03 ފެބުރުއަރީ 2025 - 18:15
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ނެރުމަށް ހަމަޖައްސައިފި އެވެ.
މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. މިއީ ޖަމީލުގެ ތިންވަނަ ފޮތެވެ. އޭނާގެ އަނެއް ދެ ފޮތަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާގެ މައްޗަށް ލިޔުއްވާފައިވާ 'އޯކިޑް' އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ 'އިންސާފު' އެވެ.
ވިލާ ކޮލެޖުގައި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ގާސިމްގެ ބަޔޯގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން، އޯޑިއޯ ބުކް އަދި ހާއްސަ ވެބްސައިޓެއް އިފްތިތާހުކުރާނެ އެވެ.
ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް އެ ރޭ ހުޅުވާނެ އެވެ. މި މައުރަޒަށް ޖެހިގެން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާއްމުންނަށް ވަދެވޭނެ އެވެ. މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ފޮތުގެ ކޮޕީއެއް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔޯގްރަފީ ލިޔުންތެރިޔާ ޖަމީލް: ގާސިމުގެ ފޮތަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް. -- ފައިލް ފޮޓޯ
ހަތްސަތޭކަ އަށް ވުރެ ގިނަ ސަފުހާގެ މައްޗަށް ޖަމީލް ލިޔުއްވާފައިވާ ފޮތުގައި ގާސިމްގެ ޒާތީ، ވިޔަފާރި، އަދި ސިޔާސީ ހަޔާތުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައިގަނޑު ހުރިހާ ކަމަކަށް އަލިއަޅުވާލާފައިވެ އެވެ. އާއްމުކޮށް ފެނިފައިނުވާ ގާސިމްގެ ކުލަ ފޮޓޯތައް ވެސް ހިމަނާފައިވެ އެވެ.
"އެ މަނިކުފާނުގެ ކާމިޔާބުތަކާއި ނާކާމިޔާބުތަކާއި ދަރުމަވެރި ހިދުމަތްތަކާއި ވިޔަފާރި އާއި އިޖްތިމާއީ ދައުރާއި އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ދިވެހިރާއްޖެ އަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގައި އެ މަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަން އެއްވެސް ފޮރުވުމެއް ނެތި ވަރަށް ތަފްސީލީ ގޮތެއްގައި (މި ފޮތުގައި) ހިމަނުއްވާފައިވެ އެވެ،" ގާސިމުގެ ވިލާ ފައުންޑޭޝަނުން ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.
ގާސިމަކީ އާދައިގެ ގޮތަކަށް އަމިއްލަ އަށް ފެއްޓެވި ވިޔަފާރި ކާމިޔާބު ކުރައްވައި، ރާއްޖޭގެ ވަރަށް ގިނަ ސިނާއަތްތަކަށް ހާއްސަކޮށް ޓޫރިޒަމް ދާއިރާ އަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވައި، އިންގިލާބީ އަދި އީޖާދީ ބަދަލުތަކެއް ގެންނެވި ވިޔަފާރިވެރިއެކެވެ.
ގާސިމް ވަނީ އޭނާގެ މުއްސަނދިކަމުގެ ފައިދާ އާއްމުންގެ ގިނަ ބަޔަކަށް ވެސް ފޯރުކޮށްދެއްވައިފަ އެވެ. ބޭސްފަރުވާ އާއި ތައުލީމީ ގިނަ ފުރުސަތުތަކެއް އާއްމު ފަރުދުންނަށް އޭނާ ހޯދައިދެއްވި އެވެ. ރާއްޖޭގައި މިހާރު އެންމެ ފެންވަރު ރަނގަޅު ތައުލީމު ދޭ އެއް މުއައްސަސާއަކީ ވެސް ގާސިމްގެ ވިލާ ކޮލެޖެވެ.
ގާސިމް: ސިޔާސީ ދާއިރާގެ ތަޖުރިބާ ބޮޑު.
ގާސިމަކީ ރާއްޖެ އަށް ސިޔާސީ އިސްލާހީ ހަރަކާތްތައް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އެންމެ ބޮޑު ލޮޅުމެއް ގެނައި އެއްވުން ކަމަށްވާ މަޝްހޫރު 2004 ގެ އޮގަސްޓް 12، 13 ގެ ހަރަކާތުގައި ގާސިމް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ފަހަރު ގާސިމް ހައްޔަރުކޮށް ޖަލަށް ވެސް ލި އެވެ.
ގާސިމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ، އެމްޑީޕީ އުފެއްދެވުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވި މީހުންގެ ތެރެއިން ވެސް އެއްބޭފުޅާ އެވެ. އޭގެ ފަހުން ޑީއާރުޕީގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. ފަހުން ޖުމްހޫރީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދައި، އެ ޕާޓީގެ އެންމެ އިސް މަގާމު އޭނާ އަންނަނީ ފުރުއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންމެ ސީނިއާ އެއް މެމްބަރު ކަމަށްވާ ގާސިމް ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، މިހާރުގެ ގާނޫނުއަސާސީ ފާސްކުރުމުގެ މަސައްކަތުގައި ވަރަށް މުހިއްމު ރޯލެއް ކުޅުއްވައިފަ އެވެ.
ގާސިމް ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 2008، 2013، އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ވެސް ވާދަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފސދފސދ
09 February 2025
ފެބްރުއަރީ 7 ގައި ނެރެންޖެހޭ އެއްޗެއް ތިއީ
އަބްޑޫޅް +
05 February 2025
މާފަންނުކޮޅުގަ ހުންނަަ ގެއެއްގަ، އެގޭ މީހުންގެ ބާސިކަލު ފުހެން އުޅުނު ޗފްޓަރު އެބައޮތްތަ؟
ބާބޫ
05 February 2025
ޤާސިމާ ކަލޭވެސް މުއްސަނދިވެފައިވާނީ ސަރުކާރު ނޫނީ ޕްލިޓީޝަނުންގެ ތައްޕާހުން. އެކަމަކު ވެސް ޤާސިމަކީ ރާއްޖެ ނުދެކޭފަދަ ދަރުމަވެރިއެއް....
ބޮކަރު1
04 February 2025
ދެން ހަމަ ކޮމެންޓް ލިއަންވީ. ގާސިމް ކޮށްފައި ހުރި މަސައްކަތުގެ ޕަސެންޓެއްވެސް ކުރެވޭ ވަރު ކިތަށް މީހުން ކޮމެންޓް ތި ލިއަނީ. ކިތަށް މީހުންނަށް ވަޒީފާ. ކިތަށް ދަރިންނަށް ހިލޭ ތަޢޮލީމު. ކިތަށް މިލިއަންގެ ޓެކްސް ދައްކާ. އޭނަގެ ވިޔަފާރިީގެ އިސް ސަފުގައި ބޭރު މީހުނެއް ނުތިބޭނެ.
އެދުރުބެ1
04 February 2025
ފޮތް ބޭނުން. އިރާދަކުރެއްވިޔާ އެރޭ ހިލޭ ފޮތެއް ލިބޭތޯ ދާނަން.
އަސަރަފް
04 February 2025
މަލާމާތް ކުރަންވެސް ވަކި ހައްދެއް އޮންނަންވާނެ. މިއީ ހަމަ ވަރަށް މުހިންމު ފޮތެއް. ދިވެހިންނަކީ ފޮތްކިޔާ އިބްރަތް ލިބިގަންނަ ބަޔަކަށް ވާން އެބަޖެހޭ
ބަކުރުު
04 February 2025
ދިވެހިރާއްޖޭގެ ތައުލީމުގެ ގައުމީ މުގައްރަރުގައި ތިޔަފޮތް ހިމަނަންވާނެ. އޭރުން އަންނަންއޮތް ޖީލުތަކަށް ގާސިމް އެނގޭނީ. މިހާރު އެއީ އޮއްސެމުން ފަނޑުވަމުންދާ ސިޔާސީ ތަރިއެއް. އުޅޭމީހެއްކަންވެސް މިހާރު ނޭގޭ.
މަބުނީ
04 February 2025
މީހުން ދުނިޔޭގައި ތިއްބަ ތިވަރަށް ބޮޑުކޮށްފަ ބޮޑެތި ފޮތްތައް ނެރޭއިރު ވަރަށް ބަލާނެ އެމީހާ ބޭނުންވާ ގޮތަށް ނެރޭން.
ހަސަންދީ(ލ)
04 February 2025
ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ ކަނޑުކޮށް މަހުޖަނު، އެންމެފަހުން ރައްޔިޔުންކިބައިން ވަހީދަށް ލިބުނު 5 ޕަސެންޓުވެސް ނުލިބި ލަދުގަންނަން ޖެހުނު! މިއަދުވެސް ގާތުގަ ތިބޭމީހުން މަނިކުފާނޭ ތީ ވެރިކަމަށް އެންމެ އެކަށީގެންވާ މީހާއޭ ހާދަ ތާއީދެއް އެބައޮތޭ ބުނާއިރަށް ހުންނާނީ އަރާ ހިކިފަ! މިވާހަކަވެސް ބައިގްރަފީގަ ވާނެ ލިޔެލަން!
އަޅި އަލި
04 February 2025
ކިތައް ބަޢާވާތް ރޭވިކަން ބުނަން ކެރުންބާ!