މަސައްކަތްތެރިންގެ ހައްގުގައި ޔޫނިއަންތަކުން ބޭއްވި ހިނގާލުމުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު
01 މެއި 2025 - 18:24
މަސައްކަތްތެރިންގެ ހައްގުތަކަށް ގޮވާލައި ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.
ޔޫނިއަންތަކާއި އެސޯސިއޭޝަންތައް ގުޅިގެން ކުރިއަށް ގެންދަން ރޭވި "މޭ ޑޭ" ހިނގާލުމަށް ފުލުހުން ހުއްދަ ދީފައިވެ އެވެ. ފުލުހުން ހުއްދަ ދިނީ މަޖީދީމަގުން އެއް ލޭނެއްގައި އާޓިފިޝަލް ބީޗުން ރަސްފަންނާ ހަމައަށް ހިނގާލުން ކުރިއަށް ގެންދިޔުމަށެވެ.
އެކަމަކު، ރެލީ ފެށިތަނާ ކަހަލަ ގޮތަކަށް ފުލުހުންގެ އެ ނިންމުން ބަދަލުކުރިކަން ސިޓީއަކުން އެންގި އެވެ. ފުލުހުން ފަހުން އެންގީ ރަސްފަންނު ސަރަހައްދުން ފެށިގެން އަމީނީމަގުން ރެލީ ކުރިއަށް ގެންދާށެވެ.
މަސައްކަތްތެރިންގެ ހައްގުގައި ޔޫނިއަންތަކުން ބޭއްވި ހިނގާލުމުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު
އެހެންވެ، ފުލުހުންނާއި ރެލީ އިންތިޒާމުކުރި މީހުންނާ ދެމެދު މައްސަލަ ހޫނުވެ، ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގާފައިވެ އެވެ. ހިނގާލުން ކުރިއަށް ނުގެންދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދު ވެސް ކުރި އެވެ. ހިނގާލުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި ބައެއް މީހުން މަގުމައްޗަށް ވެއްޓިފައި ވެސްވެ އެވެ.
އެކަމަކު، މި ރެލީ ވަނީ ފުލުހުން ފަހުން އެންގި ގޮތަށް ރަސްފަންނު ސަރަހައްދުން ފެށިގެން އަމީނީމަގުން ދާ ގޮތަށް ބާއްވާފައިވެ އެވެ.
މަސައްކަތްތެރިންގެ ހައްގުތަކަށް ހުރަސް ނޭޅުމަށް ގޮވާލައި މި ރެލީގައި އަޑު އުފުލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީ ސަރުކާރު
02 May 2025
މިއީ އެމްޑީޕީ ވެރިކަމުގައި ފިލާ ބައެއް. އޭރުވެސް މެއި 1 އައިސް ދޭ
އެޗް އެމް
01 May 2025
ސަރުކާރުން އަޑުވެސް އަހައިފި.
ޗޫޤީ
01 May 2025
ދިވެހި ޒުވާނުންނަށް ކުރެވޭފަދަ މަސައްކަތްތައް ބިދޭސީން ނަގައިގެން އުޅޭތަން ފެނުމަކީ ހިތާމަކުރަންޖެހޭ ކަމެއް. އެކަން އެގޮތަށް ދިމާވީ ކުރީގެ ސަރުކާރުތަކުން ބައެއްކަހަލަ މަސައްކަތްތައް ދަރަޖަ ކޮށްފައި ހުރުމުން. އެކަމުގެ ސަބަބުން ޒުވާނުން ކަންނެތްވެ، ވަކިކަހަލަ މަސައްކަތްތަކެއް ކުރުމުން މުޖުތަމައުގައި އެމީހުންގެ ގަދަރު ގެއްލޭކަމަށް ގަބޫލުކުރެވޭކަން.
މޭނާޒީ
01 May 2025
ކުރީ ސަރުކާރު، ކުރީ ސަރުކާރު ކުރީ ސަރުކާރު މި ނޫން އެއްޗެއް ނެތީތަ؟ ޒުވާނުން ކަންނެއްވަނީ އަމިއްލައަށް. ޖުވާކުޅުމުގައި މިހާރު އަބަދު
ދޮނ11
01 May 2025
މޮޅު ވާހަކަ ނުދައްކާ. ދިވެހި ގިނަ ޒުވާނުން ކަންނެތް ކަމުން ޕާޓީކޮށް ޑްރަގްސް ނަގާ ވައްކަމުގަ ރޭގަނޑު ހޭލާ އުޅޭތީ ބިދޭސީން ނަގަނީ. ވަރަށް ހަޔާތްކުޑަ މީހުން ގިނައީ ޒުވާނުން ކިޔާފަ ލަދެއް ނުގަނޭ ދޯ.
އަލީހުސެންދީދީ
01 May 2025
1. ބިދޭސީން ތިކިޔާ ދިވެހި ޒުވާނުންނަށް ވުރެ އަވަހަށް ހޭލާ ގަޑިއަށް ފަރުވާތެރި. 2. މަސައްކަތަށް މަކަރު ހަދާއިގެން ހަތަރު ދަމުކޮފީ ބްރޭކްގައި ނޫޅޭ. 3. ގިނަ ވަގުތު މަަސައްކަތް ކުރޭ. ބޭކާރު ޝަކުވާތަކެއް ނުކޮށް މަސައްކަތް ކުރޭ. 4. ދިވެހި ޒުވާނުން ރަނގަޅުވާނީ ކޮފީތަކަށް ގޮަސް ހަތަރު ދަމު ފޯނާއިކުޅެން. ހެޔޮ ޓައި އަޅައިގެން ސަރުކާރަށް ހިދުމަތް ކުރާ ޒުވާނުންވެސް. ހިމަ މިއީ އުޅޭ ގޮތް. ޝަކުވާނުކޮށް އުޅުންރަނގަޅު ކޮށްބަލަ ފުރަތަމަ ވަޒީފާނުކިޔާ
ކޮން
02 May 2025
ބަލަގަ ޒުވާނުންނަށް ނުކުރެވިގެނެއްނޫންތަ ބޭރުމީހުން ގެންނަން ޖެހުނީ