މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރަން ކޮމިޓީން ނިންމި މުހައްމަދު ފަރުޝަތު.
23 އޮކްޓޯބަރ 2025 - 12:50
މީޑިއާ ކޮމިޝަންގެ ރައީސަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިއާ ކޮމިޝަނުގެ ހަތް މެންބަރުންނާ ވެސް އިންޓަވިއު ކުރުމަށް ފަހު އެ ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ފަރުޝަތު ކަމަށެވެ.
އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވައިފަ އެވެ.
ކޮމިޓީން ފަރުޝަތުގެ ނަން ފާސްކުރި ނަމަވެސް، ރައީސަކަށް އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެކަމަކު ނައިބު ރައީސަކު ހޮވާނީ، މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.
މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސަކު އައްޔަންކުރަން މިއަދު ކުރި އިންޓަވިއުގައި ކޮމިޓީގެ މެންބަރުން ގިނަ ސުވާލުކުރެއްވީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ތަންފީޒުކުރެވޭނެ މިންވަރާ ބެހޭ ގޮތުންނެވެ.
އެ ގާނޫނު ތަންފީޒުކުރުމުގައި ރައްޔިތުން ހިތްހަމަޖެހޭ ވަރަށް މަސައްކަތް ކުރެވޭނެތޯ ވެސް އިންޓަވިއުގައި މެންބަރުން ސުވާލުކުރެއްވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުން ހޮވާ ހަތަރު މެންބަރުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށީކިޕިން
24 October 2025
ޔާންޓެ ސީޖީ އަށް ރަގަޅުވާނެ
ނޫސަންގު
23 October 2025
އެއްކަމިޝަނުން އަނެއް ކަމިޝަނަށް. ވަރަށް ނެޓްވޯކް ވަރުގަދަ.
ޒަޒާން
23 October 2025
މި މަގާމު ފަރުޝަތު ހޯދީ ހަމަ ނުހައްގުން. މި މަގާމަށް އެންމެ ރަނގަޅު މީހަކީ ސޮފާ. ފަރުޝަތު އިސްތިއުފާ ދީފަ ސޮފާއަށް ފުރުޞަތު ދެއްވާ.
ކަނބުލޮ
24 October 2025
ސޮފާއަކީ ބޮޓެއް. ޢެއްވެސް އެއްޗެއް ދަންނަ މީހެއްނޫން
ކުމާރިކާ
23 October 2025
ފަރުޝަތަކީ ހުރިހާ ފެނަކަށްދިރޭ މަހެއް ކަހަލަ ބޭފުޅެއް. މާނަޔަކީ މަތިން އަންގާ ހުރިހާ ކަމެއް ކުރާނެ. ހެވެއް ނުބަޔެއް ނުބަލާނެ. މަތީގަ ހުންނަ މީހާގެ ރުހުން ލިބުނީމަ ނިމުނީ. އޭރުން މަގާމުގަ ދެމިހުރެވޭނެތާދޯ؟ ދެން އަދި ވަރަށް އަނގަ ވެސް ގަދަވާނެ. އެކަމަކު އެހޭ ސަބްސްޓޭންޝަލް އެއްޗެއް ނުބުނާނެ.
ހަސަންދީ
24 October 2025
ކަލޯ ފަރުސަތު ދަންނަންތަ. ފަރުސަތަކީ ތިޔަ ވިދާޅުވާފަދަ ބޭފުޅެއްނޫން
ކައްދަ މޫސަ
23 October 2025
ފަރުސަތަށް މަރުހަބާ. ރައްޔިތުން ބޭނުންވާ ގޮތަށް ޒިންމާދާރު ބަޔަކަށް ނޫސްވެރިން ހަދާތި. ދޮގު ހެދުން ހުއްޓުވާތި. ކޮލިޓީ ނޫސްވެރިކަމަށް ބާރު އަޅާތި.
ސަރަފުއްޑީން
23 October 2025
ބޮޑުސަކަރާތެއްކަހަލަ މީހެއް. މިކަހަލަ މީހުން ގޮވައިގެން ގައުމު ދާނޯ ފަހަތަށް\
އާހިލް
23 October 2025
ފަރުސަތުބެއަށް މަރުހަބާ
ރަސްގެފާނު
23 October 2025
ކަންކަން ދަންނަ މޮޅު މީހެއް ފަރުސަތަކީ
އެޑަމް
23 October 2025
ފަރުސަތައް ވަރަށް ހޫނު މަތުހަބާ. ގާބިލް ރަނގަޅުމީހެއް
އާމްބެ
23 October 2025
ރަންރީނދޫ ޚިޔާލުގެ މީހުން މިފަދަ މަގާމުތަކަށް ލައިގެން މިކަމެއް ނުވާނެ.