މަޖިލީހުގެ މިއަދުގެ ޖަލްސާ: މެންދުރު ނަމާދު ވަގުތަށް މިއަދު ވަނީ ބަންގީގެ އަޑު އިއްވާފައި--ފޮޓޯ: މަޖިލިސް
18 ފެބުރުއަރީ 2025 - 11:03
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކަށް ދެމުން އައި އެލަވަންސްގެ ބަދަލުގައި ރަސްމީ މުސާރައެއް ލިބޭނެ ގޮތް ހަމަޖައްސައި ރޯދަމަހުގެ އިނާޔަތް ދޭން ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށް ހިމަނައިފަ އެވެ. އޭގެ ދަށުން ރޯދަމަހު ދޭ އެލަވަންސް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް އިސްލާހުގައި ވެ އެވެ.
ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ ކޮންމެ މުވައްޒަފަކަށް 3،000ރ. އެވެ.
މީގެ އިތުރުން ބިލުގައި ވަނީ ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ހިލޭ އެހީގެ ދަށުން ޑަބްލިއުޑީސީ ހަރަކާތްތަކަށް ފައިސާ ދޫކުރުން ފަސޭހަ ކުރުމަށާއި އެ ކޮމިޓީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވެސް ބައެއް އިސްލާހުތައް ހުށަހަޅައިފަ އެވެ.
މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ރައީސަށް 7،000ރ. އަދި ނައިބު ރައީސަށް 6،500ރ. މިހާރު ލިބެ އެވެ. މެމްބަރަކަށް ކަނޑައަޅާފައި ވަނީ 6،000ރ. އެވެ.
ރަށު ކައުންސިލްތަކުގެ ރައީސަށް 6،000ރ. އާއި ނައިބު ރައީސަކަށް 5،500ރ. އާއި މެމްބަރަކަށް 5،000ރ. ވަނީ ކަނޑައަޅައިފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަަސް ފަށާނީ މާޗު 1 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
19 February 2025
ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި އެކި ސަރުކާރުތަކުން ހޭދަކުރަނީ އެކި ގޮތަށް. ނަމަވެސް އަމާޒަކީ އެކަށްޗެއް. ސިޔާސީ މަންފާ ހޯދުން. އެއްބަޔަކު ބަދަލުދޭނީ. ބަދަލުގެގޮތުގައި ކޮންމެވެސް ބަޔަކަށް ލާރިގަނޑެއް ދޭނީ. އަނެއް ބަޔަކު ރޯދަ ހަދިޔާ ދޭނީި. އެންމެންވެސް މިކުރަނީ އެއްކަމެއް. ނިޔަތަކީ އެކަށްޗެއް
ރާއްޖެ
18 February 2025
މިއީ ބޭކާރު ކޮމިޓީއެއް. މި މީހުން އައްޔަނުކޮއްގެން ގައުމަށް ލިބުނު ފައިދާއަކީ ކޮބާ؟
ނާތަހުޒީބސގސ
18 February 2025
ޑަބްލިއުޑީސީ ތަކަށް ސަރުކާރުން މުސާރަދީގެން ހިންގަނީ ހަމަ ޖަރީމާއެއް. ސަރުކާރުން މުސާރަނަގައިގެން ގޭގަ ތިބޭ ބައެއް! ބުރަކޮށް މަސައްކަތްކުރާ މީހުންނަށް މުސާރައާ ނުބައްދަލު މަސައްކަތްކުރަން ޖެހޭ. ޑަބްލިއުޑީސީތައް މުސާރައާއި އިނާޔަތްތައް ނަގައިގެން ގޭގަ. މި ބޮޑު ބޭކާރު ހަރަދު ހުއްޓުވާނީ ކޮން ސަރުކާރަކުންބާ؟
raajje
18 February 2025
އަޅުގަނޑަށްފެންނަނީ ރޯދަހިފާއުމުރުގެހުރިހާދިވެހިންނަށް ރޯދައިނާޔަތްދޭން، އެހެނީ ސަރުކާރުންތިޔަބަހާ ފައިސާއަކީ ރާއްޖޭގެ ކަނޑުފަޅުވިއްކައިގެނާ، ޓެކުސްފައިސާއިންނާ ދެންވެސް ހުރިހާދިވެހިންގެ މިލްކިއްޔާތުކަމުގައިވާ ވަސީލަތްތަކުން ސަރުކާރަށްލިބޭ އާންމުދަނީ، ލޯނުނެގިޔަސް އެއީ ހުރިހާދިވެހިންގެ ފައިސާއިން އަދާކުރާއެއްޗެއް، ވީއިރު ރޯދަމަހުގެއިނާޔަތް ހުރިހާދިވެހިންނަށް ނުދެވެންވީސަބަބެއްނެތް، ވޯޓުދެނީވެސް ވަޒީފާގައިއުޅޭމީހުނާ ކޮމެޓީމީހުން އެކަންޏެއްނޫން
އަސަރަފަ
18 February 2025
މިހެންވެ އަހަރެން ބުނަނީ ރައީސް ދައްކާ ވާހަކައަކާ އަމަލަކާ އެއްގޮތަކަށްވެސް ދިމައެއް ނުވެޔޭ. އިއްޔި ސާކިއުލާ ނެރުނީ ކުންފުނިތަކުން ހަރަދު ކުޑަކުރަން 3000 ރުފިޔާ އަށްވުރެ ބޮޑުކޮށް އިނާޔަތް ނެދޭން. މިައދު މިފާސް ކުރީ ދެން އިނާޔަތް ނުލިބި ތިބީ ކޮންބަޔެއްތޯ ބަލާފަ އެނެމްނަށް އިނާޔަތް ދޭން. އެއްގޮތަކަށް ވެސް ތާކުން ތާކުން ނުޖެހޭ
ބޮޑުބެގެ ބެއްޔާ
18 February 2025
ހަރަދު ކުޑަވާނެ މިކަހަލަ ކަންކަމުން
މުސް
18 February 2025
ޕެންޝަނަރުންނަށް ވެސް ރޯދަމަހުގެ އިނާޔަތް ލިބޭގޮތްހަދަން ވަރަށްފެނޭ.
ސަސި
18 February 2025
ހަމަ ބޭނުންވީ ކުރީ، ބޭނުން ނުވިއްޔާ ކުރެވޭނެ އެއްވެސް ގޮތެއް ނެތް
ހަމްދާ
18 February 2025
ދަތުރުކުރާ ކޮމިޓީ
ހހދހހފ
18 February 2025
އެވެސް ފައިދާއެއް ނެތް ގޮތުގަ!
ސަފާލް
18 February 2025
ހަރަދުކުޑަކުރަން ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ފުރިހަމަ މިސާލެއް..