ފެލިދޫ ކައުންސިލް އިދާރާ.-- ފޮޓޯ: އައިލްސް
05 ނޮވެމްބަރ 2023 - 16:18
ލޯކަލް ކައުންސިލްތަކުން ހިދުމަތް ދިނުމުގައި އެއްވެސް މީހެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެ ގޮތަށް ނިންމުންތައް ނިންމަން އެލްޖީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.
ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިދަރިންނަށް ހިދުމަތް ނުދޭން ނިންމުމުން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުން ނެރުނު ބަޔާނުގައި ބުނީ ކައުންސިލްތަކުން ހިދުމަތް ހޯދުމަށް ފަހު ގަވައިދުން ފައިސާ ނުދައްކާތީ ކަންބޮޑުވާ ކަމަށެވެ.
ކައުންސިލްތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކަމުގެ ސަބަބުން މާލީގޮތުން ގޮންޖެހުންތައް ކުރިމަތިވިޔަސް، ކައުންސިލްތަކުން ހަދާ ގަވައިދުތަކާއި ކަންތައްތައް ނިންމަންވާނީ ގާނޫނުއަސާސީން ލިބޭ އަސާސީ ހައްގަކަށް އުނިކަން ނާންނާނެ ގޮތަށް ކަމަށް ވެސް ބުންޏެވެ.
"ރަށެއްގެ ރައްޔިތުން އެއަށް އަމަލުކުރުމަށް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރު ލިބިގެން ނިންމޭ ނިންމުމަކަށެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަމަކީ ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާ އަސާސީ އަދި އާއްމު ހިދުމަތްތަކެއް ކަމުގައިވާއިރު، ކައުންސިލް އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރެވޭނީ ގާނޫނު އަސާސީއާ ހިލާފުނުވާނެހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމަށް ބާރު ލިބިގެންނެވެ." ބަޔާނުގައި ބުންޏެވެ.
ފެލިދޫ ކައުންސިލުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ، އެ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ކައުންސިލް މެދުވެރިކޮށް ހިދުމަތްތައް ނުދޭން ނިންމާފައިވާ ކަމަށެވެ.
އެ ފައިސާއަކީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިންތައް ކުއްޔަށް ނެގުމަށް ފަހު ދައްކަންޖެހޭ ކުއްޔާއި ހިދުމަތްތައް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާ އެވެ.
އެލްޖީއޭއިން ބުނީ ކައުންސިލާއި އަމިއްލަ މީހަކާ މެދު ކުރާ މަދަނީ މުއާމަލާތެއްގެ ތެރެއިން އެ ފަރާތުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ގާނޫނަކުން ނުވަތަ ގަވައިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް މީހަކާ މެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމަށެވެ.
އޭގެ އިތުރުން، ކައުންސިލަކާއެކު ވާ މަދަނީ މުއާމަލާތެއްގެ ސަބަބުން އެ މީހަކު އަދާކުރަންޖެހޭ ކަމެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމަކުން ވަކި ފަރުދަކާމެދު ފިޔަވަޅު އަޅަންވާނީ އެ ފަދަ މުއާމަލާތަކާއި ގުޅިގެން ހަދާ އެއްބަސްވުމުގައި ބަޔާންކުރާ ނުވަތަ ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެ، އެފަދަ ކަންކަމުގައި އެ މުއާމަލާތުގައި ނުހިމެނޭ އެކިއެކި ފަރުދުންގެ މަދަނީ ހައްގެއް ހިފެހެއްޓުމަކީ ކައުންސިލްތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.
"ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުމުގައި އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެހެން، ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެހެން ނިންމުންތައް ނިންމުންތައް ލޯކަލް ކައުންސިލްތަކަށް އިލްތިމާސްކުރަމެވެ. އަދި އެއްވެސް ރައްޔިތަކު އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ނިންމުމެއް ކައުންސިލަކުން ނިންމެވުމުގެ ކުރިން އެކަންކަމަށް ބޭނުންވާ މުނިސިލް ގަވައިދުތައް ކައުންސިލްތަކުން ފާސްކޮށް ގެޒެޓުކުރުމަށް ދަންނަވަމަވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބުލާ
06 November 2023
އެހެންވީމާ ކަރަންޓްފީ ނުދެއްކިއަސް ކަރަންޓް ކަނޑައިގެން ނުވާނެ، އެވެސް އަސާސީ ހައްޤެއް
ލުތުފީ
06 November 2023
ރަށު ކައުންސިލް ތަށްވީމަ ވަކި ތަފާތުވަނީ ކީއްވެތޯ! ކަރަންޓް ބިލް ނުދެއްކީމަ، ސްޓެލްކޯ އިން އެބަ ކަރަންޓް ކަނޑާލާ. ފެންބިލް ނުދެއްކީމަ، ފެންކަނޑާލާ. ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކީމަ، އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް. މީ ކޮންކަހަލަ އުޞޫލެއް. އަގުނަގާ އެއްވެސް ޚިދުމަތެއް، ހޯދާފިއްޔާ އެއަށް ފައިސާ ދައްކަންޖެހޭނެ.
