ރާއްޖޭގައި އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ދަރިފުޅު ކައިރީގައި މަންމަ ހުއްޓިލައިގެން. ޓްރީޓޮޕްގައި އައިވީއެފް ހަދަން ފަށާފައިވަނީ 2023 ގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ނޮވެމްބަރ 2025 - 19:04
އައިވީއެފް ހެދުމަށް އެންސްޕާއިން މި އަހަރު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
އެ އެޖެންސީން ސޯޝަލް މީޑިއާގައި ރޭ ކުރި ޕޯސްޓުގައި ބުނީ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހާ ހަމައަށް 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ އަދަދު، މިދިޔަ އަހަރު ހުރީ 4.7 މިލިއަން ރުފިޔާގަ އެވެ.
އެންސްޕާއިން ބުނީ 93 އަންހެނަކަށް ފަރުވާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބު ވެފައިވާ ކަމަށް ބުންޏެވެ.
ދައުލަތުގެ ވެލްފެއާ އިދާރާގެ އިތުރުން އާސަންދައިގެ ދަށުން ވެސް މިހާރު އަންނަނީ އައިވީއެފް ހެދުމަށް މާލީ އެހީ ދެމުންނެވެ. އެހެންވެ، އެކަމަށް ދެ ފަންޑަކުން މި ވަގުތު އެހީތެރިކަން ފޯރުކޮށްދެ އެވެ.
ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.
އައިޖީއެމްއެޗްގައި ވެސް އައިވީއެފް ހެދޭނެ ގޮތްތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
15 November 2025
މި އުޅޭ ސިޔާސީންގެ ކެމްޕެއިނަށް ކިތައް މީހުންނަށް އެހީފޯރުކޮށްދެވުނުބާ? ޢާންމު ރައްޔިތަކަށް 2 ރުފިޔާ ދެވޭއިރަށް މިވެނިކަމަކަށް މިހާވަރަށް އެހީދީފީމޭ ތި ގޮވަނީ.
ލާފްމް
14 November 2025
ވަކި ބަޔަކަށް އެކަނި! އަންފެއަރ!
އަހުމިއްޓޭ
14 November 2025
އާއްމު ރައްޔިތުންނަށް ޚަރަދުކޮށްފަ ކަލަގޮވަން ތަ ޅަބަރު ލިޔަނީ. ؟
ޙުސެން
14 November 2025
މީހަކަށް 76،000 ހަރަދުކޮށްފި. ޕުރައިވެޓް ހޮސްޕިޓަލުން ތިޔަށްވުރެ ކުޑަކޮށްވޭ. ސަރުކާރުން ކީވެތޯ މިއައްވުރެ ބޮޑުކޮށް ހަރަދުކުރީ.
ފަރުން
13 November 2025
7 މިލިއަނުން ޚަރަދު ދިޔަ އިރު ކިތަށް ކުދިން އުފަންވި ބާ؟
ޚަބަރުު
14 November 2025
ފުރަތަމަ އާޓިކަލް ކިޔަންވީނު؟ “އެންސްޕާއިން ބުނީ 93 އަންހެނަކަށް ފަރުވާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބު ވެފައިވާ ކަމަށް ބުންޏެވެ.“
ލައަލް
14 November 2025
ހަބަރުގަ އޮތްގޮތުންވިއްޔާ ކުއްޖަކަށް ގައިގަނޑަކަށް 3 ލައްކަ