ދިރާގުގެ "ޓަސްލާފަ ޓެސްލާ" އެއް ޕްރޮމޯޝަނުގައި ދޭ ޓެސްލާ ކާރު ރާއްޖެއަށް ގެނެސްފި އެވެ.

މިއީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30 އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

ނަސީބުވެރިޔާއަށް ދޭން ގެނައި ޓެސްލާ މޮޑެލް 2ގެ ހުދު ކުލައިގެ ކާރު މިއަދު ވަނީ ދިރާގު ހެޑް އޮފީހަށް ގެނެސްފަ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވުމަށް ދިރާގު ވެބްސައިޓުގައި ހިމެނޭ "ވިން އަ ޓެސްލާ" ލިންކުން އެންރޯލް ކުރަން ޖެހޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ކާރު ލިބޭ ނަސީބުވެރިޔާ ހޮވަން ގުރުއަތު ނަގަން ހަމަޖައްސާފައިވަނީ އަންނަ ޖޫން މަހު އެވެ.