ޔޫކޭއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް ވެލާނާ އެއާޕޯޓުގައި. --ފޮޓޯ: ރައީސް އޮފީސް
15 ޖުލައި 2025 - 19:55
މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ އެވެ،" އެ އޮފީހުން ބުންޏެވެ.
އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ހާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. މި އަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލުތައް
16 July 2025
އަރިހުގައި ކިތައް ބޭފުޅުންތޯ މިފަހަރު.
ރމ2028
16 July 2025
އިރާދަ ކުރެއްވިއްޔާ މި ދަތުރު ނިމިގެން އަންނާނީ ދިވެޙީންގެ ރާއްޖެ ހެއްވާލާފާ!!! ހެހެހެހެހެހެ. ހެޕީ. އިންޝާﷲ ރމ2028. މީ މިހާތަނަށް މި ގައުމުދުއް އެންމެ ހިންގުންތެރި، އެންމެ ކެރޭ، ގިނަ ރައްޔިތުންތަކެއް އެންމެ ބޮޑަށް ހެއްވާލަ ދެއްވި ރައީސް. ރމ2028
ޑރ ވާންޗޯ
16 July 2025
ދަށުފަންތީގެ ބައްދަލުވުމަކަށް ރައީސް ވަޑައިގެންނެވި ތަނަކީކޮބައިތޯ.
ރިޒާބެ
16 July 2025
މިފަދަ ދަތުރުތައް ވަރަށް މުހިންމު. މިއިން ނިކުންނަ ހަމައެކަނި ނަތީޖާއަކީ އެއްބަޔަކު އަނެއްބަޔަކާމެދު ކުރާ އިޙްތިރާމް އިތުުރުވުން. އިހުނަށްވުރެބޮޑަށް އެއްބަޔަކު އަނެއްބަޔަކުދެކެ ލޯބިވުން. ދެގައުމުގެމެދުގައި މިއޮންނަ ޢާއިލީގުޅުން ވަރުގަދަވުން. އިގްތިސާދީގޮތުން ގައުމު އަނދަވަޅަކަށްވެއްޓިފައިވާއިރު ގައުމަށް މިއަށްވުރެ މުހިންމުކަމެއްނޯންނާނެކަން ކަޝަވަރު. ޝުކުރިއްޔާ ރައީސް. އެންމެ ބޭފުޅުން އަތްޖައްސަވާ.
ފޫހި
16 July 2025
ހެޔޮ ނުވާނެ ތިޔަވަރަށް ދަތުރުތައް ނުކޮށްބަލަ. ޑޮލަރު ހުރީ އަތްނުފޯރާ ހިސާބުގަ. ޕްލީސް
ހޫހި
16 July 2025
ޑޮލަރަށް އަތާއި ފައިވެސް ފޯރާ. ތިބާއަށް އަތް ފޯރުވަން ނޭނގުމަކީ ސަރުކާރުގެ މައްސަލައެއްނޫން
ކޮލަމާހުއްޓާ
16 July 2025
ހެސްކިޔާފަ ދަތުރުކުރަނީ. ރައްޔިތުމީހާ މިޖެހެނީ 20ރ އަށް ޑޮލަރުގަންނަން. ގަމުމަށް އައި ހެޔޮބަދަލެއްފެންނާކަށް ނެތް.
އެޑްމުންޑޯ
16 July 2025
މިފަދަ ބައްދަލުވުންތަކަށް އަސްލު ވަޑައިގަންނަވަންޖެހޭނީ ނައިބުރައީސް ، މިއީ މަގޭ ޚިޔާލު ، ފަހަރެއްގައި އެހެންމީހުންގެ ޚިޔާލް ތަފާތުވެދާނެ . ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ނައިބު ރައީސް މިފަދަ ބައްދަލުވުންތަކަށް ވަޑައިގަންނަވާތަން ފެންނަނީ ، އެކަމަކު މިރާއްޖޭގައި ރައީސް ހުރިހާ ކަމެއްގައި އުޅުއްވާތަން މިފެންނަނީ ،
ދަސް
16 July 2025
ދޮންކަލޯ މިގައުމުގައި ތޯ ތިއުޅެނީ. ނައިބު މީހާވެސް ދަތުރު އަޅާ އަޅާ ވަރުބަލިވެގެން އުޅެނީ.
ވާންޗޯ
16 July 2025
ލަންކާ އެއް ވީ ގޮތް ވަނީ މި، ބަޑަށް ޖެހެނީ
ކޯއް
16 July 2025
ޖެހޭކަށްނެތް. ޖެހިނިމިއްޖެ. މި މީހުން ކައިފަ ގުޔަށްލާއެތިކޮޅުވެސް އަހަރެމެންނާ ހަމައަށް ނާދޭ.
ވާންޗޯ
16 July 2025
3ބަރު އެބަ ޖައްސާ، ކީކުރަން ކުރާ ސަލާމް އެއްތައް
ވާންޗޯ
16 July 2025
ކީކުރަން ތައް އެވަރަށް އެމީހުން ލަވާ ސަލާމް އެއް ކުރަނީ، 3 ބުރު ޖަސާ އެއްބަ