ރައީސް އިންނަމާދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
22 ޖެނުއަރީ 2025 - 22:30
އޮޑިދޯނިފަހަރު ބަންނަ މީހުންނަށް ލޯނު ލިބުމުގައި ދަތިތަކެއް ހުރުމުން އެމީހުންނަށް އެއްވެސް އިންޓްރެސްޓަކާ ނުލައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އޮޑިދޯނިފަހަރު ބަނުމުގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ، ރ. އިންނަމާދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި އެ މަސައްކަތް ކުރާ މީހުންނާ ބައްދަލު ކުރައްވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން.
އެ ބައްދަލު ކުރެއްވުމަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ ރަށުގެ މާވަޑިންގެ ކަންބޮޑުވުމަކީ ފައިސާ ހޯދުމުގައި އޮތް ދަތިތައް ކަމަށެވެ. އެހެންވެ، ލޯނުގެ އިންތިޒާމު ހަމަޖެއްސުމަށް ވައުދުވެވަޑައިގަތެވެ.
"ލުއި ގޮތެއްގައި ރަހުނަކާ ނުލައި ނެގޭ ލޯނު ނެގޭނެ ގޮތް ބޭންކިން ނިޒާމުގެ ތެރެއިން ހަމަޖައްސައިދެއްވާނަން. އޭރުން މި އިންޑަސްޓްރީގައި މަސައްކަތްކުރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އަދި މިއަތޮޅުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް އިންޑަސްޓްރީ ފުޅާކުރަން ފުރުސަތު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޮޑިދޯނި ބަނުމުގެ ދާއިރާ ހާއްސަ ކުރަން ބޭނުންފުޅު ވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އަދި މި ދާއިރާއަށް ޒުވާނުން ވަނުމަށް އޮތް ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް، އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ބަޔަކު ބައިވެރިވަނީ
އެ ދާއިރާއިން ސަރުކާރުގެ އެކި މަޝްރޫއުތައް ދިނުމުގައި ވެސް އިސްކަން ދޭނީ ދިވެހިންނަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު މި ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު މަދުކަމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ވަނީ އިންނަމާދޫގައި މި ދާއިރާއިން މީހުން ތަމްރީނު ކުރުމަށް މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ރަށަށް ދިމާވެފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ އިންނަމާދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް މިމަހުގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ. އަދި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އާއި ސްކޫލު އިމާރާތުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ކުޅިވަރުގެ ދާއިރާއިން ވެސް އެ ރަށަށް ތަރައްގީ ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
23 January 2025
'އެއްވެސް އިންޓަރެސްޓަކައި ނުލައި ލޯނު' މިއީ 'ލޯނު"ގެ އައު ކޮންސެޕްޓެއް ކަމަށް ބެލެވެއެވެ. އިސްލާމީ އުޞޫލުގައި "ޤަރުޟުޙަސަން" ކިޔާ އެއްޗެއް އޮވެޔޭ ކިޔައެވެ. އެއީ ދަރަނި ދައްކާޢިރު އަބުރާ އެއްވެސް މިންވަރެއް އިތުރު ކުރުމަކާއިނުލައި ދަރަނި ދިން މިންވަރަށް އަބުރާ ދެއްކުން ކަމަށް ކިޔައެވެ. ނަމަވެސް ކޮންވެސްޝަނަލް ލޯނުގައި އިތުރުނުވާގޮތަށް ދިނުމެއް ނޯވެއެވެ. ވިޔަފާރި އުޞޫލުން ކުރާ ކަންކަމާއި ދަރުމައަށް ކުރާ ކަންކަން ތަފާތުވާންޖެހޭ ނޫންހެއްޔެވެ؟
އަދަފަފަ
23 January 2025
ސޯލިހު ރަށްރަށް އަރާ އެދުނު ހުރިހާ ކަމަކަށް ވައުދުވަމުން ދިޔަގޮތަށް ރައީސްވެސް މިދަނީ ވައުދުވަމުން. ވީ ވައުދުތަށް އަދި ހަމަ ހުރިގޮތަށް ހުރީ
ރާއްޖެތެރެ ސޮރު
23 January 2025
އަނެއްކާ އަނެއް ލޯނު ނަގަންވީ، ބޭންކަށް ދާއިރަށް ބުނާނެ ބޭންކް ސްޓޭޓްމެންޓަށް ބަލާއިރު ލޯނު ނެގޭކަށް ނެތޭ. ދެނޯ؟
ކަލީމް
23 January 2025
ތިއީ ވަރަށް ހެއްވާ ކަމެއް. ވަކި ބަޔަކާ ބައްދަލުވީތީ އެމީހުންނަށް ރަގަޅުގޮތްތަކެއް ހަމަޖައްސާދިނުން. ރާއްޖޭގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރާބަޔަކަށް ފަސޭހައެއް ނޫން ލޯނެއް ހޯދާކަށް.
