ބާސެލޯ ނަސަންދުރަ ކައިރީގައި ހުރި ކުނިތަކެއްގެ ރޯވި ހާދިސާގައި އިމާރާތެއްގެ އޭސީ އައުޓްޑޯ ޔުނިޓް ވިރިފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
18 ސެޕްޓެމްބަރ 2025 - 11:00
ބާސެލޯ ނަސެންދުރާ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވެފައިވަނީ އަމީރުއަހްމަދު މަގުން، ބާސެލޯގެ އިރުމަތީ ފަރާތުގައި އެއްކޮށްފައި ހުރި ކުނިތަކެއްގަ އެވެ.
މިހާރު ވަނީ އަލިފާން ނިއްވާލާފައި ކަމަށާއި މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ ހެނދުނު 10:38 ގަ އެވެ. އަދި ސިފައިން ގޮސް ކުރި މަސައްކަތުން 10:49 ގައި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ބާސެލޯ ނަސަންދުރަ ކައިރީގައި ހުރި ކުނިތަކެއްގެ ރޯވުމުން އަލިފާން ނިއްވަން އެތަނަށް ދިޔަ ފަޔަ އެންޑް ރެސްކިއުގެ ވެހިކަލެއް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފުރަތަމަ ޚަބަރު ލިބުނު އިރު، ނަސަންދުރާގައި ރޯވި ކަމަށް ރިޕޯޓްކުރި ނަމަވެސް އިމާރާތަށް އަލިފާނުގެ އަސަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުނި
18 September 2025
ކުނި އެއްކޮށްފަ ހުރީ ކޮން ބައެއް؟ މި ހަބަރު ފުރިހަމައެއް ނުވޭ