އދ. ދަނގެތި: އެ ރަށުގެ ހުރިހާ ގެއަކުން ރޯދަ މަހު ހިލޭ ކުނި ނަގައިދޭން ވަނީ ނިންމާފައި.--- ފޮޓޯ: މުހައްމަދު ސަމްއީން (ސަންކޮ)
26 ފެބުރުއަރީ 2025 - 12:54
ކުރިއަށް އޮތް މަހުގައި ރޯދަ ހަދިޔާއެއްގެ ގޮތުން އދ. ދަނގެތީގެ ހުރިހާ ގެއަކުން ކުނި ފީ މާފުކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކައުންސިލުން ކުނި ނެގުމުގެ ހިދުމަތް ދެމުން އަންނަ އެ ރަށުގައި މިހާރު ހިދުމަތް ދެނީ މަހަކު 100ރ. ނަގައިގެން ކަމަށެވެ.
ޓޫރިޒަމާއި ޑައިވިންގައި ފައްކާވަމުން އަންނަ ދަނގެތީގެ 180 އެއްހާ ގޭގެ ކުނި ނެގުމުގެ ހިދުމަތް ކައުންސިލުން ދެ އެވެ. އެކަމަކު ރޯދަ ހަދިޔާއެއްގެ ގޮތުން ރޯދަމަހުގެ ފީ މާފުކޮށްފައިވާ ކަަމަށް މުއާވިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރީ އަހަރެއްގައި ވެސް ވަނީ ކުނި ނެގުމަށް ނަގާ ފީ މާފު ކުރި އެވެ.
މިދިޔަ އަހަރުގެ ރޯދަމަހުގައި ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ދަނގެތީގެ ކައުންސިލުން ވަނީ ރަށުގެ ހުރިހާ ގެއަކަށް މަސް ދަޅާއި އަލަނާސި ދަޅު ހިމެނޭ ގޮތަށް ޕެކެއް ތައްޔާރުކޮށް، ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަނިމާދޫ
26 February 2025
ހަނިމާދޫގައި ކޮންމެ އަހަރަކު ރޯދަމަހު ކުނި ފީ މާފުކޮށްދޭތާ މިހާރު ނޭނގެ 10 އަހަރު ވެސް ނުވާކަމެއް
9
26 February 2025
ހިމަހިތަށްއަރާއިރަށް މާފުކުރެވޭތަ؟
ދަނގެތީ ކޮއި
26 February 2025
އަސްތާ 100ރުފިޔާ ކަނޑާލައިގެން ރައްޔިތުންގެ ޖީބަށް ހާދަ ބޮޑު ލުޔެއް ތިލިބުނީ. ކައުންސިލަށް ޝުކުރިއްޔާ
ކަތީފާ
26 February 2025
ރޯދަމަހުގެ ޓެކުސް، ކަރަންޓުފީ، ފެން ފީ، ގެއަށް ބޭނުންވާ ތަކެތިވެސް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ހެދުން އެދެން. ދެން އެންމެ އެހެން އުޅެ، އަވައްޓެރި އިންޑިޔާ ނޫނީ ޗައިނާގެ އެހީ ހޯދަމުން ސަލާން ޖަހަމުން، އިންޑިޔާ ނޫނީ ޗައިނާ އައުޓު މުޒާހިރާވެސް ކޮށްލަން ޖާގަ ދޭންވެސް ފެނޭ! ބޯހަލާކު!
ސެންރ
26 February 2025
އަހަންނަކައް ނުވިސްނޭ ކަންކަން ހިލޭ ވާން މިޖެހޭ ސަބަބެއް. ކޮންމެ ސާރވިސް އަކީ ކޮންމެވެސް ބައެއްގެ މަސައްކަތްކޮއްގެން ދެވޭ ޙިދުމަތެއް. އެބަޔަކައް މިމަސަތްކައް ކުރީމަ އެބަލިބޭ އުޖޫރައެއްވެސް ... މިހިލޭ ކޮއްދޭ ކަންތަކުގެ ކޮސްޓް ބެއަރ ކުރަނީ ކާކުބާ؟ ކަންކަމުގެ ނޫނީ ތަކެތީގެ އަގު ތިރިކުރުމަށް މަސައްކަތް ކުރެވިދާނެ، އެކަމު ހިލޭ ކޮއްދޭ ކަންތަކުގެ ލިސްޓް ދިގުވުމަކީ ކޮންކަހަލަ އާދައެއް އަޝަގެނެވުންބާ؟