ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ. ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއެއްސެވުމާ އެކު ހިޔާލާއި މަޝްވަރާ ހޯއްދަވަން އެމަނިކުފާނު ވަނީ ނިންމަވާފައި. -- ފޮޓޯ | މިހާރު
14 ޑިސެމްބަރ 2025 - 19:53
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ވިޔަފާރިވެރިންނާ އަންނަ ބުދަ ދުވަހުގެ ރޭ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ހިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުން ކަންބޮޑުވާ ކަންކަން އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުކުރެއްވުމެއް ކަަމަށެވެ.
މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެއެވެ.
— Heena Waleed (@MvSpokesperson) December 14, 2025
މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ…
އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި މާލޭގެ ގިނަ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާ ހުށަހަޅުއްވަން ވަނީ ފުރުސަތު ދެއްވައިފަ އެވެ.
ގިނަ ބަޔަކަށް ފުރުސަތުދީގެން ބާއްވަވާ އެ ބައްދަލުވުންތަކުގައި އާއްމުން އެމަނިކުފާނަށް ހުށަހަޅުއްވާ ހުރިހާ ކަމަކަށް އެޓެންޑްކުރައްވައި ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުއުމާން
15 December 2025
މިހެން ކަންކަން ހައްލު ކުރެވޭނީ. ރައްޔިތުންނާ ކައިރިން ޝަކުވާ އަޑުއައްސަވައިގެން ގެންނާނެ ހެޔޮ ބަދަލު ފެނިގެންދާނެ
އަދުހަމަ ހަމީދު
15 December 2025
މަގޭ ވިޔަފާރިއަށް ޓީޓީއަށް 35% - 50% ލިބެން ފެށީ މިވެރިކަން އައިފަހުން.
އާއްޓޭ
15 December 2025
ތިބައްދަލުވުމުގަ ބައިވެރިންގެ ގޮތުގަ މަސްހޫރު 2 ވިޔަފާރިވެރިން ކަމުގައިވާ އާއްޓޭ އަދި ދިގަލި ބައިވެރިވުމަކީ ވަރައްވެސް މުހިންމު ކަމެއް.
ކައްޒާބު
15 December 2025
ވިޔަފާރިވެރިންގާތު އެއްޗެހި ތަންކޮޅެއް އަގުހެޔޮކޮށްލައިދޭތޯ ރައީސް އެދިލައްވާތި.
އަފްރާސިޔާބު
15 December 2025
ރައީސް ނުޖެހޭނެ އަގު ހެޔޮކޮށްދޭށޭ ކިޔާފަ އެމީހުން ކައިރީ ބުނާކަށް. އެ އެއްކުރަނީ އެމީހުންނަށް އެއްޗެއްވިސްނޭތޯ ބަލަން. ގާނޫނެއް ފާސްކުރާނީ ކަސްޓަމުންނެރޭ އަގަށް ލެވޭނީ 10 ޕަސެންޓްކަމަށް. އެއަށްވުރެ ބޮޑުކުރުުގެ ފުރުސަތު ނުދޭނޭ ކަމަށް. ރައްޔިތުންނަށް ވެފައިވާ ވައުދެއް ޒަރޫރީ ތަކެތި ހެޔޮ އަގުގައި ގަންނަން ލިބޭގޮތް ހަދާނެކަމުގެ.
