އޭސީސީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
14 މެއި 2024 - 12:13
ދައުލަތަށް އަނބުރާ ހޯދަން އެންގި 50،370،521ރ. މިލިއަން ރުފިޔާގެ ތެރެއިން މިދިޔަ އަހަރު ހޯދުނީ 234,531ރ. ކަމަށް އޭސީސީން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ދައުލަތަށް އަނބުރާ 50،342،542ރ. ހޯދަން މިދިޔަ އަހަރު އެންގި އެވެ. އެކަމަކު، އޭގެ ތެރެއިން ހޯދިފައިވަނީ 181،352ރ. އެވެ. ދެ ވަނައަށް އެންމެ ގިނަ ފައިސާ ހޯދާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެއީ 29،120ރ. އެވެ. ރަށު ކައުންސިލްތަކުން ވެސް 13،559ރ. އަނބުރާ ހޯދާފައިވެ އެވެ.
އޭސީސީ އަށް މިދިޔަ އަހަރު 1،151 މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން 650 މައްސަލައެއް ރަޖިސްޓްރީކުރިއިރު، ރަޖިސްޓްރީނުކޮށް 501 މައްސަލަ ދޫކޮށްލި އެވެ. އޭގެ ތެރެއިން ދައުވާކޮށް، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 16 މައްސަލައެކެވެ. އެ މައްސަލަތައް 29 ފަރާތަކަށް ރައްދުވެ އެވެ.
ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގައި 4.7 މިލިއަން ރުފިޔާ ހިމެނެ އެވެ. އޭގެ ތެރެއިން ދައުލަތަށް 4.5 މިލިއަން ރުފިޔާ ލިބެންޖެހެ އެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތަކަށް ރައްދުވާ މައްސަލަތަކެވެ. އެ ތަންތަނަށް 209 މައްސަލަ ހުށަހެޅި އެވެ. ދެ ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަކްސްޓްރަކްޗާއާ ގުޅޭ މައްސަލަތަކެވެ. އެ މިނިސްޓްރީއާ ގުޅޭގޮތުން 190 މައްސަލައެއް ހުށަހެޅި އެވެ.
ޑިއުޓީ ޕްރޮސެކިއުޝަނަށް 61 މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކުގައި 446,300,754 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުކުރެވޭނެ
15 May 2024
50!މިލިޔަން ހޯދަން އަނގައިގެން ހޯދުނު އަދަދު ހާމަވިމުން އެބައެނގޭުއައްސަސާތަކުން ތިކަމަށް ކުރި މަސައްކަތް. މިކަމުން އެނގެނީ ތީޔައިންނތަނަކުން މަދުވި ފައިސާއެއް ހޯދަން އެތަނަކަށް އަނގައިގެން ކުރާނެ ފައިދާއެއް ނެތްކަން. ކުރީ ސަރުކާރުން އުފެއްދި ޕޮންޕަންޕިން ކޮމިޝަނެއް ހަދައިގެން މި ފަހަރު ތިންކަން ޕޭ ކޮމެިޝަނެއް ހަދައިގެން ކަންނޭގެ ތިފައިސާހޯދޭނީ. ކުރިޔަށް ނުކަމޑާނެ ފައިސާގެނމައްސަލަތަކެއް މިޤައުމުގައެއް. ހުސް ރިޝްވަރު
ކޮމިޝަން
14 May 2024
ތިޔަ ކޮމިޝަންތަށް އުވާލައްވައިފިނަމަ ދައުލަތުގެ ޚަރަދު އިންތިހާއަށް ކުޑަވާނެ. ކޮންމެހެން ކޮމިޝަން ހަދާފަހުރެގެން ވާކަމެއްވެސް ނެތެވެ.
ދުރު
14 May 2024
ކޮމިޝަންތައް ބޮޑުސަކަރާތްގަނޑަކަށްވެއްޖެއެވެ. މަޖްލިހުންރުހުންހޯދައި ބިރެއްނެތިހުވާކުރަނީއެވެ. ވާކަމެއް ނުވާކަމެއް އެނގެނީއްޔެއްނޫނެވެ. މާލއްޔާހުސްވެ، ރައިއްޔަތުންހަނާވުންނޫންގޮތެއްނެތެވެ.
ސަންޑޭ
14 May 2024
ފަންސާސް މިލިއަން ހޯދަން ބާރަ މިލިއަން ޚަރަދުކޮށްގެން ދެލައްކަ ރުފިޔާ ލިބުން ތިއީ ބޮޑު ޖޯކެއް ނޫންތަ. ތި ކޮމިޝަން އުވާލާ.
މިއައު
14 May 2024
ހަޔާތުގަ ބޭކާރު އިހްސާސް ކުރެވޭނަމަ ރާއްޖޭގަ އޭސީސީއާއި ފުލުހުންނާ އަދި އިންސާފުގެ ނަމުގާ ކޯޓުތަކެއް ހުންނަކަން ހަނދުމަކޮށްލާ
ފޫހި
14 May 2024
އެއްކަލަ ފުލެޓުކޮމެޓީދޯ މީ
ކޮރަލް
14 May 2024
ބާކީނުލިބި ހުރި ފައިސާ ހޯދަން އެހެން ބަޔަކަށް ވަޒީފާ ދޭން ވީ އެވެ.
ކަށީގެ ފަރުވާ
14 May 2024
އޭސީސީ މީ ބޭކާރުބައެއް އެއްއިރެއްގަ އެއްކަމެއްވެސް ކުރެވުން ބައެއްނޫން. 2008 ގަ ހުޅަނގު ރުއްސަން ހެދުނު މިކަހަލަ ހުރިހާ ޖަމީއްޔާތަކެއް އުވާލަން ގޮވާލަން.
ކޮރަޕްޝަން ކޮމިޝަން
14 May 2024
އޭ.ސީ.ސީ އޮފީސް އިމާރާތުގެ 1 މަހުގެ ކުއްޔަށްވެސް 2ލައްކަ ރުފިޔާ އަރާ. #ބޯހަލާކް
ނޫޅެން
14 May 2024
ދެން ކިޔެއްތަ ތިޔާ ކުރަނީ ކުދިންނޭ!! މިދިޔަ އަހަރު ތިމީހުންގެ މުސާރައަށް ކުރި ޚަރަދަށްވުރެ ހޯދުނު ފައިސާ މަދު. ރަނގަޅުކޮށްލާ!! މިހާރު ވަރަށް ލަދް