ާޔުމްނުގެ މައްސަލަ ތަހުގީގު ހެދި ކޮމިޝަން: އެ ކޮމިޝަނަށް އާއިލާއިން އެއްބާރުލުން ނުދިން ކަމަށް ބުނި
17 ޖޫން 2025 - 20:26
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ބަހެއް ހޯދަން އޭނާގެ އާއިލާ އިން އެއްބާރުލުން ނުދިން ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
ޔުމްނުގެ ބަޔާން ނަގަން ފުލުހުންނަށް ވެސް މިހާތަނަށް ފުރުސަތު ލިބިފައިނުވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނީ ޔުމްނުގެ ބަޔާން ހޯދަން އޭނާގެ އާއިލާއަށް ގުޅުމުން ފޯނު ކަނޑާލި ކަމަށެވެ. އަދި އޭގެފަހުން ޔުމްނުގެ ޅިއަނެއް ކަމަށްވާ މުހައްމަދު މުއުމިން ކޮމިޝަނަށް ގުޅައި ޔުމްނުގެ މަންމައަށް ނުގުޅުމަށާއި އާއިލާއިން ކޮމިޝަނާ ބައްދަލުކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ޔުމްނުގެ ފަރާތުން މައުލޫމާތު ސާފުކުރަން ބޭނުންވާތީ، ކޮމިޝަންގެ މެންބަރަކު މެލޭޝިއާއަށް ގޮސްގެން ނޫނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ފުރުސަތު ހަމަޖައްސައިދޭން އެދި އާއިލާގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް، އެ ސިޓީއަށް އާއިލާއިން ޖަވާބެއް ނުދިން ކަމަށް ކޮމިޝަނުން ބުންޏެވެ.
އޭގެފަހުން ވެސް އާއިލާގެ އެކި މެންބަރުންނަށް ގުޅައިގެން ކުރި މަސައްކަތުން ވެސް ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބޭނެ ގޮތެއް ހަމަނުޖެހުނު ކަމަށް ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައި ބުނީ ޔުމްނުއަށް އިންސާފު ހޯދުމަށް އާއިލާއިން އެދޭއިރު، އިންސާފު ހޯދަން ޔުމްނުގެ ބަހެއް އޮތީ މުހިންމުވެފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ ބަހެއް ނުލިބި ކޮމިޝަނުގެ ރިޕޯޓް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށެވެ.
ނަމަވެސް، ކޮމިޝަނުން ކުރި ތަހުގީގުން ލިބުނު ހެއްކާއި ގަރީނާތަކަށް ބަލާއިރު، ޔުމްނުގެ ބަހެއް ނުލިބުމަކީ ތަހުގީގުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި ކޮމިޝަނުން ކުރި ތަހުގީގުން ހޯދަން ޖެހުނު ހަގީގަތް އުނިކަމެއް ނެތި ހޯދުނު ކަމަށާއި ތަހުގީގުގެ މަގުސަދު ފުރިހަމައަށް ހާސިލުކުރެވުނު ކަމަށް ކޮމިޝަނުން ބުންޏެވެ.
ތަހުގީގަށް ފަހު ކޮމިޝަނުން ބުނެފައިވަނީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ. ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުން ކަމަށާއި، އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޯޔަރު
18 June 2025
ޔުމްނު ބަޔާން ދިނުމަށް އިންކާރު ކުރުމުން އެއިން ދޭހަވީ ޔުމްނު ވެސް ޤަބޫލުކުރެއޭ އެރޭ ވީ ކަމެއް ވީ ޔުމްނުގެ ވެސް ކުށުންކަން.. ބަޔާން ދޭން ވެއްޖިއްޔާ ވާނީ އިތުރަށް ފަޟީޙަތްކަން.. ބެދޭނީ އިތުރު މަޅިއެއްގައި ކަން.. އިންސާފު ހޯދަން އަމިއްލައަށް ބަސް ބުނަން ނުކެރެނީ، އެކަމުގައި ބޭއިންސާފުން ކަމެއް ހިނގާފައި ނުވާތީ..
ހަގީގަތޭ
18 June 2025
ހަގީގަތް ހޯދުނޭ !؟ "ޔުމްނުގެ ބަހެއް ނުލިބުނަސް ކޮމިޝަން ރިޕޯޓްގެ ފުރިހަމަކަމަށް އެއްވެސް އުނިކަމެއް ނާއްނާނޭ" ތިވަރުން ކޮމިޝަންގެ ރެޕޯޓް އޮންނާގެގޮތް ވަރަށް ސާފުނުންތޯ !
