އަހަރެމެން އަންހެނުންނަށް ކަމުދާނެ ސެންޓެއް ހޯދުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. އަންހެނުންނާއި ސެންޓާ އޮންނަނީ ވެސް ވަރަށް ހާއްސަ ގުޅެމެކެވެ. އެހެންވެ، ކަމުދާ ސެންޓެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.
އަންހެނަކަށް ސެންޓު ގަންނައިރު އެމީހަކަށް އެންމެ ކަމުދަނީ ކޮންކަހަލަ ވަސްތަކެއްތޯ ޔަގީންކުރަން ޖެހެ އެވެ. އެންމެ ބޮޑަށް ކަމުދަނީ ފްލޯރަލް ނުވަތަ މަސްކީ ވަހެއްތޯ ބަލާށެވެ. އަދި ބޮޑަށް ކަމުދަނީ ގިނައިރު ވަސް ހުންނަ ނުވަތަ އެ ވަގުތަށް ތިމާއަށް ކަމުދާ ކަހަލަ ވަހެއް ހުންނަ ސެންޓެއްތޯ ބަލާލުން ރަނގަޅެވެ.
މިއީ "ވޯގު" މަޖައްލާގައި ބުނެފައިވާ ގޮތުން އަންހެނަކު ގަންނަން އެންމެ ކަމުދާނެ ފަސް ސެންޓެވެ.
ޑިއޯ ޖެޑޯ
ރަންކުލައިގެ މައްޗެއް ޖަހާފައި ހުންނަ މި ސެންޓު ފުޅިން ދުވަނީ ފޮނި، ފްލޯރަލް ވަހެކެވެ.
ޝެނެލް
ކްލެސިކް ފްލޯރަލް ވަހަށް ގަޔާވާ މީހުންނަށް މި ވަސް ވަރަށް ކަމުދާނެ އެވެ.
ކްލޯއީ (ވެނީލާ ޕްލެނިފޯލިއާ)
ވެނީލާ ވަހަށް ލޯބި ކުރާ މީހުންނަށް މި ސެންޓު ސަޅިވާނެ އެވެ.
ލިއުމި ދިރިސް (ވެރޮނިކް ގަބާއީ)
މީގެން ދުވާނީ ފްރެެޝް ވުޑް ކަހަލަ މަޑު ވަހެކެވެ.
ޑެއިޒީ (މާކް ޖެކޮބްސް)
ފޮނި ފްލޯރަލް ވަސްތަކަށް ގަޔާވާ މީހުންނަށް މި ވަސް ކަމުދާނެ އެވެ.