނެއް ނޫން. ހަތިޔާރާއެކު އިންޑިއާ ސިފައިން ރާއްޖޭގަ ތިބި ވާހަކައެއް އިފިކޮޅަކުން ނުބުނޭ. ހެލިކޮޕްޓަރު ދުއްވަންވެސް ޑޯނިއަރ ދުއްވަންވެސް ޔޫޓީއެފްގަ ތިބީވެސް އިންޑިއާ އަސްކަރިއްޔާގެ ސިފައިންނޭ އިދިކޮޅުން ބުނަނީ. ސަރުކާރަށް ކެރެންޏާ މިކަން ދޮގުކޮށްބަލަ. އެގްރިމެންޓްތައް ވެސް ދައްކަބަލަ.
އެޑްމުންޑޯ
29 September 2023
ޝާހިދު ، ތިޔަބޭފުޅުންގެ އަޑިނޭގޭ ކަންތަކުގެ ވާހަކަ ދައްކަނީ މިހެންވެގެންނޭ ، އަބަދުވެސް ތިކިޔަނީ އެކައްޗެކޭ ، އެންމެ ފަހަރަކު މިވެނި އަދަދަދެއްގެ އިންޑިޔާ ސިފައިންނޭ ތިބީ ނުބުނެވިގެން ތިއުޅެނީ ކީއްވެ
އުދުހޭ
29 September 2023
ޝާހިދު މާބޮޑަށް ސޯލިހުވެގެން މިއުޅެނީ މަގާމު ގެއްލޭނެތީ، އަދި ފިރިހެން ދަރިފުޅަށް ޝާހިދުގެ މިނިސްޓްރީން ދީފައިވާ ބޮޑުމުސާރައިގެ ވަޒީފާވެސް ގެއްލޭނެތީ. 2 ދަރިންވެސް މިހާރު އެޕާޓްމަންޓް ގަނެފިޔޯ... ޝާހިދޫ މީތެދެއްތަ؟
އާހިލް
29 September 2023
މީ ވަރަށްފައްކާކަމެއްތާ މިދުވަސްވަރު މިދިމާވަނީ. ހެލިކޮޕްޓަރާއި ޑޯނިޔާ ފްލައިޓާއި އޭގެ ޕައިލެޓުން ގެނައީ ރައީސް ޔާމީން. މިހާރު ޔާމިންގެ ފޮޓޯޖަހައިގެންތިބި މީހުން މިޑޯނިޔާ ފްލައިޓާއި ހެލިކޮޕްޓަރަށް މިކިޔަނީ މިނިވަންކަމޭ. ހެޓިލަރބުނާހެން ދޮގުހަދާމީހާ ހަދާދޮގު ގިނަވެއްޖެއްޔާ އެދޮގުހަދާމީހާއަށްވެސް ޔަގީންވާނެ އޭނާހަދަނީ ތެދޭ
މޭމާ ހައްސާނު
29 September 2023
މީ ވަރަށްފައްކާކަމެއްތާ މިދުވަސްވަރު މިދިމާވަނީ ބުންޏަސް އޮޅުވާ ނުލެވޭނެ ހަގީގަތެއް މި އެއްބަސް ވުންހެދީވެސް އަންނި އިރު. 3 މަހުން ދިވެހި ދިފައިން ޓްރެން ކުރާނަމޭ ކިޔާފަ ނުދިޔައީ. ނުދިޔައިމާ ޔާމީން އެއްބަސް ވުން އުވާލާ ވިސާ ކެންސަލް ކުރީ ދެންވެސް ނުދިޔަ ދެން އެމީހުން އުޅޭ ތަނުން ކަރަންޓް ކަޑާލީ ދެންވެސް ނުދިޔަ. ދެން ވެރިކަން ވައްޓާލަން އެމީހުން ހިފީ. އެމީހުން ބޭނުންވަނީ މިތާ އެމްޑީޕީ ވެރިކަމެއް ބާއްވަން އޭރުން މިތާ އެމީހުންނައް ތިބެވޭނީ
މީނަ ހިފަހައްޓަން
29 September 2023
މިސޮރު ހިފައްޓަން ޖެހޭނެ އަދި އިންސާފުގެ ކުރިމައްޗައްގެންނަންވާނެ
ބޮޑުމީހާ
29 September 2023
އެކަމަކު ސަރުކާރު ވަކީލުން ހައިކޯޓުންނާއި ސްޕްރީމްކޯޓުން އެދުވަނީ ސިފައިން ތިބި އަދަދު ހާމަނުކުރަން. އެއްބަސްވުންތައް ހާމަނުކުރަން. ދައްކާ ވާހަކަާއި އަމަލު ދިމާކުރޭ
މުހަނުބެ
29 September 2023
އިންޑިއާ އައުޓު. ބާރަތު އައުޓު.!