އޭސީސީން ބާއްވާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
06 މެއި 2025 - 20:00
އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކަކީ މިނިވަން އަދި ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ ތަންތަނަށް ވާންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޒާހަތްތެރިކަމާ ގުޅޭގޮތުން ރާއްޖޭގެ އޭސީސީ އަދި ސައުދީގެ އޯވަސައިޓު އެންޑް އޭސީސީ ގުޅިގެން މާދަމާގެ ނިޔަލަށް ހިންގާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ އޭސީސީ ވާން ޖެހޭނީ މިނިވަން ތަނަކަށް އެކަނި ނޫން ކަމަށާއި އެއީ ސިޔާސީ ނުފޫޒުން ވެސް އެއްކިބާވާންޖެހޭ އިދާރާއެއް ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހަމައެކަނި ގާނޫނީ ވާޖިބެއް ނޫންކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެފަދަ ނާޖައިޒު ފައިދާ ނެގުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެންމެންގެ އާއްމު ޒިންމާއެއް ކަމަށެވެ.
މި އަހަރުގެ ފޯރަމްގެ މައުލޫއަކީ "ސްޓްރެންތެނިން އިންޓެގްރިޓީ އެންޑް ކޮމްބެޓިން ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓާ" އެވެ.
ނައިބު ރައީސް ވިދާޅުވީ ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ ވިންދު ކަމަށެވެ. އެ ދާއިރާ ހިންގުމަށް ދެފުށްފެންނަ ސިޔާސަތަކާއި ހަރުދަނާ ގޮތްތަކެއް ހުންނަންޖެހޭ ކަމަށާއި އެއީ ގައުމުގެ ރީތި ނަން ދެމެހެއްޓުމާއި ދިގު މުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިއްމު ކަންތައް ކަމަށް ވިދާޅުވި އެވެ.
އޭސީސީން ބާއްވާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، މި އަހަރަށް ހާއްސަކޮށްފައިވަނީ ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫއެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްގީ ކުރުމުގައި ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އިދާރާތަކުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އޭގެ ތެރެއިން ހަރުދަނާ ސިޔާސަތުތައް މޮނިޓާކޮށް ތަންފީޒުކުރުމާއި ގަވާއިދުން އިވޭލުއޭޓްކުރުމުން އަންނަ ބަދަލުތަކުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
ނައިބު ރައީސް ވަނީ ކޮރަޕްޝަން ފަޅާއަރުވާލައި، ވިސްލްބްލޯ ކުރާ މީހުން ބާރުވެރިކޮށް އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތްދިނުމަށް ގޮވާލައްވައިފަ އެވެ.
މި ފޯރަމްގައި 40 އަށްވުރެ ގިނަ މެމްބަރު ގައުމުން، 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެފައާސާ.
07 May 2025
ހަހަހަހަ. ނައިބު ރައީސް މިހެން ވިދާޅުވިއިރު ތިޔަ ފޯރަމްގެ ބައިވެރިން ހިނިގަނޑު ފަޅައިގެން ނުގޮސް "ސްޓްރެއިޓް ފޭސް"އެއް ދައްކައިގެން ތިބިކަން އެއީ ތިޔަ ފޯރަމްގެ ބައިވެރިންގެ ކުޅަދާނަކަން ދައްކައިދިން ކަމެއް.
އުސްމާނުބެ
07 May 2025
ހަމަ ނިދި އަންނަނީ ............................
މަހީހީހީ
07 May 2025
ޢެންޓިކޮރަޕްޝަން މި ދަސް ކުރަނީ ސައޫދީމީހުން ކައިރިން. ދެންމަހީހީހީހީ!
މަ ބުނޫ
07 May 2025
ތިޔަ ޒާތުގެ އެއްޗެއް ބުނަންވާނީ ތިބުނާ ކަހަލަ ނުފޫޒެއްއޮތްނަމަދޯ.
ސަސި
06 May 2025
އޭސީސީގަ އެއްވެސް ކަހަލަ ނުފޫޒެއް އޮތީ ކޮންއިރަކުތޯ؟
ތަރޫމް
06 May 2025
ތީ ރައީސް މުއިއްޒުއަށް ބުނި އެއްޗެއްބާ؟؟
ސަގޫފް
06 May 2025
މިނިވަން މުއައްސަސާތައް މުށުތެރެއަށް ލައިގެން ތިބެ ކީކޭ ތިކިޔަނީ..
މިއޮތީ
06 May 2025
ތިޔަ ކިޔާ ޅެމާ ފަރިއްސާ އަޑު އިވެނީ ބީރު ކަންފަތްތަކަކަށް. ރައީސް ވެސް ތިޔަ ބުނާ އެއްޗަކާ ދެކޮޅު. ދެން ކިހިނެއް ކަމެއް އިސްލާހު ކުރާނީ. މީހަކު ހަމައެކަނި ބެނެގެން ތިޔަކަންވަންޏާ މިހާރު އޮންނާނީ ތިޔަކަން ވެފަ ތޯއްޗެއް!!!
ޗޫޤީ
06 May 2025
އޭސީސީ މިނިވަންވާން ޖެހެނީތާ! އެކަމަކު ނުއެއް ވެއެއްނު! މަށަށްވެސް އަނގައިން މޮޅެތި އެއްޗެހި ބުނެފައި އަތުން މޮޅެތި އެއްޗެހި ލިޔެވިދާނެ. ނަމަވެސް ބުނާގޮތަށާއި ލިޔާގޮތަށް އަހަރެން އެކަމެއް ކުރިއްޔާތާ އެކަމުން ފައިދާއެއް ހާސިލުވާނީ.
ބަދަން ސިތާރާ
06 May 2025
ހމމ. އިސްޕިރީމު ކޯޓުގެ ވާހަތޯ!
އިސްޕިރީމު ކޯޓެއް ނޫން!
07 May 2025
ސުޕްރީމް ކޯޓް