ރައީސް ޑރ. މުއިއްޒު، ގައްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު (ވ) އާއެކު.
21 އެޕްރީލް 2024 - 22:47
ވާދަވެރި ގދ. ގައްދޫ ދާއިރާ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އަދި މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވާ އެންމެ ނުފޫޒު ގަދަ މެމްބަރު އަހުމަދު ޒާހިރު ބަލިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ، މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރައްވައިފި އެވެ.
އެ ދާއިރާއަށް ހަތަރު ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މުހައްމަދުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ސައީދާއި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އަހުމަދު ޒާހިރު އަދި އަމިއްލަ ޓިކެޓުގައި ވާދަކުރެއްވި އަހުމަދު ޝަހުބާދެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު އެ އިންތިހާބު ކާމިޔާބުކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުހައްމަދު 906 އަށް ވުރެ ގިނަ ވޯޓު ހޯއްދެވި އެވެ. އޭނާއާ ދެން ވާދަކުރެއްވި ސައީދަށް ހޯއްދެވުނީ 767 ވޯޓެވެ.
ގައްދޫ ދާއިރާގެ ގޮނޑި ކުރިން ފުރުއްވި ގައްދޫ ޒާހިރުގެ ދަރިކަލުން އަދި ނުފޫޒު ވެސް ގަދަ އަހުމަދު ޒާހިރަށް ކާމިޔާބު ކުރެއްވުނީ 386 ވޯޓެވެ. އަދި ޝަހުބާދަށް ލިބުނީ 364 ވޯޓެވެ.
ސައީދަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ، އޭނާގެ އުފަން ރަށް، ވާދޫންނެވެ. އެ ރަށުން ސައީދަށް 260 ވޯޓު އަދި މުހައްމަދަށް 104 ވޯޓު ލިބިވަޑައިގެންނެވި އެވެ.
އެއީ 8 ފޮއްޓަކުން ލިބުނު ނަތީޖާ އެވެ. ނަތީޖާ ނުލިބޭ އެހެނިހެން ދާއިރާތައް ހިމެނެ އެވެ. ނަމަވެސް، އެ ފޮށިތަކަށް ވޯޓު ލީ މީހުންގެ އަދަދު، މިހާރު އެންމެ ކުރީގައި އުޅުއްވާ ދެ ބޭފުޅުންގެ ވޯޓުގެ ފަރާގަށް ވުރެ މަދުވުމުން، އެ ގޮނޑި މުހައްމަދު ވަނީ ކަށަވަރު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާދޫ ދޮންބެއްޔާ
22 April 2024
އަލްހަމްދުލިﷲ. ވާދޫ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އުފާވެއްޖެ ސައީދު ނުހޮވުނީމަ. އޭނަ ހޮވުނަމަ އަހަރުމެންނަށް މިރަށުގަ އުޅެން ނުކުޅަދާނަވީސް.
އަފްރާސިޔާބު
23 April 2024
ސައީދަށް ދެރަވާނެތަ؟ ސައީދު މަސައްކަތެއް ނުކުރޭ ހިވޭކަށްވެސް. ހޮވުނަސް ނުހޮވުނަސް ސައީދަށް މަދުވާ އެއްޗެއް ނެތް.
ޒީރޯ މަރިހަބާ
22 April 2024
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު މީ ޕީއެންސީ ޕްރައިމަރީގައި ވާދަވެސް ނުކުރޭ .ޓިކެޓް ހަވާލުކުރީ ބޮޑުބޭބެ.
އެ ސޮރު ގައްދޫ
21 April 2024
ތި ގޮނޑި ކާމިޔާބު ކުރުމުގެ ފަހަތުގަ ހުރީ ކުޅަދާނަ ހިތްވަރު ގަދަ، މަސައްކަތު ރޭޓް ރައީސް ނަޝީދު ފަދަ ބޭފުޅެއް، އެ ބޭފުޅަކީ ޑރ. އިސްމާއިލް ޝަފީއު. އެ މނިކުފާނުގެ ކެތްތެރިކަމާއި ދުރު ވިސްނުން. މަރުހަބާ މިނިސްޓަރ ، މަރުހަބާ މުހައްމަދު އަލީ
ރުކުމާނު
22 April 2024
ތި ގޮނޑި ކާމިޔާބުވީ ވާދޫ ޒެޑް ކުރި ބުރަ އަދި މިންނެއް މަސައްކަތުން.