ޓެކްސީ ހިދުމަތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި ޓެސްލާ ކާރުގެ ވީޑިއޯއެއް ޕީއެސްއެމް އިން ދައްކަނީ
15 މެއި 2025 - 11:37
ދިރާގުން މިދިޔަ އަހަރު ހިންގި ޕްރޮމޯޝަނުގައި ދިން ޓެސްލާ ކާރު ގަނެ، ރާއްޖޭގެ ފުރަތަމަ ޓެސްލާ ޓެކްސީގެ ގޮތުގައި މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ދިރާގު ޕްރޮމޯޝަންގައި ޓެސްލާ ކާރު ލިބުނީ ކ. ތުލުސްދޫ މީހެއް ކަމަށްވާ މުސްތަފާ މުހައްމަދަށެވެ. އޭނާގެ އަތުން އެ ކާރު ގަނެގެން ޓެކްސީކުރަނީ، އަވަސް ރައިޑުގެ ޑްރައިވަރު އަލީ ޒަމީރު އާދަމެވެ. އޭނާ އެ ގަތް އަގެއް ނުބުނެ އެވެ.
އަލީ "މިހާރު" އަށް ބުނީ ޓެސްލާ ކާރު ލިބުނުތާ ހަފުތާއެއް ވެއްޖެ ކަމަށާއި ނަމަވެސް ޓެކްސީ ބޯޑަށް ބަދަލުކޮށް ފުރަތަމަ ދަތުރަށް ނުކުތީ މިއަދު ކަމަށެވެ.
އޭނާ ބުނި ގޮތުގައި އަގުބޮޑު އަދި ޒަމާނީ ކާރެއްގައި ޓެކްސީކުރަން ފެށީ ރަނގަޅު ފައިދާއެއް ލިބޭތޯ ބަލައި އާ ތަޖުރިބާއެއް ކުރުމަށެވެ. ޒަމާނީ ކާރެއްގައި ޓެކްސީކުރިޔަސް ދަތުރުތަކަށް ނަގާނީ ސަރުކާރުން ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގު ކަމަށް އޭނާ ބުންޏެވެ. އަދި އާއްމު ކާރުތަކޭ އެއްގޮތަށް ޒަމާނީ އެ ކާރުން ވެސް ދަތުރުތައް ލިބޭނެ ކަމަށް ބުންޏެވެ.
"މަގުމަތިން ދަތުރެއް ލިބުނަސް ދަތުރުކުރާނެ،" ދެ ހާސް ވަނަ އަހަރުން ފެށިގެން ޓެކްސީ ކުރަމުން އަންނަ އަލީ ބުންޏެވެ.
އާއްމު ދަތުރުގެ އިތުރުން ދެ ފަރާތުން އެއްބަސްވާ އަގަކަށް ވެސް ޓެކްސީ ކުއްޔަށް ނަގައިގެން ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.
ތިން ކުދިންނާ އެކު ހުޅުމާލޭގައި ދިރިއުޅެމުން އަންނަ އަލީ ބުނީ ޓެކްސީ ކޮށްގެން ލިބޭ އާމްދަނީ ކުރިއަށްވުރެ ދަށްވެފައިވާ ކަމަށެވެ. ނަމަވެސް، މި ކާރާ އެކު، އާމްދަނީ އިތުރުވުމަކީ އޭނާގެ އެއް އުންމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަ ގީ ން
15 May 2025
އެމެރިކާގެ އިދިކޮޅު ޕާޓީއަށް ސަޕޯރޓްކުރާ ގޮލަޔަކަށް ތިވާނީ.
123ލޮލް
15 May 2025
ސަޅި!
އުސްލޫބުގޯތި
15 May 2025
ތިޔަކާރު ރެޖިސްޓްރީކުރީ ގަވާއިދާ އެއްގޮތަށް ރަނގަޅު ގަރާޖެއްގަތޯ
ޑރ ވާންޗޯ
15 May 2025
1000 ކާރު ރެޖިސްޓްރީކުރި ގަރާޖުގަ.
އައިމިނާ
15 May 2025
އަހަރުމެން ދިވެހީން ކިހާމޮޅު. ގަރުދިޔައާއި ބަތް ކައިގެން. ޓެސްލާކާރުގަ ޓެކްސީ މި ކުރަނީ. އެޕަލްއައިފޯނެއް އަތުގަ އޮންނާނީ.
ކިރުސައި 2.0
15 May 2025
އަނގަޔާއި އަތާ ދިމާނުކުރެވޭހާ ދަތިކޮށް އުޅޭ ޓެކްސީ ޑްރައިވަރުން ޓަސްލާފަ ގަނެލީ ޓެސްލާއެއް.
ދަންނަ މުޙައްމަދު
15 May 2025
ޓެސްލާއަށް ގުޅާލަންވީ ކޮން ނަންބަރަކަށް!
ވެރީ ކޫލް
15 May 2025
ތީތި ސަޅި. ޑުބާއީގަ މިގޮތަށް ލަގްޒަރީ ކާރުތަށް ޓެކްސީ އަށް ވަރަށް ގިނައިން ބޭނުން ކުރޭ. ވަރަށް މަގުބޫލް. މަދެން ޓެކްސީއެއް ބޭނުންވެއްޖިއްޔާ ފުރަތަމަ ބަލާނީ މި ޓެސްލާ ލިބެން އޮތްތޯ!
ފުރޭތަ1
15 May 2025
ޓެކްސީ ކޮށްގެން ލާރިއެއް ނުލިބެއޯ މިހެރެ ގަނެލަނީ ހަމަ ހުރެލާފަ
ސުމަމް
15 May 2025
ކަލަޯ އަމީނު މީހާ ވެސް ފަށަން އެ އުޅެނީ ހުރިހާ އެއްޗަކަށް ބަލާފައި
އޮވިޗް
15 May 2025
ޓެސްލާ ކާރަށް ދުއްވާފަ ޕެޓްރޯލް
ހެހެހ
15 May 2025
ޓެސްލާގަ ޑޮމެއިން ޖަހަގެން އުޅޭ ދެތިންމީހަކު މިހާރު ނުވިކިގެން އުލޭނެ