21 އޮކްޓޯބަރ 2025 - 14:47
ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، އެ ކަންކަން ކޮށްދެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މެންދުރު ފަހު އެ އަތޮޅު މާބައިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ރައްޔިތުން ކައިރިއަށް އެެމަނިކުފާނު ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވަން ކަމަށެވެ.
"[ރަށްރަށަށް ދަތުރުކުރަނީ] ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހަން. ރައްޔިތުން ބޭނުންވާ ކަންކަން ވިދާޅުވުމަށް ފުރުސަތު ދިނުމަށް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ރައްޔިތުން ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފަހިކޮށްދެވުމުން."
ރައީސް ވިދާޅުވީ މާބައިދުއަށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށެވެ.
އެ ޖަލްސާގައި ވަނީ މާބައިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި އެ ރަށުގައި ހުންނަ ލ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލް އިމާރާތްކުރުމުގެ އެއްބަސްވުމާއި ފުޓުބޯޅަ ދަނޑު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި ވޮލީކޯޓެއް ހެދުމާއި ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށާއި އޭރަށް އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހްމަދު އަސްނާ
22 October 2025
އަސްލުވެސް ރައްޔިތުންގެ ކަންކަން އަޑު އަހާ ވެރިޔެއް މިނޫނީ ނުދެކެން. ޙާއްސަކޮށް ވެރިކަމަށް އާދެވި ރައްޔިތުން ކައިރިޔަށް ޒިޔާރަތް ކުރި ވެރިޔެއް މި ނޫނީ ނުދެކެން.
ރިޒުހާން މުހައްމަދު
22 October 2025
މިދިޔަ އެއްވެސް ވެރިކަމެއްގައި އަޅުގަނޑުމެން މިޔޮށް ކުޑަ ރަށުން އެދުނު ކަމެއް އާދެ ރަށް ބޮޑު ނުކުރި އެހެން ވެރިކަމެއްގައި. މިއަދު މިސަރުކާރުން އެކަން ވަނީ ބަދަލްކޮށް ވަނީ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައި
ހަސަން ނިހާމް
22 October 2025
މީ ހަގީގަތުގައިވެސް ރައްޔިތުންގެ ރައީސް އެއް.
ޢަރުތަ
21 October 2025
މަމެން ތިބޭނަން ވޯޓުގެ ނަތީޖާ އަށް ބަލަން، އޭގެ ފަހުގަ ތިކަންކަމަށް އިތުރަށް އެއްޗެއް ބުނާނީ.
އައްލާ ބެއްޔާ
21 October 2025
އެއްމަޝްރޫއެއް ދެތިން ހަތަރު ފަހަރު އެބަފަށާ. މިދިޔަ އަހަރު ކައްދޫ އެއަރޕޯޓް ތަރައްގީ ކުރަން ޗައިނާ ކުންފުންޏަކާއެކު ސޮއިކުރި. މިދަތުރުގައި އެމްސީއެލް އާއެކު ސޮއިކުރި. ހުވާ މީވާ ވަރަށް މަޖާ ވެރިކަމެއް. ޢެކަނި ހުރެވެސް ހެވޭ.
ޙަސީ
21 October 2025
ޥަޓް އަ ޖޯކް!
ޖިބްރީލް އަމީން
21 October 2025
ރައީސް ރަށްރަށަށް ކުރައްވާ ދަތުރުތަކަކީ ރައްޔިތުންނާއި ގާތުން ވެރިއަކު ވެރިކަން ކުރާ ކަމުގެ ހެއްކެއް. މަޖްލިސް މެމްބަރުން ގެނެސްދޭ ނެރޭޓިވްސްގެ ހަގީގަތް އިނގޭނީ ގައުމުތެރެއަށް ނިކުމެ ރައްޔިތުންގެ އަޑު އަހައިގެން.
"ހަޤީޤީ މާނާގައި"
21 October 2025
ހަމަ "ހަޤީޤީ މާނާގައި" އޭ ކިޔާފައި ވެރިކަމަށް އައީ އަދި މިވެރިކަން ނިންމާނީވެސް "ހަޤީޤީ މާނާގައި" އަނގައިން...
އަފްރާސިޔާބު
21 October 2025
ބަލަ ރައީސް އެވަޑައިގަންނަވަނީ ހަގީގީ މާނައިގާ ޕްރޮޖެކްޓް ތައް ވަރަށް ބާރަށް ކުރިއަށް ކުރިއަށް ގެންދަވައި ނިންމަވަމުން. އެއަރޕޯޓް ތައް ރައްޔިތުން އެދޭ ގޮތަށް އަޅައި މަގުތައް ތާރު އަޅައި ފެނާއި ނަރުދަމާ ނިންމައި ރައްޔިތުން އެދޭ ތަރައްގީ ކުޑައެއް ބޮޑެއް ނުބަލައި ތަރައްގީ ކުރައްވަމުން. އަރާވަޑައިގަންނަވާ ކޮންމެ ރަށެއް ތަރައްގީކުރައްވައި ނިންމަވަމުން.
ނާޑުވާ
21 October 2025
ކޮންކަމެއް ކޮށްދެވިގެންތޯ އުފާވަނީ
1828
21 October 2025
ރަށްރަށް ދަތުރުކުރެވޭތީ. ދެން އިތުރުކޮން ކަމެއް؟
މަ ބުނީ
21 October 2025
މަ ބުނީ އާދޭސްކޮއްފައެދެންފުދިއްޖޭ ފެން އިސްތިއުފާދީ.