އިމިގްރޭޝަނުން ހުޅުވާލާފައިވާ 50 ވަޒީފާއަށް ކުރިމަތިލާން ގިނަ ބަޔަކު ކިޔު ޖެހިގެން. --ފޮޓޯ: އިމިގްރޭޝަން
24 މެއި 2025 - 13:00
އިމިގްރޭޝަން އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލާން އިމިގްރޭޝަނުން ހުޅުވާލި ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އިމިގްރޭޝަނުން އިއުލާން ކޮށްފައިވަނީ 50 އޮފިސަރުން ހޯދުމަށެވެ. އެ މަގާމުތަކަށް މީހުން ހޮވަން މިއަދު ވޯކް-އިން އިންޓަވިއު ހެނދުނު 9:00 ން ހަވީރު 5:00 އާ ހަމައަށް ގަލޮޅު ސްކޫލްގައި ކުރިއަށް އެބަ ގެންދެ އެވެ.
ހަ ކްލާސްރޫމެއްގައި ހަ އިންޓަވިއު ފެނަލަކުން ވަޒީފާއަށް އެދި ކުރިމަތިލީ މީހުންނާ އިންޓަވިއު ދަނީ ކުރަމުންނެވެ.
Controller General of Immigration, CP (Retd) Ahmed Faseeh, visited Galolhu School to observe the ongoing walk-in interviews for the selection of 50 Immigration Officer trainees. He expressed his appreciation for the overwhelming response from the youth and thanked them for their… pic.twitter.com/KnZ5iuUHhe
— Maldives Immigration (@ImmigrationMV) May 24, 2025
ވޯކް-އިން އިންޓަވިއުއަށް ދާއިރު، ލިޔެކިޔުންތައް ހަމަކޮށްގެން ދިޔުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިންޓަވިއުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވައިލައްވަން އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހް ވަނީ ގަލޮޅު ސްކޫލަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
25 May 2025
މީޑިޔާ ސްޓަންޓް އަތަށްގޮވީ
ބޭޗާރީ
25 May 2025
ރާއްޖެ ކުރިއަރާފަ އޮތް ވަރު މި ފެންނަނީ! ވަޒީފާ އެއް ނެތި ގޭގަ އެތައް ބަޔަކު ތިބޭ ކަން މި އުގުނީ! ކުރިން ވެސް އިގޭ! ވަޒީފާ އެއް ހޯދަން 1 އަހަރު 2 އަހަރު ވާއިރު ވެސް ރިސޯރޓަކުން ލައްވާ ނުލާ! ހުސް ބޭރު މީހުން ނަށް މި ގައުމުން ވަޒީފާ މި ލިބެނީ ! ވަޒީފާ ނެތި ބޮޑެތި ޓެކްސް ދައކަމުން ދާ ތިމާގެ ވަޒީފާ އަދާ ކުރާމީހުން ނަށް ވަޒީފާ ނެތް މީހުންނަށް މާ ބޮޑު އެހީތެރި ކަމެއް ނުލިބޭނެ! ދެން މި ނުކުންނަނީ މަގު މައްޗަށް! ބައެއް ކުދިން މަގު ގެއްލިގެން ދަނީ!
އޮަޓޯ
25 May 2025
މި މަންޒަރު އެކި މީހުން ސިފަކުރާނީ އެކި ގޮތަށް. މަށަށް ސިފަކުރެވިފައި ވިސްނުނު ގޮތަކީ ވައްކަންކުރެވޭނެ، މަކަރުހެދޭނެ ރިޝްވަތު ހިފަން ފަސޭހަ ވަޒީފާއަކަށްވާތީ ނާޖާއިޒު ފައިދާ ހޯދުމަށް އެދިގެން ތިބި އެތައް ބަޔަކު މިކަމަށް ކުރިމަތީލީކަމަށް. މުޖުތަމަޢުން އިވޭ އަޑުތަކަށް ބަލާއިރު އިމިގްރޭޝަނަކީ ރިޝްވަތުގެ ދިގު މާޒީއެއް އޮތް ތަނެއްކަމަށް ކިޔާތާ ފަންސާހަކަށް ފަސްދޮޅަހަކަށް އަހަރަށްވުރެންވެސް ގިނަވެއްޖެ. އިހަށް ޕާސްޕޯޓުން. މިހާރު ވިސާއިން.
ދަށްގޮހޮރު
25 May 2025
ކަލޭ ތި ޗަރަށް ގޮތްކުޑަ މީހެއް. އެންމެނެއް ނޫޅެ ސިޔާސީ މީހުން އުޅޭ ހެނެއް.
ރިއަލިޓި
25 May 2025
ތިއުޅެނީ އިމިގުރޭޝަން ތެރޭ ކަލޭމެން ސަރުކާރު ސިޔާސީ މީހުން ހާވާ ހަޑި އާއްމުންނަށް އެގި ދާނެތީ ކަލޭމެންގެ ބާރު ހިގާ މީހުންނަށް އެޖޮބުތައް ދޭން.
އެެމްސް
25 May 2025
ބޮޑުތަނުން މިޤައުމުން ބިދޭސީން މަދުކުރަން ޖެހިއްޖެ ކަމުގެ ސިގްނަލެކެވެ!
ފަހުދު.
