އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ޝެއިހް އިލްޔާސް ހުސެއިން އަދާލަތު ޕާޓީގައި ކުރިން އެއްކޮށް އުޅުއްވި ދުވަސްވަރު--
30 އެޕްރީލް 2025 - 19:52
އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމެވުމުން އެ ޕާޓީގެ ބައެއް އިސްވެރިން އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް މިހާރު ސިޔާސީ ގޮތުން ވަކި ކޮޅަކަށް ނާރާ އޮތް އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ޝަހީމް ނިންމެވިކަން އިއުލާން ކުރެއްވީ މިއަދެވެ.
އެކަމާ ގުޅިގެން، އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސެއިން ވަނީ ޝަހީމަށް މަރުހަބާ ވިދާޅުވެ، އެ ނިންމުމަށް ތައުރީފު ކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރަޝީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހް މުހައްމަދު އަނިލް އާއި ޑރ. އިޔާޒް މުހައްމަދު ލަތީފް ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
Marhaba
— Dr.Ilyas Hussain (@shkilyas) April 30, 2025
Party harudhanakoh kurieruvumah v rangalhu nimmumeh thaeedhukuran الله يوفقك ويسدد خطاك
އަދާލަތާ އަލުން ގުޅިވަޑައިގަތުމަށް ޝަހީމް ނިންމެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެބްރުއަރީ 19، 2012 ގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ދުވަހުގެ ފޮޓޯއަކާ އެކު، ކުރެއްވި ޕޯސްޓެއްގަ އެވެ.
އޭގެފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓަކީ ވެސް ޝަހީމެވެ.
ނަމަވެސް ޕީޕީއެމް އުވާލަން ނިންމި ފަހުން ޝަހީމް އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ. އޭނާ ވަނީ މެދުކެނޑުމެއް ނެތި 12 އަހަރު ވަންދެން އަދާލަތު ޕާޓީގައި އުޅުއްވައިފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އަދާލަތު ޕާޓީ އޮތީ ސިޔާސީ ގޮތުން އެއްވެސް ކަމަކާ ނުބެހި ހިމޭނުންނެވެ. އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވެސް ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ. އެކަމަކު، އިމްރާން ދޭތެރެ ދޭތެރެއިން ސަރުކާރަށް ފާޑު ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
12321
01 May 2025
ޢެއްކަލަ މަކަރުވެރި ބައިގަނޑު ހިޔަޅު ވިސްނުމުގަ ރަތްޔިތުން މޮޔަހެއްދިދާނެ ކަމައްތަ ހީކުރަނީ، ކަލޭމެންގެ މަކަރުވެރިކަމާ ގޮތެއްނެތްކަންނޭގޭ ދިވެހިރަތްޔިތަކު މިހާރު ނުހުންނާނެ، ޓަކާ ބައިގަނޑު އުލޭނީ ލާރިފަހަތުންނާ ، ޑިޕްލޮމެޓިކް ޕާސްޕޯޓެއް ލިބޭތޯއާ، ކޮންމެވެސް ފައިދާއެއް ނުހައްގުން ދަމައިގަނެވޭތޯ، އިލްމުވެރިންނޯ ކިޔާފައުޅޭ ނުރައްކާތެރި މަކަރުވެރިންތަކެއް، ރަތްޔިތުތިބީ ހޭލާ، ބޮނަކުއާ ވެރިކަމުގެ ހުވަފެނެއްގަ އުޅެނީ
ކޮމިޓީ
01 May 2025
މަރުޙަބާ، ޝަޙީމް އަކީ ހިންގުމުގެ ތަޖުރިބާ ހުރިކަން ސާބިތު ކޮށްދެއްވާފައި، ހެޔޮލަފާކަން އިސްކުރައްވާ ދުރުވިސްނަވާ ބޭފުޅެއް.
