އާދައިގެ ރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރިން ކުރިއަށް އޮތް ތަނުގައި އިތުރަށް ފެންނަމުންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރަައީސް ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސއަވެރިން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިއަށް އޮތް ތަނުގައި ދާނީ ފެންނަމުން ކަމަށެވެ.
"މި ސަރުކާރު ކުރިއަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓު ވަކި ބޭފުޅަކަށް ސީދާ އަމާޒު ނުކުރެއްވި ނަމަވެސް، އެހެން ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު އޮތީ އަމަލުކުރެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވެ، ބައެއް ރިސޯޓުތަކުގެ ވެރިން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގައި 8 ރިސޯޓު ހިންގާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ކަމަށްވާ ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވަނީ މި ގަވައިދު ބަދަލުކުރަން އެދިވަޑައިގެންފަ އެވެ.