ފައިޞަލް މ
05 November 2023
ފައިސާ ނުދައްކާނަމަ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޝަރުއީ ގޮތުން ކުރިއަށް ދާންޖެހޭނީ. އެކަމާއި އެހެން މުއާމަލާތަލާއި އަދި ޚާއްޞަކޮށް އެހެންމީހަކަށް ފިޔަވަޅު ނޭޅޭނެ. މިސާލަކަށް ސަރުކާރުގެ އިދާރާއަކުން އާއްމު ފަރުދަކަށް ލިބެންޖެހޭ އެއްޗެއް ނުލިބޭނަމަ ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި ހުރެވިދާނެތަ؟
އޮނަރަބްލް އަފީފު ދީދީ
05 November 2023
މިފަދަ މަޝްރޫޢުތަކަކީ ނާޖާއިޒްކޮށް ދައުލަތުގެމުދާ ބޭނުންކުރަން ހުޅުވާފައިވާ ދޮރެއްކަށްވާތީ، ގޯތިގެދޮރާއި ބިމާއިބެހޭ ޤާނޫނުހަދާ، ރައްޔިތުމީހާ ހޯދާ ފުރަތަމަ ބިން/ފުލެޓުން ޓެކްސްފްރީކޮށް އޭނާމިލްކްކުރާ 2 ވަނަ ގޯތި/ފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެފުލެޓަކާއި ބިމުން %100 ޓެކްސް ނަގަންނިންމާ ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމަށް ދޮގުމައުލޫމާތުދީ އެކަމަށްއެހީތެރިވުމަކީ ޖިނާޢީކުށަކަށް ޤާނޫނަކުން ކަޑައަޅަން މަޖިލީހަށާއި ސަރުކާރަށް ލަފާ ދެއްވާ.
ނަލަފެހި
05 November 2023
އަހަރެންވެސް ތާއީދު ކޮއްމެ މީހަކު ނިދާކޮޓަރި ނޫން އިތުރު ކޮޓަރިއެއް ހުރިއްޔާ އެތަނުން ޓެކުސް ދައްކަން ޖެހޭ ގޮތެއް ހަދަންވީ.
ގަމާރުލް އަފީފުދީދީ
07 November 2023
ބަލަ ކަލޭ 24 ގަޑިއިރު ކަމަކީ މިހާރު ނޫހަށް ކޮމެންޓްކުރުންތަ؟ މީދެން މާމޮޅު މީހެކޭ. ހަރާމޭ ކަލޭތީ ތަނެއްދޮރެއް ދަންނަމީހެއްނޫން.
އޮނަރަބްލް އަފީފު ދީދީ
05 November 2023
ވ. ފެލިދޫ ކައުންސިލުން ނިންމި ތިނިންމުމަކީވެސް އައިރު ޤާނޫނީ ނިންމުމެއް. ޢަދި ބޭރުގެ މާލީއިދާރާތަކުން އެތައްބިލިޔަން ޑޮލަރުގެ ދަރަނިނަގައިގެން ދައުލަތުގެކުންފުންޏަކުން ތަރައްޤީކޮށްފައިވާ "އެކުންފުނީގެ މިލްކްވެރި ބިންތަކެއް" އުސޫލުތަކުގެ ބޭރުން ސަރުކާރަށްނަގައިގެން "މާލޭމީހުންނަށް ގޯތިދިނުމުގެ ނަމުގައި" ކ.އަތޮޅު މާލޭގެ ޤާނޫނީ އެތައްހާސް ރަށްވެހިން (ދަފުތަރު މީހުން) ބާކީކޮށް މިސަރުކާރުން ހިންގިއަމަލަކީވެސް ދައުލަތުގެ ޤާނޫނުއަސާސީއާއި ޙިލާފު ކަމެއް.