ކަމަދު އަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މޯލްޑިވިއަން އެެއާލައިންގެ އެމްޑީ އިޔާސް (ވ) އާއި ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު އަމަން ފޮޓޯއަކަށް ހުއްޓިވަޑައިގެން.
11 އޯގަސްޓް 2025 - 11:46
ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ހޯކްސް ހޮޓެލްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކަމަދޫގައި މި ހިދުމަތް ފަށަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނު ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ކަމަދުއަށެވެ.
ކަމަދޫގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި، މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަން އެވެ.
ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ކަމަދުއަށް އީދާއި ބޮޑު ޗުއްޓީ ފަދަ ބަންދުތަކުގައި ގިނަ ބަޔަކު މިހާރު ވެސް ޒިޔާރަތް ކުރެ އެވެ. އެ ރަށުގައި ސީ ޕްލޭން ހިދުމަތާ އެކު، ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް ކަމަދޫ ކައުންސިލުން ދެކެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ، ކަމަދޫ ސްކޫލުގައި ގާއިމްކުރާ އާ އިމާރާތުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.
ކަމަދޫގައި މިއަދު ވަނީ ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭ އޭޓީއެމްގެ ހިދުމަތް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
11 August 2025
ތަފާތު އެބަފެނޭ. މިސަރުކާރުގައި މިފެންނަނީ ރައީސް ވަޑައިގެން އޭޓީމް ހުޚުވާތަން. ޔާމީން ސަރުކާރުގައި ފެނުނީ ރައީސް ވަޑައިގެން އެއަރޕޯޓާ ބަނދަރުތައް ހުޅުވިތަން. ބިންގާ އަޅާތަނެއްނުފެނުނު.
އެޑްމުންޑޯ
11 August 2025
ކުދިންނޭ ތިކުރާ ސޮއި އެކޭ ކަނޑުގެ އަޅާ ރޮގެކޭ ވާނީ އެއްވަރު
މުފައްކިރި
11 August 2025
ކަމަދޫއަށް ސީޕްލޭން ދާކަށް ނުޖެހޭނެ. ރިޔަލުދޯނީގަ ދަތުރުކުރަން ޖެހޭނީ.
ފަކީރު
11 August 2025
ކަމަދޫއަށް ރަނގަޅު ކަމެއްވީމަ ހާދަބޮޑަށް ތި ބާރުކުރީ؟ ހިލޭބޭސްފަރުވާ ލިބިފަ ބިސްކޭސް އެރަށުމީހުނަށް ލިބޭތީވެ ކަމުނުދިޔައީ ދޯ؟ ދެންވެސް ތިހެންނުކިޔަ ކަމަދޫ ރަށްވެއްސަކަށްވެވޭތޯ ބަލާބަލަ
އަޅިމް
11 August 2025
ކަމަދޫ ގެސްޓްހައުސް ތަކައް ހޯކްސް އިން އެއާ ޓެކްސީ ފަށާތީ އެޖަންވެސް ސަރުކާރުން ކުރި ކަމަކައް ހަދާލާ ރިބަން ކަނޑާލީ
1828
11 August 2025
މިސަރުކާރު ހިތުން ވަރަށް މޮޅަށްކުރާކަމެއް ތިއީ، އޭޓީއެމް ބެހެއްޓުން. މިހާރުވެސް މީހުން ނަގުދު ފައިސާ ގެންގުޅޭލެއް އެހާމެ މަދު. ދެެން ކޮބާ އޭޓީއެމްއެއް ބެހެއްޓުމުގެ ބޭނުމެއް؟
މޯޑޭ
11 August 2025
މޯލްޑިވިއަން އައް ގެއްލުންއަބަދުވަނީ، މިކަހަލަދެކޮޅު ނުޖެހޭ ކަންތައްކުރާތީ ! ލާރިލިބޭ ރިސޯރޓް ކޮންޓްރެކްޓް ނުހޯދާ ސިޔާސީ އެންގުމައް ކުރާ މިކަހަލަ ކަންތަކުން !
ވިނަރެސް
11 August 2025
މިގޮތައް، ބެންގަލޫރުވެސް ފެށި މީގެ ދެމަސްކުރިން. ހަނިމާދޫން ބެންގަލޫރައް ކުޑަ އެޓީއާރު ބޯޓުގަ ކޮންމެވެސް ގެސްޓުހައުސް އަކުން ބުނެގެން ކަމައްވަނީ؟؟؟ ދަތުރުކުރީ 2 ހަފްތާވަންދެން، ގެއްލުންބޮޑުކަމުން ހުއްޓާލަންޖެހުނީ....
އަފްރާސިޔާބު
11 August 2025
މޯލްޑިވިއަނަށް ގެއްލުންވާނަމަ ކިހިނަކުން ވައިޑް ބޮޑީ އެއަރކްރާފްޓް ގެންނާނީ. ގެއްލުންނުވާތީ ބޯޓުތައް އިތުރުކުރަމުން ބޮޑުކުރަމުން އެގެންދަނީ. ތިޔަ ގެއްލުން ފެންނާނީ ފެއަރ އަގުހެޔޮކުރަންޖެހިދާނެތީ. އިންޑިޔާގެ ބެންގަލޫރަށް ދިއުމަށްވުރެ އަގު ބޮޑު ލާމު އަތޮޅަށް ހުވަދު އަތޮޅަށް ފޯއްމުލަކަށް އައްޑިއަށް ދަތުރުކުރުން މަތިން. މިހަތަރު އަތޮޅު ރާއްޖޭގެ ޗާޓުން ފޮހެލަނިކޮށް އިންޑިއާގެ ބެންގަލޫރެކޭ އެއްގޮތްވާނެ.