ރައީސް ޑރ. މުހައްމަދު މުއިއްޒު ނަރުދޫގެ ބައެއް މީހުންނާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
15 އޮކްޓޯބަރ 2025 - 12:57
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ށ. ނަރުދުއަށް ވެވަޑައިގަތް ހުރިހާ ވައުދެއް ފުއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަރުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ފަހިވާ ހުރިހާ ކަމެއްގައި ރައްޔިތުން ބޭނުންވާ ގޮތަކަށް އެކަންކަން ކުރިއަށް ގެންދަން ކަމަށެވެ.
ނަރުދޫގައި މިއަދު ވަނީ ތިން މަޝްރޫއުއެއް އަލަށް ފަށައި ދެ މަޝްރޫއެއްގައި ސޮއިކޮށްފަ އެވެ. އެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ހުރިހާ ވައުދެއް ވެސް ފުއްދަވައި ދެއްވާނެ ކަަމަށެވެ. އެ ރަށުގައި މިއަދު ފެށި ސްކޫލްގެ ހަތަރު ބުރީގެ އިމާރާތުގެ މަސައްކަތް ވެސް މި މަސްތެރޭ ބަޔަކާ ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަނގަޅު ފެންވަރުގެ ފުޓްބޯޅަދަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށައި މި އަހަރު އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.
އޭގެ އިތުރުން އެ ރަށަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ނަރުދަމާގެ މައްސަލަ އާއި ބަނދަރުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން އަންނަ މަހު ފަށައި ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ނިންމައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
- ބަނދަރު ފުޅާކުރުން
- ގޮނޑުދޮށް ހިމާޔަތް ކުރުން
- ގޯތި ދިނުން
- ފުޓްސަލް ދަނޑު މަރާމާތު ކުރުން
- ހޭންޑްބޯލް ކޯޓެއް އެޅުން
- ހެލްތު ސެންޓަރުގެ މަސައްކަތް 16 ގަޑިއިރަށް ބަދަލުކުރުން
- ކައުންސިލް އިމާރާތުގެ ބިންގާ އެޅުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމި
15 October 2025
200 މީހުން ހަމަ ނުވާ ރަށެއް. އެތައް މިލިޔަން ހަރަދު ކުރުމުގެ ބަދަލުގައި އެއަރޕޯޓް ތިއަޅާ މިލަންދޫ ގައި ގެ އަޅާދީފަ އެރަށަށް ބަދަލު ކޮށްބަލަ
މެންދޫ އެއަރޕޯޓް
15 October 2025
މެންދޫ އެއަރޕޯޓް
އާދިމް ރިޒާ
15 October 2025
މީގެ ސަބަބުން ދެން އަހަރުމެން އަތޮޅުގެ އެހެން ރަށްރަށަށް ހާއްސަކޮށް މާލެއަށް ބޮޑު ދަތުރު ހަދާފަ ކަންމުގައި ދާކަށް ނުޖެހޭނެ. ބޮޑު ލުޔެއް ލިބިގެން މިދިޔައީ.
އާނިމް މުހައްމަދު
15 October 2025
މިހެންވެ ބުނަނީ މުއިއްޒް ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރާނެޔޭ. އެކަން މި ފެންނަނީ. އަލްހަމްދުލިﷲ
އަހްމަދު އަރީފް
15 October 2025
މި ރައީސް ރައްޔިތުން އެދޭ ކަންކަން ކޮށްދޭނެކަން ހަމަ ޔަގީން.