އިއްސެ ހަނީފް
23 January 2025
ވަޑިއެއްގެ ހައިސިއްޔަތުން ވަރަށްވެސް އުފާވޭ މި ކަމުގެ ސަބަބުން. މި މަސައްކަތުގެ ސަބަބުން މާލީ ބުރަތައް ކުޑަވެ ވިޔަފާރި ކުރިއެރުމަށް އިތުރު ހިތްވަރެއްލިބި ވަޑިންނަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެއެވެ.
ޖީހާން މުހައްމަދު
23 January 2025
މިއީ އޮޑި ބަންނަން ބޭނުންވެ ނުބަދެވި ތިބި މީހުންނަށް ވަރަށް އުފާވެރި ހަބަރަކަށް ވާނެ
ވާހަކަ ކިޔާދޭ މީހާ
23 January 2025
އާދެ މިއަދު އަޅުގަނޑު ކިޔާދޭ ވާހަކައިގެ ނަމަކީ ދޯނި ބަނުން. އަޑު އައްސަވާ...
ލަސް
23 January 2025
ރަށްފުށު މީހުން ތިބުނާ ލޯނުނަގައިގެން އޮޑިދޯނިފަހަރު ބަދެފަ މިލިއަނުން މަތިން ވިއްކާފަ ތިބޭނީ ލޯނުނުދައްކާ "އަނގަޔާއި އަތާއި ދިމާނުވެގެން". ހުރިހާ ބުރައެއް ރައްޔިތުންގެ ޓެކްސް ފައިސާއަށް.
ރަންބުއްދި
23 January 2025
ރައީސްއެވެ. ތިގޮތަށް ކޮންމެ ރަށެއްގައި މަސައްކަތް ކުރާ މީހުންނަށް ލޯން ދޭންޖެހޭ ނަމަ ލޯނު ދޭނެ ހާދަ ގިނަބަޔަކު އެބަތިއްބެވެ. ދަޑުވެރިކަން ކުރާމީހުންނާއި، ވަޑާންކުރާ މީހުންނާއި، އިމާރާތްކުރާ މީހުންނާއި، އަތްތެރި މަސައްކަތްކުރާ މީހުންނާއި މިހެންގޮސް ލިސްޓް ވަރަށް ދިގުކޮށް ލިޔެވިދާނެ، ނަމަވެސް މިއިން ކޮންމެ ބަޔަކަށް ސަރުކާރުން ލުއިކޮށް ލޯންދޭން ވެއްޖެނަމަ ބޭންކްތަކަށް ވާނީ ކިހިނެއްބާ. އަނެއްކާ ތި ލޯނުދޭން ތި ނިންމަނީ ރައްޔިތުންގެ ފައިސާއިންބާ
ސަޓް
23 January 2025
މަނިކުފާނު ތިހެން ކިޔާ ލޯނަކީ ހަމަ އެކަނި އަނގަބަހުން ދޭ އެއްޗެއް.