ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަޔަކާ ސަލާން ކުރައްވަނީ.
20 އޮކްޓޯބަރ 2025 - 09:30
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު އެ އަތޮޅަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، އެ އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށަށް އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
އެއީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދު އެވެ.
ރައީސް މިއަދު ހެނދުނު ފުރަތަމަ ވަޑައިގަތީ މާވަށަށެވެ. އޭގެ ފަހުން ހިތަދޫ، ކުނަހަންދޫ، ފޮނަދު އަށް މިއަދު ވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީން އަބްދުﷲގެ ދާއިރާ ހިމެނޭ ފޮނަދޫގައި މިރޭގެ ބޮޑު ޖަލްސާ ބާއްވާނެ އެވެ.
"އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒު ލ. އަތޮޅަށް ވެސް މި ވަޑައިގަތީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މިދިޔަ ހަފުތާގައި ވަނީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޝަތް މާހާ
20 October 2025
މިހެން ވާންޖެހޭނެ. ރައްޔިތުން މަތިން މަގާމަށް އާދެވުނަސް ދާންވާނެ. ހަދާން ނައްތާލައިގެން ނުވާނެ
ހަސަންދީ(ލ)
20 October 2025
ލ. އަތޮޅުގެ 2 ވަނަ އެއާރޕޯޓުގެ ކަންތައް ވަރަށް ހާޑުވެފައޮތީ. މާވަށާއި ހިތަދޫ ކުނަހަންދޫ މީހުންނާ މެދުގަ މައްސަލަޖެހިގެން އުޅެނީ. ހިތަދޫ ކުނަހަންދޫ މީހުން ބޭނުންވަނީ އެރަށް ކައިރީގަ އަޅަން. މާވަށުމީހުން ބޭނުންވަނީ އެރަށް ކައިރީ އަޅަން. ދެން މީގަ ސިޔާސީ މީހުންގެ މޮޅު ކަމަކީ ކޮންމެ ރަށަކަށް އަރާފަވެސް އެރަށު މީހުންކައިރީ ބުނަނީ އެރަށުގަ އަޅާވާހަކަ. ރިޔާސީ އިންތިހާބުގަވެސް ހެދީ އެހެން. މަޖިލިސް އިންތިހާބުގަވެސް ހެދީ އެހެން، މިފަހަރުވެސް ހަދާނީ އެހެން
މަ ބުނީ
20 October 2025
ލޮބުވެތި ރައީސްއެވެ، ހިކުމަތްތެރި ސާހިބާއެވެ، ލ އަތޮޅު އެއްއަތޮޅެއްގެ ގޮތުގައި އޮތުމުން އަތޮޅަށް ނިސްބަތް ކުރާނަމަ ލިބޭވޯޓު ހުތުރުވެ ހަޑިވެދާނެއެވެ. ވީމަ ލ. އަތޮޅު ބައިބައިކޮއްލައި ލ އަތޮޅު ދެކުނު ބުރި އަދި ލ . އަތޮޅު އުތުރު ބުރި ހަދަމާތޯއެވެ! އެއިރުން ހައްދުންމަތި ލ.އަތޮޅު އުތުރު ބުރި އަދި ދެކުނު ބުރި އޮންނާނެއެވެ. އެއިރުން ބޭނުންވާ ދިމާލަކަށް އަޅާލުއް މާހިކުމަތްތެރި ވާނެނޫންތޯއެވެ!