ބިލާލް
15 December 2025
މީ ދިވެހިރާއްޖޭގެ ތާރީޚްގައި އެއްވެސް ވެރިއަކު ދީފައިވާ ފުރުސަތެއް ނޫން، އަދުގެ ރައީސް މިދެއްވާ ފުރުސަތުގެ ބޭނުން ހުރިހާ ވިޔަފާރިވެރިންވެސް ހިއްޕެވުން އެދެން، ދެން ވަރަށް މުހިއްމު ޖެއްސުމަށް ވާހަކަ ނުދައްކާ ކަންކަން ހައްލު ވާނޭހެން ވާހަކަ ދެއްކުން
ދުރާލީ
15 December 2025
ރައީސް ބޭނުންވާ ގޮތަށް ހުރިހާ ވިޔަފާރިވެރިން ވެސް ވަޑައިގެން ކަންކަން އިސްލާހުކުރަން ހިޔާލު ދީ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ވީ، މީ ސިއްރުން ބާއްވާ ބައްދަލުވުން ތަކެއް ނޫން
އޮނަރަބްލް އަފީފު ދީދީ
14 December 2025
ހުޅުމާލެ އެމްޕީއެލް ސަރަޙައްދު ނުވަތަ ފެރީ ޓާމިނަލް ސަރަޙައްދަށް މާލޭގައި ހުރި އަތޮޅު ފިހާރަތަށް ބަދަލުކޮށް އެތަންތަން ސިޓީ އަދި ރަށު ކައުންސިލްގެ ތަންތަން ކަމަށް ހަދާ ކޮންމެ ސިޓީ އަކަށް 10 ޔުނިޓް އަދި ރަށު ކައުންސިލަކަށް 1 ޔުނިޓް ލިބޭ ގޮތަށް މަގުގެ ދެފަރާތުގައި ހޯލްސޭލް ފިހާރަ ތަރައްޤީކޮށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން މިސަރަޙައްދަކީ ހޯލްސޭލް ބާޒާރު ކަމަށް ކަޑައަޅާ މިތަންތަން މިހާރު ވިޔަފާރި ކުރާ ފަރާތް ތަކަށް ލިބޭނެގޮތަށް ހަދާދޭން ދަންނަވާ.
އޮނަރަބްލް އަފީފު ދީދީ
14 December 2025
މާލޭގައި ހުރި އަތޮޅު ފިހާރަތައް ހުޅުމާލެއަށް އެލޮކޭޓް ކޮށް މާލޭގައި ހުރި ތަންތަން ތަޅާލާ ޕާކް ތައް ހަދާއިރު ހުޅުމާލޭގައި ހަދާ އިމަރާތް ތައް ޙާއްސަ ކުރަން ވާނީ މަތީގައި ދެންނެވި ފަދަ މުދާ މިހާރު އެންމެ ގިނައިން އެތެރެ ކުރާ ކުންފުނިތަކަށާއި، އަދި މިހާރު ބާޒާރު މަތީގައި ބޮޑު އަގުގައި ފިހާރަ ކުއްޔަށް ނަގައިގެން ވިޔަފާރި ކުރާ ސޭޓުންނަށް (އިމާރާތުގެ ވެރި މީހާ އަކަށް ނޫން) ކަމަށް ހެދުމަށް ވެސް ވިޔަފާރިވެރިން ރައީސަށް ދެންނެވުމަކީ މުހިންމު ކަމެއް.
އެބޭޅާ
14 December 2025
މާލޭގައި އުޅޭ ރާއްޖެތެރެ މީހުންނާ ބައްދަލުކުރަން ނުކެރެނީ ކީއްވެޔޯ؟ އަހާލީ ހަމަ
ހުސްގޮނޑި
14 December 2025
ޔާމީނު ޖަލްސާއެއް ބާއްވާނެ ވާހަކަ ބުނުމުން ތެޅި މަރުވަނީ....
އަފްރާސިޔާބު
15 December 2025
ސަރުކާރުގެ މޭގަނޑު އިރައިގެން އެރޭ އަންނާނެކަމަށް ޔާމީނު ވިދާޅުވަނީ. ސަރުކާރުގެ ތެރޭގައިތިބި ޔާމީނު ޕާޓީގެ މީހުންވަރުގަދަ ދެކޮޅުވެރިކަމެއް ފަށާނެ ކަމުގެ ފެހި ސިގުނަލު އެދިނީ. ސަރުކާރަށް 6. ޔާމީނަށް 12. މުލުން ލުހެލާނެތާ!