ޔާސިރް މޮޒްނބިކް
18 June 2025
އެކަމަކުވާދޯ. ޓީވީއަށްއަރާ ލައިވްކޮށް ޔުމްނުގެ ދައްތަ މުޅި ގައުމަށް އޮޅުވާލި އޮޅުވާލުން ފަލީހަތްވެގެން މިދިޔައީ. އެއީ ހައުދަހާ ނުބައ އަންހެނެއް. މިފަދަ މީހުންގެ ކިބައިން މިގައުމު ސަލާމަތްކުރައްވާށި.
ހަސަންދީ(ލ)
18 June 2025
ދެލޯފުޅާ ލާރިހޯދަން، މިކަހަލަ ފުރުސަތެއް މަދުވާނެނު!
ހިލްމީީ
18 June 2025
މިއީ ވަރަށް ދެރަވަރުގެ ކަންކަން. އާއިލާއިން މިފަދަ ކަންކަމުގައި އޮޅުވާލާތީ މައްސަލައަކީ. އަންހެން ކުއްޖާގެ ކުރިމަގަށް ވިސްނިޔަސް އެނގޭދޯ ދޮގުހަދައިގެން ވާނެ އެއްވެސް ކަމެއް ނޯންނާނެކަން.
އާސިމް ރިޒާ
18 June 2025
މިހެންވެ ބުނަނީ ޔުންނުގެ އާއިލާއިން ހަދަނީ ހުސް ދޮގޭ.
ށސ11
18 June 2025
އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ އުފުލާ
ކުއްޖާއެއްނޫން
18 June 2025
އަންހެންމީހާ ވެއްޓުނީ ތިމާގެ އަމަލުތައް ބެހެއްޓިގޮތުން އެހެންވީމާ އަމިއްލަ ނަފުސު (ގަސްތުގައި ނޫން) އަމަލުވެގެން ހުރެ ގެއްލުމަށް ހުށައެޅީތީ އަދަބުދޭންޖެހޭ. އަދި ދެން ހިންގި އަމަލުތަކަށް ވެސް ދެމީހުނަށްވެސް އަދަބު ދޭން ޖެހޭ.
މާލު
18 June 2025
ރިޕޯޓް ތިއޮތީ ފުރިހަމަޔަށް، ޔުމްނުއާ ޔުމްނުގެ އާއިލާއިން މިކަމަށް އެއްބާރުލުން ނުދެނީ ޔުމޮނު .. ަ އުޅުނުކަން ފަޅާ އަރާ އެމަންޖެ ފަޟީހަތް ވެދާނެތީ... ވަރަށް ސަލާމް
ހަމަހޭވެރިކަން
18 June 2025
ހަމައިގަ ނުތިބޭއިރު ކުރެވޭކަންތައް މީހުން ހަނދާނެއް ނުހުންނަނެ. އެފަދަ ހާލަތެއްގަ ތިބޭއިރު ދޫންޏެއްހެން އުދުހިވެސްފާނެ މަހެއްހެން ފީނާވެސްފާނެ އެކަމަކު އެކުރާކަމަކުން ނަފްސައް ކިތަންމެ ބޮޑު ގެއްލުމެއްވެސްވެދާނެ. ހަމަހޭވާއިރު ކުރެވުނުކަމެއްގެ ބޮޑުބައި ހަނދާނެއްނުހުންނާނެ. ދެން ކޮންފައިދާއެއްވާނީ އެފަދަމީހެއްގެ ފަރާތުންލިބޭބަޔާނަކުން.
ބުނާ
18 June 2025
ޑީލެއް ހަދާފަ ތިއޮތީ!! އެއީ އެހާ ބާރުގަދަ ބަޔަކީތަ! ކޯޓް އަމުރެއްވެސް އެކަމުގަ ނުނެރެވޭތަ! އެހެން ކަންކަމުގަ ގޭގޭ ދޮރުވައްޓާލާފަވެސް ވަދެވޭ! ރައީސުލްޖުމުހޫރިއްޔާގެ ކޮމިޝަނަށްވުރެވެސް ގަދަބާރެއް ލިބިފަ ތިއޮތީ އެމީހުންނަށްދޯ! ރައްޔިތުން ގުނބޯހައްދަން މިވަރެއް ނެތް!!!