އާމީ
01 May 2025
މިނިސްޓަރ ޝަހީމްގެ ނިންމުމަށް މަރުހަބާ. އަދާލަތުން ރާއްޖޭގެ ވެރިކަން ކުރާނެ ދުވަހަކަށް އިންތިޒާރު ކުރަން. ރައީސް މުއިއްޒު ވެސް އަހަރެމެން ހީކުރިކަހަލަ ވެރިއަކަށް އަދި ނުވޭ. ސްޕުރީމް ކޯޓަށް ނުފޫޒު ފޯރުވުން ބަލައެއް ނުގަނެވޭނެ. ބޭއިންސާފު ބަލައެއް ނުގަނެވޭނެ. ރަނގަޅު ލީޑަރުން ކުށަށް އިޢުތިރާފުވެ ޒިންމާނަގާ އެކަންކަން ރަނގަޅު ކުރާނެ.
ޢިބިރާ
01 May 2025
ޏުކުރަން. ދުވަހަކު ވެސް ތި މީހުނަށް ވެރިކަން ނުލިބުން އެންމެ ރަނގަޅީ
އަފްރާސިޔާބު
01 May 2025
ކާކުހޭ ބުނިނަމަ އެ ޑރ. ހީކުރިކަހަލަ ވެރިކަންކުރަން. ކާކުހޭ ބުނިބަސް ހަނދާން ނެތިގެން ހިނގައްޖޭ މަޖިލިސަށް. ހީކުރުން ގޯހޭ ކިޔަންވީހޭމަހުރެ ބޭނުން ނުކޮށް ހަމަ ބުއްދިއިން. ބީހުމުން ދޮގު ބަސްތަކުން މަގުއޮޅިހަމައިން ނެއްޓެންވީހޭ އަވާހުރެ މެންދުރަށް.
ގުދުގުދާބެއްޔާ
01 May 2025
އެއްކަލަ ޓަކާ ޓަކާ ގުރޫޕް މީހުން މިއީ! މިހާރު އަގުވެއްޓިފައިވާ ބައެއް!
ފާމުލަދޭރި ކިލެގެފާނު
01 May 2025
ޝެއިޚް އިމްރާންގެ ޓްވިޓަރ ނުބަލާ މީހަކު އާޓިކަލެއް ލިއުނީމައި ތިހެން ވެސް ވެދާނެ.
ހަމަދު ސަލީމް
30 April 2025
އަދާލަތު ވެރިންނަށް މެޓާދީގެން އެމީހުން ހައްލައިލީ ދޯ.
ކޮސް
30 April 2025
ޝަޙީމުގެ މަޤުޞަދު ވަރަށް ސާފު. މިއީ ސީދާކޮށް މުއިއްޒަށް ދެއްވި އިންޒާރެއް. ދެން " މިފިލުމު ބަލަން ތިބެމާ" . 2028 އަށް ކިތަންނެ ތައްޔާރެއް ވިއަސް ޝަޙީމެއްވެސް މުއިއްޒެއްވެސް ރައްޔިތުންނެއް ނުހޮވާނެ.
ހިތަދޫ މެދު ދާއިރާ
30 April 2025
އަދާލަތު ސިޔާސީގޮތުން ސަރުކާރުގެ ކަންކަމާ ފާޅުގައި ނުބެހިއޮތީ، އަޑިއަޑިން ފުރައްސާރަކޮށް މަލާމާތްކުރޭ، ފާޅުގައި ބެހެން ނުކެރެނީ މަގާމުތައް ގެއްލިދާނެތީ ޝަހީމު ބޮލަށް ޗިޕް ޖަހައިގެން މަގާމުތައް ހޯދަން ފަސޭހަވާނެ.
ޒައިކް23
30 April 2025
އަދާލަތު ފޫވައްޓާލާ ކޮންޓްރޯލް ނަގަން މި އަންނަނީ.. 3 އަހަރު ބާކީ.. ޗޮކުން ގޮސް އަތަށް ގޮވާނި.. 2028އަށް ކިތަންމެ ކޯލިޝަނެއް ހެދިޔަކަސް..
އެނގޭ
30 April 2025
ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ޕާޓީއަކަށް ގުޅެވިދާނެ. އެއީ ދިވެހި އެންމެނަށް އޮތް ހައްގެއް. އެކަން ނުހުއްޓުވޭނެ.