25 May 2025
މަ ހީކުރީ މޯލްޑިވްސް 2.0 ގަ މަގުމަތީ ކިޔޫ ހަދާކަށް ނުޖެހޭނެ ކަމަށް
އިސްމާލި
25 May 2025
ބޮލުގައި ތެތްކަމެއް ނެތް މީހުން 50 މަގާމަށް އެތަކެއް ސަތޭކަ މީހުން ކުރިމަތިލުމަކީ ބޮޑު އުފަކަށް ހަދައި ހަވާ އަރުވަފާނެ. މަށަށް ފެންނަނީ ވަޒީފާ ނުލިބިގައި ތިބި އެތައް ބަޔަކު. މީންވައިލް، މިތާ ބިދޭސީ އާބާދީ ވަނީ ގިނަ. ކޮންމެވެސް މައްސަލަތަކެއް އުޅޭ ކަން ރޭކާލާނެ އެކަކުވެސް ނެތް ތަން/
ދަނޑުން
25 May 2025
ބޭރުމީހުންތިބި ދާއިރާތަކުން ( ޓީޗިން، ނަރުހުން ) ޒުވާނުން ވަޒީފާ ހޯދަން އުޅޭނަމަ މިހާ ކިޔު ދިގެއްނުވާނެ
ފައްޔެ
25 May 2025
މިހާރު އެދާއިރާތަކުގައި ގިނައީ ދިވެހިން. ދެން އެންމެން ޓިޗަރުންނާ ނަރުހުންނަކަށް ނޫން ދޯ ވާން ބޭނުން ވާނީކީ
ނެތީމޭ
25 May 2025
މިހިރީ މިގައުމުގެ ހާލަތު ވަޒީފާ ނެތް އެތައް ބަޔަކު ފުރަމާލޭގައި ވެސް އުޅޭއިރު ސަރުކާރަށް ކަހާ ތަން ހިރުވާ ހެންވެސް ހީނުވޭ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޭ ދެން އަނެއް ކޮޅުން އިމިގްރޭޝަން އަކީ ކަޓް އިންތިހާ އަށް ލިބޭ ތަނެއް ކަން އިނގޭތީވެ އެވަރަށް ކުދިން ކުރިމަތިލަނީ ކަޓް ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށް ވުންވެސް ގާތޭ ބުނަން މަމެން ނެތީމޭ..
ދޭހިލޭ
25 May 2025
ތިހީކުރާ ގޮތަކަށް ތިހެނެއް ހިނގި ކަމެއް ނޫން. ރިޝްވަތާއި މަކަރާއި ހީލަތް ހެދުމުގެ ދިގު ތާރީޚެއް އޮތް ތަނަކަށްވާތީ، އެކަމަށް އެދިގެން ތިބި އެންމެން ކިޔޫއަށް އެރީ. މާދަމާވެސް ސްކޫލަކަށް ޓީޗަރުން ހަމަނުވެގެން އިޢުލާނެއް ކޮށްލަބަލަ، މި ބުނާ ކަންތައް ސާބިތުވާނެ. ދާނެ މީހަކު ނުވާނެ.
އަލީ2
25 May 2025
ކިޔުގައި ތިބޭކަށްނުޖެހޭނެދޯ. މިޒަމާނަކު. އޮންލައިންކޮށް ކިޔު ބަލާލެވޭގޮތަށް ހަދާފަ އަންނަވަރުން ކިޔު ނަންބަރ އެއްދީފަ ފޮނުވާލީމަ ނިމުނީދޯ. ލަދުން ބޯހަލާކު މިއޮތް ޓެކްނޮލޮޖީ ޒަމާނުގައި
ޑިޖިޓަލް މޮޑިސް
25 May 2025
0.0
ވިސްނާށޭ ގައުމު
25 May 2025
ތި އިމިގުރޭޝަން ވަޒީފާއިން ގެޔަށް ގެންދަން ޖުމުލަ މަހަކު ލިބޭނީ 10500ރުފިޔާ. ތީގެ އަނެއް ކޮޅު::: އެއްވެސް މަސައްކަތެއްނުކޮށް ހެދުނު ކާޑު ޖަހާލާފަ އުޅޭނެ ތަނެއްގަ އުޅޭ މަތީ ތައުލީމުގެ ކޮލިފިކޭޝަނެއް، ދާއިރާގެ ތަޖުރިބާއެއްވެސް ނެތް ޑެޕިއުޓީމިނިސްޓަރަށް 35000ރ، ސީނިއަރ ޕިިޮލިޓިކަލް ޑިރެކްޓަރަށް 25500ރ، ޕޮލިޓިކަލް ޑިރެކްޓަރަށް 18000، އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރ 15000 ރުފިޔާ. ގައުމެއް ނެތް ކަލޭނޭ!!!
ނުވިސްނުނު
25 May 2025
ތި ވަރަށް ޤައުމާ ދޭތެރޭ ވިސްނާއިރު ކަމެއް ނުވެސް އިނގުނެއްނު. އިމިގްރޭޝަން އެއަރޕޯޓުގައި ވަޒީފާ އަދާކުރާ އެންމެ އާދައިގެ ލެވެލްގެ ކުއްޖަކަށް އެންމެ ދަށްވެގެން މަހެއްގެ މައްޗަށް 22000-24000 ޖެހޭ. 8 މަންތްސްގެ ޓްރެއިނިންގ ނިންމުމަށްފަހު.