ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ގޮއިދޫ ރައްޔިތުންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
13 އޮކްޓޯބަރ 2025 - 20:57
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން ގާތަށް ދަތުރުފުޅުތައް ކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދައިދިނުމާއި ރައްޔިތުން ބޭނުންވާ އިތުރު ކަންކަން ރައްޔިތުންގެ ފަރާތުން އަޑު އައްސަވައި އެ ކަންކަން ވެސް ކޮށްދިނުމަށް ކަމަށެވެ.
އެ ކަންކަމުން ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުގައި ނެތް، ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ޝައުގުވެރިކަމެއް. ހުރިހާ ފޯކަސްއެއް ހުރީ ނަތީޖާ ނެރެދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ގޮއިދު އަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ އޭގެ ތެރޭގައި ރައްޔިތުންނަށް މީގެ ކުރިން ނުވެފައި ހުރި ކަންކަމާއި ރަނގަޅަށް ނުގޮސް ހުރި ކަންކަން ބަލައި އެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.
މި އަހަރާއި އަންނަ އަހަރު ފެންނަނީ ހުރިހާ ރަށަކަށް ވެފައި ހުރި ވައުދުތައް ފުއްދަވަމުންދާތަން ކަމަށް ރައީސް ވިދާޅުވި އެވެ.
ގޮއިދު އަށް ރައީސް ވަޑައިގެން ވަނީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކޮށްފަ އެވެ.
ރައީސް މިއަދު ގޮއިދުއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުތް އެ ރަށުގެ ރައްޔިތުން.-- ފޮޓޯ: ރައީސް އޮފީސް
- 8 ކްލާސްރޫމްގެ މަސައްކަތް ނިންމައި އަންނަ ދިރާސީ އަހަރު ބޭނުންކުރަން ފަށާނެ.
- ފުޓްބޯޅަ ދަނޑު ހެދުމުގެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުން.
- ވޯލީކޯޓާއި ހޭންޑްބޯލަ ކޯޓު ހެދުން.
- ގޮއިދުއަކީ ދަނޑުވެރި ރަށަކަށް ވުމުން ދަނޑުވެރިންނަށް ބޭނުންވާ ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
14 October 2025
ނަތީޖާ ނުކުންނަ ވަރުން ވަރު ބަލި ވެއްޖެ.
އެހެންތަ
14 October 2025
އެހެންވެ ދޯ ބޭސް ގުޅައެއްވެސް ނުލިބިގެން މިއުޅެނީ. ވާހަކަ ވަރަށްރީތި
ޔާނިސް ސައީދު
14 October 2025
ހަމަ ހަގީގަތުގައިވެސް ދަރުވާލާފައިވާ ރާއްޖެ ނަގާ ކޮޅަށް ޖެހުމަށް ތިޔަ ކުރައްވާ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން، ގައުމު ދަނީ އަމާން ބަނދަރަކަށް ކަން އިހުސާސް ކުރެވޭ
މީހުން ވާ ނުވައްދާ!
14 October 2025
މަގާމްގެ ކުރި އެރުން ބޭނުންވާނަމަ ދާން ޖެހޭ ގޮތް އިނގޭ ދެއްތޮ؟
ބުރަދުވަސް
14 October 2025
ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ބޭސްފިހާރަތަކުގެ ފައިސާނުދީ ހިފަހައްޓައިގެން ހުންނެވުމަކުން ރަނގަޅު ނަތީއެއް ނެރެވޭނެ ކަމަކަށް ނުބެލެވޭ.
ޢަލީ ކުރުސީ
14 October 2025
ނަތީޖާ އެކަންޏެއް ނޫނެއްނު ނެރެނީ! ބޮޑެތި ސިނގިރޭޓު ކޮންޓެއިނަރުވެސް އެބަ ނެރޭނު!
އަބުދުލް ޤާދިރު
14 October 2025
ތިޔަހާ ޝައުޤުވެރިކަން ހުރެގެން މިހާތަނަށް ނެރެދެއްވި ނަތީޖާ ކޮބައިތޯ؟
ކުޑަހުވަދޫ 2.0
14 October 2025
ނަތީޖާ ނެރެން މަނިކުފާނަށް އޮތީ ކޮން ކޮންޖެހުމެއް ތޯ؟ ވެރިކަމުގައި ތިހުންނެވީ މަނިކުފާނު.ަ މަޖުލީހުގެ75 މެމްބަރުން މަނިކުފާނުގެ ޕާޓީގައި. ޖުޑީޝަރީ މަނިކުފާނުގެ ފުލް ކޮންޓްރޯލްގައި. ނަތީޖާ ނެރެވޭތަނެެއް ދިވެހިންނަކަށް ނުފެނީ. ފެންނަނީ ބީ.އެމް.އެލް އިން އޭޓީއެމް ބެހެއްޓީމައި އެ ހުޅުއްވައި ދެއްވުމަށް ރެބަން ފަށް ކަނޑާމަންޒަރު. ކުޑަހުވަދޫ އަކީ މާކަ ބޮޑު ރަށެއްނޫން. 02 އަހަރުވާން ދަނީ މިސަރުކާރަށް. އަދި އެންމެ މަގެއްގައިވެސް ތާރުނޭޅޭ.
ަސަސި
13 October 2025
ވަރަށް ފުރިހަމަ މިސާލެއް އެއީ ކޮންޓޭނަރއަށްވެސް ހިލަމެއްނެތި އޭގަ ހުރި ސާމާނުތައް ފިލައިގެން ދިޔުމަކީ
ޑިސްއޮނަރަބަލް ޑީޑީ
13 October 2025
ނަތީޖާ ނެރެންޏާ ނަތީޖާ ނެރެވޭމީހުން މަގާމުތަކަށް މަތިކުރާންވާނީ. އަނގައިން ވަކިއެއްޗެކޭ ބުނެފާ ދިމާ އިދިކޮޅަށް އަމަލުކުރާމީހުންނަށް ދީނީގޮތުން ކިޔާއުޅޭ ލަފުޒެއް އޮންނާނެ. އެ ލަފުޒު ބޭނުންކޮށްފިއްޔާ މި ކޮމެންޓު ޖަހައެއްނުދޭނެ.
ކަމަކުނުދޔޭ
13 October 2025
ނާގާބިލް މީހުނަކަށް ނުވާނެ. ހުސް ވާހަކަ ދައްކާ ބައެއް. މުސާރަ އާއި ޖާހާއި އަރާމް ބޭނުންވާ ބައެއް.