ޓޫރިޒަމް މިނިސްޓަރު ފައިސަލް: އޭނާ މިއަދު ވަނީ މަގާމުން ވަކިކުރައްވާފައި. -- ފޮޓޯ| މިހާރު
28 ޖެނުއަރީ 2025 - 09:46
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރައްވާފައި ކަމަށެވެ. އަދި އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ޓޫރިޒަމް ދާއިރާގެ މާބޮޑު ތަޖުރިބާއެއް ފައިސަލްގެ ނެތް ނަމަވެސް ބިޒްނަސް މެނޭޖްމެންޓުން ފަސްޓް ޑިގްރީ ހާސިލުކުރެއްވި އިރު ތީސިސް ހާއްސަކުރީ ޓޫރިޒަމް ދާއިރާއަށެވެ.
އޭނާއަކީ މި ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި މިނިސްޓަރުންގެ ތެރެއިން ގާބިލްކަމާ ދޭތެރޭ ސުވާލު އުފައްދައި ފުރަތަމަކޮޅުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި ބޭފުޅާ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސް މުއިއްޒުގެ ކެމްޕޭންގައި އެންމެ އަރިހުގައި އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނަށް ވީތީ ކަމުގެ ތުހުމަތު ކުރި އެވެ.
އެކަމަކު ފައިސަލް ވިދާޅުވެފައި ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރީ އަބްދުއްރަހީމުގެ ދަރިއަކަށް ވެގެން ނޫން ކަމަށެވެ. ޓޫރިޒަމް ކަހަލަ، ދައުލަތަށް މުހިއްމު މިނިސްޓްރީއެއްގެ ޒިންމާ ރައީސް ހަވާލު ކުރެއްވީ އެކަން ކުރެވޭނެ ކަމުގެ ގާބިލުކަމާއި ޒިންމާ އުފުލޭނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިގައި ހުރިކަން އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ 10 ވަރަކަށް އަހަރު ސިޔާސީ މަސައްކަތުގައި އުޅުއްވި ފައިސަލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ފައިސަލް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ވަޒީރު ކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދިވެހި ޒުވާނުން ޓޫރިޒަމް ދާއިރާ އަށް ވައްދައި އެ ދާއިރާއިން ކާމިޔާބު ވިޔަފާރިވެރިން އުފެއްދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
03 February 2025
ތޫނުފިލި ފިޔަވަޅެއް މެނުވީ ނުވާނެ
ޝެޑޯ އީޓާ
29 January 2025
ނަތީޖާ ނުނެރެވިގެން މީހުން ވަކިކުރަނަމަ، ހައިދަރު، އައިޝަތު ޝިހާމު، މާރިއާ، ސައީދު ވެސް ވަކިކުރަންވީ.. ވީ އެހެނެއްނޫން.. މުއިއްޒަށް ބައިނޭޅޭ ގޮތަށް ޑީލެއް ނިންމާލީ ކަމަށްވާނީ
އައްޒާމް ޝަރީފް
29 January 2025
މިގައުމުގެ އެއްވެސް މީހަކު ނެތް މިހާ ނަތީޖާ ދަށްކޮށް ގޮއްސަފައިވާ މިނިސްޓަރ އެއް. މީނަ މީ މީހެއްނަމަ ހަމަ ޔަގީނުންވެސް 2 މިލިޔަނަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ. އިނގޭ ކަމަކީ މިއީ
މަފާޒަ ސަލީމް
29 January 2025
ރައީސް މުއިޒްގެ ނިންމުމަށް ފުރިހަމަޔަށް ތާއިދު. ފައިސަލް އަށް ވަގުތު ދެވިއްޖެ. ނުވި މިކަމެއް.
އާލިމް މުހައްމަދު
29 January 2025
ބަރާބަރު ނިންމުމެއް. ނަތީޖާ ނުނެރެވުނު އެއް އަހަރު ވީއިރުވެސް.
ސަބަބު
29 January 2025
މިއޮތީ ކަނޑާލި ސަބަބު.
އަދުރޭ ލައިޓް
28 January 2025
ރަނގަޅު ތި ވައްކަން ކުރާ ހުރިހާ މީހުން ވަކިކޮށް ދައުވާ ކުރަންވީ!
ނިއުމަތުު
28 January 2025
ޑރ. ރައީސް އަކީ ކެރޭ ކުޅަދާނެ ކަމަށް މަ މިއަދު ނިންމާފިން.
ރައިވެރިޔާާ
28 January 2025
ވައްކަން ކުރާތަން ބަލަން ނުހުންނާނެކަން ހާމަމިވީ ރައީސް ފަރާތުން
މަސީޙް
28 January 2025
އަދިކިރިޔާ ކުރަންވީ ކަންތަށް މިކުރީ.