ޚަބަރު / އިމިގްރޭޝަން

ޔޫކޭ ކޯޓަކުން ހުކުމްކުރި މީހާއަކީ ދިވެއްސެއް ނޫން: އިމިގްރޭޝަން

ޖިންސީ ގޯނާގެ މައްސަލައެއްގައި ޔޫކޭގެ ޖަލަށްލި ކަމަށް ބުނާ މީހާ: މިއީ، ދިވެއްސެއް ނޫން ކަމަށް އިމިގްރޭޝަނުން ބުނި.

07 އޯގަސްޓް 2025 - 20:59

33 comments

ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސިވިލާތުގެ ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.

ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ޖަލަށްލާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިންނެވެ. އެ ނޫހުން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލަށްލާން ހުކުމްކުރި ރާއްޖެއަށް ނިސްބަތްވާ މީހަކީ ސުންދަރަލިންގަމް ކޫޑަލިންގަމް، 36 އެވެ.

ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެ މީހާއަކީ ދިވެއްސެއް ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ މީހާއަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ މީހާއަކީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރި އިންޑިއާ މީހެކެވެ.

އިމިގްރޭޝަނުން ވަނީ، މިފަދަ ކަންކަމުގައި ސައްހަ ނޫން މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށްފަ އެވެ.

33 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 19%
icon wow icon wow 25%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ ވާންޗޯ

08 August 2025

ޔޫކޭގެ ނޫހަކުން ދިވެހިރާއްޖެއާ ދިވެހިންގެ އަގުވައްޓާލާއިރުވެސް ލޯކަލް ނޫސްތަކުގަ އެއީ ދިވެއްސެއްނޫނޭ ބުނެފަ ފުއްދާލައިގެން ސަރުކާރު އޮންނަންވީތޯ؟. ތިގޮތަށް ކަންތައްކުރާނަމަ ދިވެހިންނަށް މަޖުބޫރުވާނެ ބިދޭސީންނަށް ވަލުދޮރާށިން ދިވެހިޕާސްޕޯޓު ވިއްކާކަމަށް ގަބޫލުކުރަން.

The name is already taken The name is available. Register?

ޣާނާ

08 August 2025

ޕާސްޕޯޓް ވިއްކައިގެންވެސް ހޯދޭގޮތަކާށް ފައިސާ ހޯދަނީ. ޜަގަޅު ވެރިކަމެއް

The name is already taken The name is available. Register?

މިހާލި

08 August 2025

މޫސުމާބެހޭ އިދާރާ އިން ބުނާ އެއްޗަކައް މި މަޑުކުރަނީ

The name is already taken The name is available. Register?

މުންކޯ

08 August 2025

މީނަ ދިވެއްސެކޭ ބުނަންޖެހުނު ސަބަބު ހޯދަންވީ

The name is already taken The name is available. Register?

މޯދީ ހޯދީ

09 August 2025

ދިވެއްސަކާ ކައިވެނިކޮށްގެން އުޅެނީބާ؟

The name is already taken The name is available. Register?

ޢެޑްމުންޑޯ

08 August 2025

ކޮންބަޔަކުބާ ސައްޙަނޫން ބަޔާން ނެރެނީ ، ދެންވެއްޖެއެއްނު ސައްޙަބަޔާނެއްނެރެ މީޑިޔާތަކަށް ނުވަތަ ރައްޔިތުންނަށް އެކަންހިގާފައިވާގޮތް ސާފްކޮށްދޭން

The name is already taken The name is available. Register?

ދައުވާކުރޭ

08 August 2025

މިގައުމުއް ތިހަބަރެއް ފަތުރައިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ތިނޫސްތަކާ ދެކޮޅައްދައުވާ ކުރޭ.

The name is already taken The name is available. Register?

2025

08 August 2025

މިސޮރަށްވާނެ ވަރުގަދަ ލަގާއެއްދޭން.. މައުސޫމް ދިވެހިރާއްޖޭ އަގުވައްޓާލަަފިޔޭ......ބޮއިހަލަކި

The name is already taken The name is available. Register?

ޑަކު

08 August 2025

އެހެނަސް ގޭދޮށުސޮރަކާ ހާދަ ވައްތަރޭ.

The name is already taken The name is available. Register?

އަބްޑޫޅް +

08 August 2025

އިމިގުރޭސަނުގަވެސް އިގިރޭސި ކިޔަން އެނގޭ މީހަކު ނެތީ.

The name is already taken The name is available. Register?

އަބްޑޫޅް +

08 August 2025

މައްސަލަ އަކީ، ކަލޭމެންގެ އިގިރޭސި ބަހުގެ ފެންވަރު ދަށްކަން. ޑޭލީ މޭލު ނޫހުގައި އޮތީ، މަސާޖުކުރާ މީހެއް ކަމުގައިވާ، ސުންދަރަލިންގަމް ކޫޑަލިންގަމް، 36، މިރަށަށް (އިގިރޭސި ވިލާތަށް) އައީ ދިވެހިރާއްޖެއިން، 2021 ވަނަ އަހަރު ކަމުގައި. އޭނާ އަކީ ދިވެއްސަކު ކަމުގައެއް، އެ ނޫހަކު ނެތް. އިހަކަށް ދުވަހު، މޮޑީ، ނަމަކަށް ކިޔާ މީހަކު ރާއްޖެއިން އިންޑިޔާއަށް ދިޔަކަމުގަ އިންޑިޔާގެ ނޫސްތަކުގަ އޮތް. އޭގެ މާނައަކީ މޮޑީ އަކީ ދިވެއްސެކޭ ނޫނޭ. ގަމާރު ނުވެބަލަ.

The name is already taken The name is available. Register?

މަބުނީ

08 August 2025

އެހެންޗީމަ ކޮވިޑް ކަރަންޓީނު މިގައުމުގައި ފުރިހަމަކުރި މީހަކަށް ވެދާނެ

The name is already taken The name is available. Register?

ޝަކް

08 August 2025

ތިޚަބަރު މުޅިން ނުކިޔަންދޯ؟ އޭގައި އެބައޮތް " ހީ އިޒް އޮރިޖިނަލީ ފްރޮމް މޯލްޑިވްސް" އޭ ކިޔާފައި.

The name is already taken The name is available. Register?

ޞަރަބޯ

08 August 2025

“އިމިގްރޭޝަނުން ވަނީ، މިފަދަ ކަންކަމުގައި ސައްހަ ނޫން މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށްފަ އެވެ.“- މިހެން ކިޔާފައި ދިވެހިން ބަޔާން ނެރުނީމަވޭ؟؟ ތިހަބަރު އޮތީ ހަމައެކަނި ޔޫކޭގެ އެންމެ ނޫހެއްގައިއެއްނޫން. ކޮބާތަ ސަފީރު؟؟ ބޯހަލާކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454